Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓްރަމްޕް-ޒެލެންސްކީ ބައްދަލުވުން

ޓްރަމްޕް އާއި ޒެލެންސްކީގެ ބައްދަލުވުން - ހޫނު ޒުވާބަކަށް

ބައްދަލުވުމުގައި ޓްރަމްޕް ތަކުރާރު ކޮށް ވިދާޅުވަމުން ގެންދެވީ، އޭނާ އަކީ ވަކި ކޮޅަކަށް ވުރަވެ ހުންނެވި ބޭފުޅެއް ނޫން ކަމަށާއި އެހެން ނަަމަވެސް ޕުޓިން އަށް ހަރުކަށި ވުމަކީ ސުލްހަ އަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.

ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2025 | ހުކުރު 18:43
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔުކްރެއިންގެ ރައީސް ވުލޮޑިމިއާ ޒެލެންސްކީ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ފެބްރުއަރީ 28، 2025 ގައި ބައްދަލު ކުަރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔުކްރެއިންގެ ރައީސް ވުލޮޑިމިއާ ޒެލެންސްކީ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ފެބްރުއަރީ 28، 2025 ގައި ބައްދަލު ކުަރައްވަނީ

މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައި އޮތް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ގެ ބައްދަލު ވުން ފެނިގެން ދިޔައީ އެއް ފަރާތުން އަނެއް ފަރާތައް ހޫނު ބަސްތަކެއް ރައްދު ކޮށް ޒުވާބަކަށް ބަދަލުވެގެން ދިޔަ ބައްދަލުވުމަކަށެވެ.

ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ދެކޮޅަށް ހަރުކަށި ވުމަކީ ރަޝިއާ-ޔުކްރެއިން ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް ހުރަސްއެޅިދާނެ ކަމެއް ކަމަށެވެ.

ރަޝިއާ-ޔުކްރެއިން ހަނގުރާމައިގައި ޑޮނަލްޑް ޓްރަމްޕް ރަޝިއާގެ ރައީސް ޕުޓިން ކޮޅަށް ބުރަވެވަޑައިގެންފައި ކަމުގެ ޝަކުވާ ޒެލެންސްކީ ކުރެއްވިއެވެ.

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އާއެކު ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ އެމަނިކުފާނުގެ އެއްވެސް ގޮތަކަށް ވަކިފަރާތަކަށް ޖެހުމެއް ނެތް ކަމަށެވެ. ޕުޓިން ކޮޅަށް ނުވަތަ ޒެލެންސްކީ ކޮޅަށް ވެސް ޖެހިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ މުޅި ދުނިޔޭގެ ސުލްހަ އާއި މަސްލަހަތަށްޓަކައި ކަމަށެވެ.

"ޒެލެންސްކީގެ ހިތުގައި ޕުޓިންއާ ދޭތެރޭ އޮތް ނަފްރަތު އެހެރީ ފެންނަން. އެފަދަ ރުޅިވެރިކަމެއް އޮއްވައި އެއްބަސްވުމަކަށް އާދެވޭނީ ވަރަށް އުނދަގުލުން،" ޓްރަމްޕް ޒެލެންސްކީ އަށް އަތްޕުޅުން އިޝާރާތް ކުރައްވާ ވިދާޅުވިއެވެ.

ޔޫރަޕާއި މުޅި ދުނިޔެއާއެކު ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެ ޓްރަމްޕް، ވިދާޅުވީ "ހަރުކަށިވެވިދާނެ. އެކަމަކު އެގޮތަށް ދިޔައިމަ އެއްބަސްވުމަކަށް ދެވޭނެ ގޮތެއް ނޯންނާނެ،"

ހުކުރު ދުވަހުގެ މި ބައްދަލުވުމުގައި ދެ ބޭފުޅުންގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށް، އޯވަލް އޮފީހުގައި އަޑު ގަދަވެގެން ދިޔަކަން ރިޕޯޓަރުން ވަނީ ފާހަގަ ކޮށްފައެވެ.

މި ދަތުރުފުޅުގައި ޒެލެންސްކީ އުއްމީދު ކުރައްވަނީ ޔުކްރެއިންގެ ސަލާމަތައް އެމެރިކާ އިން ގެރެންޓީ ހޯއްދެވުމަށެވެ.

އޭގެ ބަދަލުގައި ޒެލެންސްކީ ހުންނެވީ ޔުކްރެއިންގެ މައުދަނުގެ ވަސީލަތްތަކަށް އެމެރިކާ އަށް ފުރުސަތު ލިބޭ އެއްބަސްވުމަކަށް ވަޑައިގަތުމަށް ތައްޔާރަށެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުން ހޫނު ޒުވާބަކަށް ބަދަލުވެ އެއް ފަރާތުން އަނެއް ފަރާތައް ރައްދު ދެއްވަމުން ގެންދެވީ، އެމެރިކާ އިން ރަޝިއާ ކޮޅަށް ބުރަވުމާއި، ޒެލެންސްކީގެ ފަރާތުން އެމެރިކާ އަށް ޝުކުރުވެރި ނުވުމުގެ ވާހަކަތަކުގެ ތެރެއިންނެވެ.

"މަނިކުފާނު ތިޔަ ހުންނެވީ ރަނގަޅު ޕޮސިޝަން އެއް ގައެއް ނޫން މިހާރު؛" ޒެލެންސްކީ އާ ދިމާލަށް އަޑުފުޅު ގަަދަ ކުރައްވާ ޓްރަމްޕް ވިދާޅުވިއެވެ.

"މިހާރު ގެމްބްލް ކުރަމުން ތިޔަ ގެންދަވަނީ ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމައަށް" ޓްރަމްޕް އިތުރު ކުރެއްވިއެވެ.

ނައިބު ރައީސް ވާންސް ވިދާޅުވީ، އެމެރިކާ އާއި ޔުކްރެއިން އާ ދެމެދު ހުރި ޚިޔާލު ތަފާތުވުން ތަކުގެ ވާހަކަ ދައްކަވާ، އެމެރިކާ ސަރުކާރަށް އެމެރިކާގެ މީޑިއާގެ ކުރިމަތީގައި ޒެލެންސްކީ ހަމަލާ ދެއްކެވުމަކީ "އިހްތިރާމް ކުޑަކުރެއްވުން" ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕްވްލަޑިމިއަރ ޕުޓިންވުލެޑިމިއަރ ޒެލެންސްކީރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު