Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާންގެ ނިއުކްލިއަރ ޕްރޮގްރާމ

20 ޕަސެންޓަށް ޔޫރޭނިއަމް ފައްކާ ކޮށްލުމަށް ބޭނުންވަނީ އެންމެ ފަސް ދުވަސް:އީރާން

އަލީ އަކްބަރު ސާލިހީ ވަނީ 2015 ވަނަ އަހަރު ނިއުކްލިއަރ ޕްރޮގްރާމް މައްސަލައިގައި މަޝްވަރާކުރި ޓީމްގައި ބައިވެރިވެ ވަޑައިގެންފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 23 އޯގަސްޓު 2017 | ބުދަ 14:04
އަލީ އަކްބަރު ސާލިހީ (ކ) 2015 ވަނަ އަހަރު ނިއުކްލިއަރ ޕްރޮގްރާމް މައްސަލައިގައި މަޝްވަރާކުރި ވަފްދާއެކު

އަލީ އަކްބަރު ސާލިހީ (ކ) 2015 ވަނަ އަހަރު ނިއުކްލިއަރ ޕްރޮގްރާމް މައްސަލައިގައި މަޝްވަރާކުރި ވަފްދާއެކު

އިރާންގެ ނިއުކްލިއަރ ޕްރޮގްރާމްގެ ދަށުން 20 ޕަސެންޓަށް ޔޫރޭނިއަމް ފައްކާ ކޮށްލުމަށް ބޭނުން ވަނީ އެންމެ ފަސް ދުވަސް ކަމަށް އެ ގައުމުގެ އެޓޮމިކް ޗީފް އިންޒާރު ދެއްވައިފިއެވެ.

އެ މިންވަރަކީ ނިއުކްލިއަރ ހަތިޔާރެއް އުފެއްދުމަށް ބޭނުން ކުރެވިދާނެ މިންވަރެކެވެ.

އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަލީ އަކްބަރު ސާލިހީ މިހެން ވިދާޅުވެފައި މިވަނީ 2015 ވަނަ އަހަރު އީރާނުން ވީ ތާރީޚީ ނިއުކްލިއަރ އެއްބަސްވުން އުވާލުމަށް ނުވަތަ އެ އެއްބަސްވުމާމެދު އަލުން މަޝްވަރާ ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް އިންޒާރު ދެއްވާފައި ވަނިކޮށެވެ.

ރޫހާނީގެ އެއް ނައިބް ރައީސްކަމުގައި ވެސް ހުންނެވި ސާލިހީ އެމެރިކާއަށް ނިސްބަތް ކުރައްވާ ވިދާޅުވީ ގޮންޖަހާލުމަށް ވަކި ޕްލޭނެއް އޮވެއްޖެނަމަ އެ ފަރާތްތައް ހައިރާން ކޮށްލަނިވި ކަމެއް ދައްކާލާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަކި އަޒުމެއް ކަނޑައަޅައިފިނަމަ އަޅުގަނޑުމެންގެ އެބަހުރި އެންމެ ފަސް ދުވަސް ތެރޭ 20 ޕަސެންޓާ ހަމައަށް ފައްކާ ކުރުމުގެ ގާބިލްކަން" ސާލިހީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނިއުކްލިއަރ އެއްބަސްވުމަށް އާދެވުނީ ފަސޭހައިން ނޫން ކަމަށާއި އެ އެއްބަސްވުން ފަސޭހައިން ދޫކޮށްލެވެން ނެތް ކަމަށެވެ. އަދި އެ ގައުމުން އޮތީ އެ އެއްބަސްވުމަށް އިޚްލާސްތެރިކަމާއެކު ކަމަށެވެ.

އީރާނާއެކު ދުނިޔޭގެ ބާރުތަކުން ނިއުކްލިއަރ މައްސަލައިގައި އެއްބަސްވުމަކަށް އައިސްފައި ވަނީ 2015 ވަަނަ އަހަރުއެވެ.

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2019

އަވަސް އިންތިހާބެއް ބޭއްވުމަށްވުރެ ބޭނުންވަނީ ބްރެކްސިޓްގެ ކަންކަން އަވަސްކުރަން: ބޮރިސް ޖޮންސަން

03 ސެޕްޓެމްބަރު 2019
އަވަސް އިންތިހާބެއް ބޭއްވުމަށްވުރެ ބޭނުންވަނީ ބްރެކްސިޓްގެ ކަންކަން އަވަސްކުރަން: ބޮރިސް ޖޮންސަން
08 ޖުލައި 2019

އީރާނުންގެ ނިއުކްލިއަރ އެއްބަސްވުން: ޔުރޭނިއަމް ފައްކާކުރުން އިއާދަ ނުކުރުމަށް ޔޫރަޕުން އެދެފި

08 ޖުލައި 2019
އީރާނުންގެ ނިއުކްލިއަރ އެއްބަސްވުން: ޔުރޭނިއަމް ފައްކާކުރުން އިއާދަ ނުކުރުމަށް ޔޫރަޕުން އެދެފި
09 އެޕްރީލު 2019

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ދޫކޮށްލުމަށް ގޮވާލައި އެތައް ހާސް ބަޔަކު މުޒާހަރާ ކޮށްފި

09 އެޕްރީލު 2019
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ދޫކޮށްލުމަށް ގޮވާލައި އެތައް ހާސް ބަޔަކު މުޒާހަރާ ކޮށްފި
30 ޖެނުއަރީ 2019

މުޒާހަރާގައި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ސޫދާނުގެ އިންޓެލިޖެންސް ވެރިޔާ އަމުރު ކުރައްވައިފި

30 ޖެނުއަރީ 2019
މުޒާހަރާގައި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ސޫދާނުގެ އިންޓެލިޖެންސް ވެރިޔާ އަމުރު ކުރައްވައިފި
01 ޖުލައި 2018

އުތުރު ކޮރެއާ އިން ދަނީ ސިއްރު ގޮތެއްގައި ޔުރޭނިއަމް ފައްކާކުރަމުން: އޮފިޝަލުން

01 ޖުލައި 2018
އުތުރު ކޮރެއާ އިން ދަނީ ސިއްރު ގޮތެއްގައި ޔުރޭނިއަމް ފައްކާކުރަމުން: އޮފިޝަލުން
21 ޖޫން 2018

ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށް އެއްވެސް ފިޔަވަޅެއް އުތުރު ކޮރެއާ އިން އަޅާ ކަމެއް ނޭނގޭ: އެމެރިކާގެ ދިފާއީ ވަޒީރު

21 ޖޫން 2018
ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށް އެއްވެސް ފިޔަވަޅެއް އުތުރު ކޮރެއާ އިން އަޅާ ކަމެއް ނޭނގޭ: އެމެރިކާގެ ދިފާއީ ވަޒީރު
08 ނޮވެމްބަރު 2017

ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާކޮށްފި 

08 ނޮވެމްބަރު 2017
ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާކޮށްފި 
14 ސެޕްޓެމްބަރު 2017

އެމެރިކާގެ ސެނެޓުން ބޭނުންވަނީ އިރާޤާއި އަފްގާނިސްތާނުގައި ހުއްޓުމެއްނެތް ހަނގުރާމަ ކުރިއަށްގެންދިއުމަށް

14 ސެޕްޓެމްބަރު 2017
އެމެރިކާގެ ސެނެޓުން ބޭނުންވަނީ އިރާޤާއި އަފްގާނިސްތާނުގައި ހުއްޓުމެއްނެތް ހަނގުރާމަ ކުރިއަށްގެންދިއުމަށް
17 ޖުލައި 2017

އިރާނުން "އަސްލެއް ނެތް" ދައުވާތައް ކޮށްފައިވާ އެމެރިކާ ރައްޔިތުން ދޫކޮށްލުމަށް އެމެރިކާ އިން ގޮވާލައިިފި

17 ޖުލައި 2017
އިރާނުން "އަސްލެއް ނެތް" ދައުވާތައް ކޮށްފައިވާ އެމެރިކާ ރައްޔިތުން ދޫކޮށްލުމަށް އެމެރިކާ އިން ގޮވާލައިިފި
15 ޖުލައި 2017

ބަހްރެއިންގެ އެކްޓިވްސްޓް ރަޖަބް ދޫކޮށްލުމަށް އދން ގޮވާލައިފި

15 ޖުލައި 2017
ބަހްރެއިންގެ އެކްޓިވްސްޓް ރަޖަބް ދޫކޮށްލުމަށް އދން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް