Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-ފަލަސްތީން މައްސަލަ

އިސްރާއީލުގެ ޖަލުގައި ފަލަސްތީނުގެ ގައިދީ އެއްގެ ގަޔަށް އެސިޑް އާއި އެކި ބާވަތުގެ ކެމިކަލް އެޅި ކަމަށް އޭނާ ބުނެފި

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނު ރައްޔިތުންނަށް ލާއިންސާނީ އަނިޔާއާ ކުރިމަތިލާންޖެހޭ ކަމުގެ ވާހަކަ އަކީ އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލާ ފަލަސްތީނު މީހުން އާންމު ކޮށް ދައްކާ ވާހަކަ ތަކެއް

ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2025 | ބުދަ 03:23
އިސްރާއީލުގެ ޖަލުން ދޫކޮށްލި ފަލަސްތީނުގެ ގައިދީއެއް ހޮސްޕިޓަލެއްގައި ސިއްހީ ފަރުވާ ހޯދަނީ

އިސްރާއީލުގެ ޖަލުން ދޫކޮށްލި ފަލަސްތީނުގެ ގައިދީއެއް ހޮސްޕިޓަލެއްގައި ސިއްހީ ފަރުވާ ހޯދަނީ

އިސްރާއީލުގެ ޖަލުތަކުގައި ބަންދުކުރެވުނު މުހައްމަދު އަބޫ ތަވީލާ، އޭނާއަށް އިސްރާއީލުގެ ބަންދުގައި ހުރި މުއްދަތުގައި ކުރިމަތިވި ލާއިންސާނީ އަނިޔާތަކުގެ ވާހަކަ ހާމަކޮށްފިއެވެ. އޭނާގެ ހަށިގަނޑަށް އެސިޑް އަޅައި، ކެމިކަލް ބޭނުންކޮށްގެން އަނިޔާކުރި ކަމަށް އޭނާ ބުނެފައިވެއެވެ.ޣައްޒާއިން ގަދަކަމުން ހައްޔަރުކުރެވުނު އަބޫ ތަވީލާގެ ލޯމަތީގައި ތަޅައި، އަދި ހަށިގަނޑަށް ކްލޯރިން، ޑިޝްވޮޝިންގ ލިކުއިޑް، ދޮންނަ ކެމިކަލް، ސައިބޯނި އަދި އެއަރ ފްރެޝްނަރ ފަދަ ތަކެތި އަޅައިގެން އަނިޔާކުރިއެވެ. "އެތަކެތި ތިން ދުވަހުގެ މުއްދަތަށް ހަށިގަނޑަށް އަޅަމުން ގެންދިޔައެވެ." އޭނާ ބުނެފައިވެއެވެ.އޭނާގެ ލޯ މަތީގައި ތަޅައި، ހަށިގަނޑަށް ލިބުނު އަނިޔާތަކުގެ ސަބަބުން ހޭނެތިގެން ވެއްޓުނު ކަމަށް ވެސް ބުނެފައިވެއެވެ. ކެމިކަލްތަކުގެ ސަބަބުން އޭނާގެ ހާލަތު ގޯސްވުމާ ގުޅިގެން، އޭނާ ވެސްޓް ބޭންކަށް ބަދަލުކުރެވުނެވެ.ޕްރެސް ޓީވީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އޯފަރ މިލިޓަރީ ޖަލަށް ބަދަލުކުރުމުގެ ކުރިން، އަބޫ ތަވީލާ ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާ ދޭން ޖެހުނެވެ. އޭނާ ބުނާ ގޮތުގައި އޯފަރ ޖަލުގައިވެސް އަނިޔާވެރި އަމަލުތައް ހިންގައި، ބަނޑުހައިހޫނުކަމާއި ފިނީ ގައި ބައިތިއްބައި، އިންސާނީ ކަރާމާތަށް ގެއްލުން ލިބޭ އަނިޔާތައް ދީފައިވެއެވެ.އިސްރާއީލުގެ ހައްދުފަހަނަ އެޅި ސިޔާސީ ލީޑަރެއް ކަމަށްވާ އިޓްމާރ ބެން ގްވީރ، ކެޒިއޯޓް ޖަލުގައި ފަލަސްތީނު ގައިދީންނަށް ކުރަމުންދާ އަނިޔާތައް ދައްކުވައިދޭ ވީޑިއޯއެއް އެކްސް (ޓްވިޓަރ) މެދުވެރިކޮށް ދާދި ފަހުން ޙިއްސާކޮށްފައިވެއެވެ.

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނު ރައްޔިތުންނަށް ލާއިންސާނީ އަނިޔާއާ ކުރިމަތިލާންޖެހޭ ކަމުގެ ވާހަކަ އަކީ އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލާ ފަލަސްތީނު މީހުން އާންމު ކޮށް ދައްކާ ވާހަކަ ތަކެކެވެ.

މުހައްމަދު އަބޫ ތަވީލާއިސްރާއީލުގެ ޖަލުތައްފަލަސްތީނު ރަހީނުންލާއިންސާނީ އަނިޔާއިޓަމާރ ބެން-ގްވިރް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި

ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި

11 ނޮވެމްބަރު 2025
ޣައްޒާގ ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުން އިސްރާއީލުގެ ކެބިނެޓުން ފާސް ކޮށްފި

ޣައްޒާގ ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުން އިސްރާއީލުގެ ކެބިނެޓުން ފާސް ކޮށްފި

10 އޮކްޓޯބަރު 2025
އިސްރާއީލްގެ ގައުމީ ސަލާމަތީ ވަޒީރު އިޓަމާރ ބެން-ގްވިރް މަރާލަން ރޭވުމުގައި ތުރުކީގެ އަތެއް ނެތް ކަމަށް އެ ގައުމުން ބުނެފި

އިސްރާއީލްގެ ގައުމީ ސަލާމަތީ ވަޒީރު އިޓަމާރ ބެން-ގްވިރް މަރާލަން ރޭވުމުގައި ތުރުކީގެ އަތެއް ނެތް ކަމަށް އެ ގައުމުން ބުނެފި

07 ސެޕްޓެމްބަރު 2025
އިސްރާއީލުގެ ހަރުކަށި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ބެން-ގްވީރު އަލް-އަޤްޞާ މިސްކިތަށް ޒިޔާރަތްކޮށް، އެތަނުގައި އަޅުކަން ކުރި ކަމަށް ބުނެފި

އިސްރާއީލުގެ ހަރުކަށި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ބެން-ގްވީރު އަލް-އަޤްޞާ މިސްކިތަށް ޒިޔާރަތްކޮށް، އެތަނުގައި އަޅުކަން ކުރި ކަމަށް ބުނެފި

03 އޯގަސްޓު 2025
ސްމޮޓްރިޗް އާއި ބެން ގްވީރު ސްލޮވޭނިއާ އަށް އެތެރެވުން މަނާ ކޮށްފި

ސްމޮޓްރިޗް އާއި ބެން ގްވީރު ސްލޮވޭނިއާ އަށް އެތެރެވުން މަނާ ކޮށްފި

18 ޖުލައި 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު