Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގު: ލަނޑެއް ޖެހުނަ ނުދީ މިލަންދޫ އިން ޓީސީ ހިފަހައްޓައިފި

ޓީސީ އަދި މިލަންދޫ ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 23 އޯގަސްޓު 2017 | ބުދަ 14:42
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިޝާންއާ އިނާމު ހަވާލުކުރަނީ

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިޝާންއާ އިނާމު ހަވާލުކުރަނީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ލަނޑެއް ޖެހިޔަ ނުދީ ށ.މިލަންދޫ އިން ޓީސީ ސްޕޯޓްސް ކްލަބް ހިފަހައްޓައިފި އެވެ.

ބުދަ ދުވަހު ހަވީރު މިލަންދޫ އަދި ޓީސީ ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ލަނޑު ޖަހަން ދެޓީމަށް ވެސް ވަނީ ގިނަ ފުރުސަތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގައި ލަނޑު ޖަހަން ފުރަތަމަ ހާފްގައި އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ އިބްރާހިމް އިޝާން (ސައްޓު) އަށެވެ. މެޗުގެ 26 ވަނަ މިނެޓުގައި ސައްޓު ފޮނުވާލި މި ހަމަލާ ދިޔައީ ޓީސީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

މީގެއިތުރުން 34 ވަނަ މިނެޓުގައި މިލަންދޫގެ އާދަމް އިމްރާން އަށް ވަނީ ލީޑު ނެގުމަށް ފުރުސަތެއް ލިބިފައެވެ. އެހެން ނަމަވެސް އިމްރާން ފޮނުވާލި ހަމަލާ އަމާޒުވީ ޓީސީގެ ހުރަސް ދަނޑިއަށެވެ. އޭގެ މިނެޓެއްފަހުން ޓީސީގެ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓް އަށް ވެސް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. އެހެންނަމަވެސް އޭނާ ފޮނުވާލި ހަމަލާ މިލަންދޫ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

އޭގެ ދެ މިނެޓު ފަހުން ޓީސީ އަށް ވަނީ އިތުރު ފުރުސަތެއް ލިބިފައެވެ. މިފަހަރު ހަސަން ނާއިޒް (ދާދު) ގޯލަށް ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ. މެޗުގެ 38 ވަނަ މިނެޓުގައި މިލަންދޫގެ އިބްރާހިމް ސައީދު އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓީސީގެ އިބްރާހިމް މަހުދީ (ކުދުއިއްބެ) އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތެއް ލިބިފައެވެ. އެހެން ނަމަވެސް މިލަންދޫ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފް ފެށިގެން ވެސް މިލަންދޫ އިން މޮޅު ޑިފެންސެއް ދައްކާފައިވާއިރު، އެޓީމުން ދިޔައީ ކައުންޓާގައި ޓީސީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން އާދަމް އިމްރާން އަދި އިޝާން އިބްރާހިމް އަށް ލަނޑު ޖަހަން ލިބުނު ފުރުސަތައް ހިމެނެއެވެ.

މެޗުގެ ފަހު 20 މިނެޓު ތެރޭގައި ޓީސީން ވަނީ ކުރިޔަށް ޖެހި އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ސްޓެވާޓް އަދި ކުދު އިއްބެ ވަނީ މިލަންދޫގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މިލަންދޫގެ ކޯޗު ނާސިރު ބުނީ ބްރޭކަށް ދިއުމުގެ ކުރިން ޓީމަށް ލިބުނީ ވަރަށް މުހިންމު ޕޮއިންޓެއް ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަން ކަމަށާއި، ޕޮއިންޓެއް ލިބުމަކީ ވެސް ކުރިޔަށްދާން ޓީމަށް އަދި ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ނަސީރު ބުނީ މެޗުގައި އޯޕަން ދެތިން ފުރުސަތު ލިބުނު ކަމަށާއި، މެޗަށް ނިކުތް އިރުވެސް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ކުޅުންތެރިންނަށް އިރުޝާދު ދެވުނު ކަމަށެވެ. އެހެން ނަމަވެސް ޓީސީ މެޗުގައި ވެސް ލިބޭ ފުރުސަތުތަގެ ބޭނުން ނުހިފުމުގެ ޕްރެޝާ މެޗުގެ ފަހުވަގުތު ފެނިގެންގޮސްފައިވާ ކަމަށެވެ.

ސައްޓު އަށް ތައުރީފް ކުރަމުން ނަސީރު ބުނީ އެ ކުޅުންތެރިޔާއަކީ ޓީމަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. އެގޮތުން އޭނާ އައިސް ޓީމާއެކު ފަރިތަކުރާތަން ފެނުމުން އެހެން ޓީމުތައް ޕްރެޝަރަށްދާ ކަމަށް ނަސީރު ވަނީ ބުނެފައެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗަށް ނިކުތީ މޮޅަކަށް ކަމަށާއި، އެހެން ނަމަވެސް ބަލިނުވެ ފަރުޖައްސާލެވުން ވެސް އެއީ ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާ ބުނީ މެޗުގައި ޓީސީ އަށް ދިމާވި މައްސަލައަކީ ލިބުނު ފުރުސަތުތައް މަދުވެފައި، ލިބޭ ފުރުސަތުން ކޮންވާޓްނުކުރެވުން ކަމަށެވެ.

ޓީމުގެ ޕާފޯމެންސްއާ މެދު ހިތްހަމަޖެހޭ ކަމަށާއި، މިލަންދޫއާ ދެކޮޅަށް ކުޅެ ވެސް ޓީމު އެޓޭކަށް އަރާ ރަނގަޅަށް ކުޅުނު ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ ބްރޭކަށް ފަހު ނިކުންނައިރު ޓީމު މެއިންޓެއިން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މި ނަތީޖާއާއެކު ޓީސީ ވަނީ ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދާފައެވެ. މިލަންދޫ ވަނީ ކުޅުނު ހަތަރު މެޗުން ދެ ޕޮއިންޓް ހޯދާފައެވެ. ޕޮއިންޓް ތާވަލުގެ ދެވަނައިގައި ޓީސީ އޮތް އިރު، މިލަންދޫ އޮތީ ހަތްވަނައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު