Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްބަދިގެ 1446

ކުކީސް އެންޑް ކްރީމް ރައިސް ކްރިސްޕީ

މި ރެސިޕީގެ އެންމެ މޮޅު ރަހަ ލިބޭނީ ތައްޔާރުކުރާތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައެވެ. ނަމަވެސް، ރަނގަޅަށް ފިނިކޮށްފައި ބަހައްޓައިފިނަމަ 5 ދުވަހާ ހަމައަށް ވެސް ބޭނުންކުރެވިދާނެއެވެ.

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 7 މާރިޗު 2025 | ހުކުރު 14:01
ކުކީސް އެންޑް ކްރީމް ރައިސް ކްރިސްޕީ

ކުކީސް އެންޑް ކްރީމް ރައިސް ކްރިސްޕީ

ބޭނުންވާ ތަކެތި

  • 2 ޕެކެޓް އޯރިއޯ (ޗޮކްލެޓް ކްރީމް)
  • 1/2 ސަމުސާ ބަޓަރު
  • 1 ޕެކެޓް މާޝްމެލޯސް (ކުދި)
  • 1 ފުޅި މާޝްމެލޯ ކްރީމް، ދެބައިކޮށްފައި
  • 1/2 ސަމުސާ ވެނީލާ އެސެންސް
  • 6 ޖޯޑު ކްރިސްޕީ ރައީސް ސީރިއަލް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ޓްރޭއެއް ތެޔޮ ފޮދަކުން ސްޕްރޭ ކޮށްލާފައި ބަހައްޓާށެވެ. ދެން ކުކީސްތައް ބަންދުކުރެވޭ ކޮތަޅެއްގައި ރޯލިންގ ޕިންއެއް ބޭނުންކޮށްގެން ރަނގަޅަށް ފުނޑުކޮށްލާށެވެ. ބޭނުމަކީ، ހަފާލެވޭ ވަރަށް ކުދިއެތިކޮޅުތައް ހެދުމާއި ޕައުޑަރ ކޮށްލުމެވެ.

އެއަށްފަހު ތަވައެއްގައި ބަޓަރު ކޮޅު ވިރުވާލާށެވެ. މާޝްމެލޯސް އަދި މާޝްމެލޯ ކްރީމްގެ ދެބައިކުޅަ އެއްބައި މިކްސިންގ ބައުލަށް އަޅާށެވެ. ދެން، ސިލިކޯން ސްޕެޗުލާއެއް ބޭނުންކޮށްގެން މާޝްމެލޯސް ވިރުވާލާށެވެ. މިކްސްޗަރ އެއްވަރުވަންދެން ރަނގަޅަށް އެއްކޮށްލާށެވެ. އޭގެފަހުން، ސީރިއަލް އަދި ޕައުޑަރުކޮށްފައިވާ ކުކީސް ކޮޅުތައް މިކްސްޗަރަށް އިތުރުކޮށް، އަނެއްކާވެސް ރަނގަޅަށް އެއްކުރާށެވެ. އެންމެ ފަހު ފިނިޝިންގ ޓަޗެއްގެ ގޮތުން، ބޮޑެތި ކުކީސް ކޮޅުތައް މައްޗަށް އަޅާލާށެވެ.

ބާކީ ހުރި މާޝްމެލޯ ކްރީމްގެ ދެބައިކުޅަ އެއްބައި މިކްސްޗަރގެ މައްޗަށް އަޅައި، މަޑުމަޑުން އެއްކޮށްލާށެވެ. އޭގެ ފަހުން، ބާކީ ހުރި ބައި މަތީގައި އަޅައި އަލުން އެއްކޮށްލާށެވެ.

ތައްޔާރުކޮށްފައިވާ ޓްރޭއަށް މިކްސްޗަރ އަޅައި، ސްޕެޗުލާ ބޭނުންކޮށްގެން އެއްވަރުކޮށް ޓްރޭއަށް ފަތުރާލާށެވެ.

ސަރވްކުރުމަށް ތައްޔާރުކުރުމުގެ ގޮތުން، 30 މިނެޓާއި 1 ގަޑިއިރާ ދެމެދުގެ ވަގުތަކަށް އާންމު ފިނިހޫނުމިނުގައި ބަހައްޓާށެވެ. އޭގެ ފަހުން، ޕްލާސްޓިކް ރެޕަކުން ރަނގަޅަށް ބަންދުކޮށް ފިނިކޮށްލާށެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2020

ތައި ޕްރޯން ފްރައިޑް ރައިސް

29 އެޕްރީލު 2020
ތައި ޕްރޯން ފްރައިޑް ރައިސް
19 މެއި 2019

ސްޕައިސީ ބާބަކިއު ޗިކެން މެކް އެންޑް ޗީޒް

19 މެއި 2019
ސްޕައިސީ ބާބަކިއު ޗިކެން މެކް އެންޑް ޗީޒް
16 މެއި 2019

ވަޅޯމަސް ފްރައިޑް ރައިސް

16 މެއި 2019
ވަޅޯމަސް ފްރައިޑް ރައިސް
16 މެއި 2019

ޗިކަން ފްރައިޑް ރައިސް ރެސިޕީ

16 މެއި 2019
ޗިކަން ފްރައިޑް ރައިސް ރެސިޕީ
16 މެއި 2019

ބްރެޑް އެންޑް ބަޓަރ ޕުޑިންގ

16 މެއި 2019
ބްރެޑް އެންޑް ބަޓަރ ޕުޑިންގ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު