Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައިސާ ޗާޕުކުރުން

"ސަރުކާރުން ދަނީ ފައިސާ ޗާޕްކުރުމަށް އެމްއެމްއޭ އަށް މަޖުބޫރު ކުރުވައިގެން ރާއްޖޭގެ އިގްތިޞާދު ނުރައްކަލުގެ ތުންފަތް މައްޗަށް ވައްޓާލަމުން"

10 މާރިޗު 2025 | ހޯމަ 09:06

ސަރުކާރުން އެމްއެމްއޭ އަށް މަޖުބޫރުކޮށްގެން އެމްއެއޭގެ މެންޑޭޓާއި ޚިލާފަށް އެމްއެމްއޭ ލައްވާ މަސައްކަތް ކުރުވާ ކަމަށް އަމީރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 މާރިޗު 2025 | ހޯމަ 09:06
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ - 10.03.2025

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ - 10.03.2025

މި ސަރުކާރުން ދަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ އަށް ފައިސާ ޗާޕްކުރުމަށް މަޖުބޫރުކުރުވައިގެން ސަރުކާރުގެ ސިޔާސީ ފައިދާ އަށް ރާއްޖޭގެ އިގްތިސާދު ނުރައްކަލުގެ ތުންފަތް މައްޗަށް ވައްޓާލަމުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު އެފަދައިން ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސަރުކާރުން އެމްއެމްއޭ އަށް މަޖުބޫރުކޮށްގެން އެމްއެއޭގެ މެންޑޭޓާއި ޚިލާފަށް އެމްއެމްއޭ ލައްވާ މަސައްކަތް ކުރުވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އެމްއެމްއޭ މެދުވެރިކޮށް އިގްތިސާދުގެ ތެރެއަށް ފައިސާ ނެރުމަށް ނިންމާފައެވެ. އެކަން ކުރުމަށް ހަމަޖެހިފައި ވަނީ އެޗްޑީސީގެ މިލްކިއްޔާތުގައި ހުރި ބިންތަކުގެ ތެރެއިން 22 ހެކްޓަރުގެ ބިން އެމްއެމްއޭ އަށް ގަތުމުގެ މުއާމަލާތެއް ހިންގައިގެންނެވެ. އެކަމުގެ ތަފްސީލްތައް އަމީރު ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ.

އެމްއެމްއޭ އިން 22 ހެކްޓަރުގެ ބިމެއް ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާ އަށް ގަތުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަށްޓަކާ ބޭނުންވާ ފައިސާ ޗާޕުކޮށްގެން އެ މަރުހަލާ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. އަމީރު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން ނަގާލާނެ ފިޔަވަޅެކެވެ. އެކަމުގެ ސަބަބުން އިގްތިސާދަށް އިއާދަ ނުކުރެވޭ ވަރަށް ގެއްލުން ލިބޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ އިންފްލޭޝަން މައްޗަށް ގޮސް ދިވެހި ރުފިޔާ ބަލިކަށިވެ، އެކްޗްސްޗޭންޖް ރޭޓް މަތިވުމަކީ އެކަށީގެންވާ ކަމެއް. އިންޓްރެސްޓް ރޭޓް މައްޗަށް ގޮސް ބެންކުތަކުން ލޯނު ލިބުމަށް ދަތިވާނެ ކަމަށް ޔަގީން ކުރެވޭ.
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އަމީރު ވަނީ އެމްއެމްއޭ އިން އެ މުއާމަލާތް ހިންގާ ގޮތާއި މެދު ސުވާލު އުފައްދާފައެވެ. ރާއްޖޭގެ ރިޒަރވްގައި އެފަދަ ކަމެއް ކުރެވޭ ވަރަށް ފައިސާ ނެތް ކަމަށް އަމީރު ވިދާޅުވިއެވެ. އެހެންކަމުން ބޭރު ފައިސާގެ ރިޒާވުން އެކަން ނުކުރެވޭނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެހެންނަމަވެސް ބޭންކްތަކަށް ބޮންޑް ވިއްކައިގެން އެކަން ކުރެވިދާނެ ކަމަށާއި، ނަމަވެސް ބެންކުތަކުގައި ހުރި ފައިސާ ނަގައިގެން އެމްއެމްއޭ އިން އެ މުއާމަލާތް ނުހިންގާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެހެންކަމުން އެމްއެމްއޭ އިން އެ މުއާމަލާތް ހިންގަން އޮތް ހަމައެކަނި ގޮތަކީ ފައިސާ ޗާޕްކުރުން ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި މި ކަން ކުރަން ޖެހުނީ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ނުކުޅެދުމުންނެވެ. އެގޮތުން ޑޮމެސްޓިކް މާކެޓުން ހޯދުނު ގޮތަކަށް ފައިސާ ހޯދުމުގެ ވިސްނުން ސަރުކާރުގެ ކިބައިން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޓްރެޝަރީ ބިލަށް ބޮޑުކޮށް، ބީއެމްއެލް މެދުވެރިކޮށް އިންވެސްޓް ކުރުވުމާއި ކުންފުނިތަކުގެ ފައިނޭންސް އަށް ނުފޫޒު ފޯރުވުން ފަދަ ކަންކަން ކޮށްގެން މާލީ ކަންކަން ސަރުކާރުން މެނޭޖްކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް