Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައްޑޫ ކަރަންޓުގެ މައްސަލަ

އައްޑޫ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އިޙްތިޖާޖަށް ނިކުތުމަށް ނިޒާރު ގޮވާލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ނިޔަތެއް ނެތްކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 5 މާރިޗު 2025 | ބުދަ 18:31
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ފަލަސުރުހީ ޕްރޮގްރާމުގައި

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ފަލަސުރުހީ ޕްރޮގްރާމުގައި

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލު ހޯދުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރަމުން ނުދާތީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގު ލިބި ގަތުމަށް އިހްތިޖާޖް ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ރޯދަ މަހުގެ ކުރިން ހައްލު ހޯދައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައިވީ ނަމަވެސް، ހަފްތާއެއް ވަންދެން ކަރަންޓް މެދުނުކެނޑި އޮތުމަށްފަހު އަންގާރަ ދުވަހުން ފެށިގެން އަނެއްކާވެސް އެސިޓީގެ އެކި ސަރަހައްދުތަކުން ވަނީ ކަރަންޓް ކަނޑަން ފައްޓާފައެވެ.

Advertisement - newsAdvertisement

ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދެވޭ އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި 31 ވަނަ މާއްދާއިން ލިބިދެވޭ ހަޅުތާލު ކުރުމުގެ މިނިވަން ކަމާއި އެކު އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓްގެ އަސާސީ ހައްގުން މަހްރޫމުކޮށް އެމައްސަލަ ހައްލު ކުރުމަށް ސަރުކާރު އިހުމާލުވެފައިވެފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އަދި އެމައްސަލަ ހައްލު ކުރުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާގޮތަކަށް މަސައްކަތް ކުރަމުން ނުދާތީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގު ލިބި ގަތުމަށް އިހްތިޖާޖް ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.

ނިޒާރު ވިދާޅުވީ ރޯދަ މަހަށް އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ އަށް ހައްލު ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެކަން ނުވާނެ ކަމަށް ކުރިންވެސް ބުނަމުންދިޔަ ކަމަށާއި ސަބަބަކީ އައްޑޫގެ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައި ނުވާތީއެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫގެ ކަރަންޓްގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ނުލިބި ދާދިއުމަކީ ރައްޔިތުންގެ ނުހަނު ކަންބޮޑުވުން ހުރި ކަމަކަށްވާއިރު، ރޯދަ މަހު މިކަމަށް ހައްލެއް ލިބޭނެ ކަމަށް ޔަޤީންކަން ދިނުމަށްފަހުވެސް އަނެއްކާ އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓްގެ ޙިދުމަތްވަނީ މެދުކެނޑިފައެވެ. ނިޒާރު ވިދާޅުވީ ހަފްތާއެއް ވަންދެން ކަރަންޓްގެ ޚިދުމަތް މެދު ނުކެނޑި ލިބުނު ނަމަވެސް ރޯދަ މަސް އައުމާއި އެކު ފެނައަކަށް މިޚިދުމަތް ނުދެވުނު ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު