Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅު ޕާޓީތަކުގެ އަތްމަތީގައި ކަމަށް ނިހާނު އެއްބަސް ވެއްޖެ!

ނިހާނު ވިދާޅުވީ މިއަދު ސަރުކާރަށް ކާމިޔާބުވީ އިދިކޮޅު ފަރާތްތައް ވޯޓުގައި ބައިވެރި ނުވުމުން ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 އޯގަސްޓު 2017 | ބުދަ 10:50
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު--

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު--

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބިފައިވާ ކަމަށް ދޭހަވާ ފަދަ ވާހަކަފުޅެއް ރައްޔިތުންގެ މަޖިލީގުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ނިންމާލެއްވުމުން މަޖިލީހުގެ އިދާރާގެ ބޭރުގައި ހުންނަވައި މީޑިއާތަކަށް ދެއްވި އިއްޓަވިއުއެއްގައި ނިހާނު ވިދާޅުވީ ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފް އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް 28 ވޯޓު ލިބި، އަދި އިންޑިއަން އޯޝަން ރީމް އެސޯސިއޭޝަންގައި ބައިވެރިވުމަށް ފެންނަ ކަމަށް 27 މެމްބަރުން ވޯޓު ދެއްވާ އެ ދެ މައްސަލަ މަޖިލީހުން ފާސްކުރެވުނީ ގުޅިފައިވާ ސިޔާސީ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ވޯޓުގައި ބައިވެރި ނުވުމުން ކަމަށެވެ. އެ ދެ މައްސަލަ ގެ ވޯޓުގައި ގުޅިފައިވާ ސިޔާސީ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ބައިވެރިވެ ދެ ކޮޅަށް ވޯޓަށް ދެއްވި ނަމަ ސަރުކާރަށް އެ ދެ މައްސަލަ ކާމިޔާބު ނުވީސް ކަމަށް ނިހާނު ވިދާޅުވި އެވެ. ނިހާނު ވިދާޅުވީ އެ ދެ ވޯޓް ކާމިޔާބުވާ ވަރަށް އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ބުދަ ދުވަހުގެ މަޖިލީހުގައި ތިއްބެވި ކަމަށެވެ.

Advertisement - newsAdvertisement
"މިއަދު އެމްޑީޕީއަށް ވަރަށް ރަނގަޅަށް އެމީހުން ތިބި ގޮތް އަންގައިދޭން ރަނގަޅު މިއަދުގެ ވޯޓުގައި ބައިވެރިވިނަމަ. ހަގީގަތުގައި އެމީހުންނަށް ފަހަރުގައި މޮޅުވީސް. އެހާވަރަށް އެމީހުންގެ މެމްބަރުން ވަޑައިގެން ތިއްބެވި،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ ބުދަ ދުވަހު ޖަލްސާއަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ހާޒިރުވެވަޑައިގެންނެވީ 28 މެމްބަރުން ކަމަށެވެ. އެކިއެކި ބޭނުންތަކުގައި ރާއްޖެއިން ބޭރުގައި އުޅުއްވާ އަދި ޖަލްސާއަށް ވަޑައިނުގެންނެވުނު 10 މެމްބަރުން އެބަތިއްބެވި ކަމަށެވެ.

ނިހާނުގެ އެވާހަކަތަކުން ސަރުކާރަށް ނިސްބަތްވާ 38 މެމްބަރުން ތިއްބެވިކަން ހާމަވިއިރު، މަޖިލީހުގެ މެޖޯރިޓީއަކީ 43 މެމްބަރުންނެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވޯޓުގައި ބައިވެރިވެ، ސަރުކާރުގެ އެ ދެ މައްސަލަ މަޖިލީހުން ބޭރުކޮށް ލެވުނީސް ކަމަށް ނިހާނު ވިދާޅުވި ނަމަވެސް، އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ވިދާޅުވަމުން ގެންދެވީ މަޖލީހުގެ ރިޔާސަތުގައި މަސީހު އިންނަވާ ކުރިއަށް ގެންދަވާ ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނިކޮށް، އެމައްސަލަ އެޖެންޑާ ނުކޮށް، އަދި މަޖިލީހުގެ ޖަލްސާއިން ވަކިގޮތެއް ނުނިން މަނީސް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވާނެ ކަމަށް ވެސް އިދިކޮޅު މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ޖަލްސާތަކުގެ ނަމުގައި މިހާރު މަޖިލީހުގައި ކުރިއަށް ގެންދަނީ މަޖިލީހުގެ ޖަލްސާތަކެއް ނޫން ކަމަށާއި އެއީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކުރައްވަމުން ގެންދަވާ ކަންތައްތަކެއް ކަމަށެވެ. އެކަންކަމުގައި ގާނޫނީ އެއްވެސް ސައްހަކަމެއް ނެތް ކަމަށް ވެސް އިދިކޮޅު މެމްބަރުން ވިދާޅުވެއެވެ.

މަޖިލީހުގެ އިދާރާގައި ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެެރިވަމުންދާއިރު، އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ އިދާރާ އޮތީ މިލިޓަރީގެ ބާރުގެ ދަށުގައި ކަމަށެވެ.

އިންޓަރނޭޝަނަލް ބައެއް މީޑިއާތަކުން ވެސް ބުނަނީ ރާއްޖޭގެ ގާނޫނު ހަދާމަޖިލިސް ހިންގަމުންދަނީ މިލިޓަރީގެ ބާރުގެ ދަށުން ކަަމަށެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު