Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިއްޒުއްދީން ފާލަން ތަރައްގީ ކުރުން

އިއްޒުއްދީން ފާލަން ތަރައްގީކޮށް އަލުން ހުޅުވާފައިވަނީ ކުރީ ސަރުކާރުގައި ހަދާފައިވާ ކުރެހުމާއި އެއްގޮތަށް

އެމްޓީސީސީގެ ޑިޒައިން ޓީމުން އެ ފާލަމުގެ ކުރެހުންތައް ފަރުމާކޮށް، ޕްރޮޖެކްޓް ޕްރޮޕޯސަލް 2022ގައި ހުށަހެޅި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2025 | ހުކުރު 09:24
އިއްޒުއްދީން ފާލަން ރަސްމީކޮށް ރައީސް ޑރ.މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވަނީ

އިއްޒުއްދީން ފާލަން ރަސްމީކޮށް ރައީސް ޑރ.މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވަނީ

އިއްޒުއްދީން ފާލަން ތަރައްގީކޮށް އަލުން ހުޅުވާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގައި ހަދާފައިވާ ކުރެހުމާއި އެއްގޮތަށްކަން ހާމަވެއްޖެއެވެ.

ކުރީގެ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް އެކަމެއްގެ ތެދުދޮގު ބަލަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އެކްސްގައި އަކްރަމް ހިއްސާކުރެއްވި ޕޯސްޓުގައި ފާލަމަށް އިޝާރާތް ކުރައްވައި ވިދާޅުވީ އިއްޒުއްދީން ފާލަން މަރާމާތް ކުރުން ނުވަތަ އަލުން އެފާލަން ފަރުމާ ކުރުމުގެ މަޝްވަރާ އޭރުގެ އިންފްރާސްޓަރކްޗަރ އާއި ބެހޭ މިނިސްޓްރީން އެމްޓީސީސީއާއެކު 2021 ވަނަ އަހަރުގެ ފަހުކޮޅު ފެށުނު ކަމަށެވެ.

އެމްޓީސީސީގެ ޑިޒައިން ޓީމުން އެ ފާލަމުގެ ކުރެހުން ތައް ފަރުމާކޮށް، ޕްރޮޖެކްޓް ޕްރޮޕޯސަލް 2022 ގެ މެއި މަހުގައި މިނިސްޓްރީ އަށް ހުށަހެޅި ކަމަށާއި، 2022 ގެ ތެރޭގައި މިނިސްޓްރީ ގެ އެންޖީނިއަރުން ޓީމުން އެ ކުރެހުންތައް ބަލާ ދެ ފަރާތުން މަޝްވަރާތަށް ކުރިއަށް ގެންދިޔަ ކަމަށް އަކްރަމް ވިދާޅުވިއެވެ. ނަމަވެސް އެ އަހަރު ގެ ބަޖެޓްގެ ތާށި ކަމާ މިއަށް ވުރެއްބޮޑަށް ރައްޔިތުންނާ ގުޅޭ ތަރައްގީގެ މަސައްކަތް ހުރުމާއި އެކު މި ފާލަން ހެދުން އޭރު މަޑު ޖައްސާލީ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ 2023 ވަނަ އަހަރުގެ މެދުތޭރޭ ގައި މި ފާލަމުގެ ހާލަތު ދަށަށް ގޮސް ފާލަން ވެއްޓި ދާނެ ކަމުގެ ބިރު އޮތުމާ އެކު އެމްޓީސީސީ އާއި މިނިސްޓްރީގެ ޓެކްނިކަލް ޓީމް އާއިއެކު މަޝްވަރާ ކުރެވި 2023 އޯގަސްޓް މަހު އެކުންފުންޏާ އެކު ޑިޒައިން އެންޑް ބިލްޑް ކޮންޓްރެކްޓް އެއްގައި ސޮއިކުރެވުނު ކަމަށެވެ.

ނަމަވެސް އެ ދުވަސް ވަރަކީ ރިޔާސީ އިންތިޚާބް ގެ ދުވަސްވަރު ކަމަށްވެފައި އަދި ބަޖެޓްގެވެސް ދަތިކަމާއެކު މަޑު ޖައްސާލާ އެ ކޮންޓްރެކްޓް ގެ ދަށުން އެ ފާލަން ނުވެއްޓޭވަރަށް މަރާތުކޮށް، ބެލެހެއްޓުމާއި، 2024 ގައި އިތުރަށް އެ ފާލާން ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއާއިއެކު އެއްބަސް ވެވުނު ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވީދާޅުވީ ރައީސް މުއިއްޒު ގެ ނާގާބިލް ސަރުކާރުން މި ފާލަން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާއި 2024 ގެ މޭމަހުގެ ތެރޭގައި ފާލަން ބަންދުކޮއް ބިއްގަޑު ޖަހާ ހެދި ކަމަށެވެ. އަދި މިހައި ފައިސާ ދަތި ދުވަސް ވަރެއްގައި މިފަދަ މަސައްކަތެއް ކުރާން ފެށުމުން އާންމުގެ ފާޑު ކިޔުންތައް ގިނަވުމުން މިހާރުގެ ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކަމުން އެކިވަޑައިގަތުމަށް މަސައްކަތް ކޮށް، އެކްސްގައި ކުރެއްވި ޕޯސްޓުން ވެސް މި މަސައްކަތް ފަށާފައިވަނީ އެމްޑީޕީ ސަރުކާރުންކަން ހާމަވާ ކަމަށެވެ.

މި ދެންނެވި ކަންކަމަށް ބަލާއިރު ދެން ކިހިނެއްތޯ އެ ވިދަޅުވާ ގޮތަށް ތިމަންނާ ގެ ދުރު ވިސްނުން ފުޅޭ ތިމަންނާގެ ވަށައޭ ތިމަންނާގެ ކޮންސެޕްޓޭ ތިމަންނާ ގެ ބޮލޭ ވިދާޅުވެވޭނީ. މުއިއްޒު އާއި މި މުއްތޮލިބާ ދެ ބޭފުލުން ރައްޖޭގެ ތަރައްޤީގެ ޕްރޮޖެކްޓް ތަކާއި ބެހޭ ގޮތުން އެ ގެންދަވަނީ މުތުލަގު ދޮގު ހައްދަވާ ރައްޔިތުންނަށް އޮޅުވާލައްވަމުން. މިއަދު ނެރުއްވި ފުލެޓް ލިސްޓާ ބެހޭ ގޮތުން ވެސް މި ދެ ބޭފުޅުން ވެގެން އިންތިހާ އަށް ދޮގު ހައްދަވާ ރައްޔިތުންނަށް އޮޅުވާލައްވައިފި.
ކުރީގެ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

އިއްޒުއްދީން ފާލަން ތަރައްގީކޮށް އަލުން ހުޅުވާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގައި ހަދާފައިވާ ކުރެހުމާއި އެއްގޮތަށްކަން ހާމަވި ނަމަވެސް 27 ފެބުރުއަރީ 2025 ވީ ބުރާސްފަތި ދުވަހުގެ ރޭ މިފާލަން ރަސްމީކޮށް ހުޅުއްވައި ދެއްވައި ރައީސް މުއިއްޒު ވިދާޅުވީ ރަސްމީ ފާލަމަކީ، ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، މި ސަރުކާރުގެ ގައުމީ ތަރައްގީގެ ސިޔާސަތާ ގުޅިލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ފާލަމެއް ކަމަށެވެ. ފާލަން ފަރުމާކުރުމުގައި ދިވެހި ސަގާފަތާއި، ދިވެހީންގެ އަމިއްލަވަންތަކަން ދައްކުވައިދިނުމަށް ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިއްޒުއްދީން ފާލަން ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމުގެ ފަރުމާއަށް ބަލައިގެންނެވެ. އަދި އެންމެ ފަހުން ރަސްކަންކުރެއްވި މުހައްމަދު ފަރީދު ދީދީގެ ތޮފިކޮޅު ސިފަވާފަދަ ނިޝާނެއް ވެސް ފަރުމާގައި ހިމަނާފައިވެ އެވެ.

2015 ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ދިމާކޮށް، އޭރުގެ ސަރުކާރުން ފާލަން ތަރައްގީ ކުރިއެވެ. އޭގެފަހުން ފާލަން ވަނީ ދެ ފަހަރެއްގެ މަތިން މަރާމާތު ކުރުމުގެ މަސައްކަތްތައް ކޮށްފައެވެ.

އިއްޒުއްދީން ފާލަންއިބްރާހިމް މުހައްމަދު ސާލިހުއަކްރަމް ކަމާލުއްދީންމުހައްމަދު މުއިއްޒުއެމްޓީސީސީމިނިސްޓްރީ އޮފް ހައުސިން އެންޑް ކޮންސްޓްރަކްޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް

މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް

26 ނޮވެމްބަރު 2025
އުނދަގޫ ވަގުތުތަކުގައި ވެސް އެމްޑީޕީ ހިންގެވުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ރައީސް ޞާލިހުގެ ޝުކުރު

އުނދަގޫ ވަގުތުތަކުގައި ވެސް އެމްޑީޕީ ހިންގެވުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ރައީސް ޞާލިހުގެ ޝުކުރު

24 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު