Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ފްލިކް ބުނީ ބާސެލޯނާ އޮތީ ރަނގަޅު ފޯމުގައި ކަމަށް

ސެމީ ފައިނަލްގައި އެތުލެޓިކޯއާ ދެކޮޅަށް ނިކުންނައިރު، އެ މެޗުން މޮޅުވެ ދެ ވަނަ ލެގަށް އިތުބާރާ އެކު ނިކުމެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ފްލިކް ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2025 | އަންގާރަ 05:53
ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވާހަކަ ދައްކަނީ

ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވާހަކަ ދައްކަނީ

ބާސެލޯނާ މިވަގުތު އޮތީ ނަފްސާނީ ގޮތުން ވެސް ވަރަށް ފުރިހަމަ އަށް ކަމަށާއި، އެ ޓީމު އޮތީ އެންމެ ރަނގަޅު ފޯމުގައި ކަމަށް، ބާސެލޯނާ އަށް އިރުޝާދު ދެމުން އަންނަ ޖަރުމަނުގެ ހަންސީ ފްލިކް ބުނެފި އެވެ.

ފްލިކް މިހެން ބުނީ ކޮޕާ ޑެލް ރޭ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ފްލިކް ބުނީ، ބާސެލޯނާ އިން ބޭނުން ވަނީ އެ ޓީމުގެ އަސްލު ފެންވަރު ދައްކައިދޭން ކަމަށާއި، ކޮންމެ މެޗެއްގައި ވެސް އެކަން ދައްކައިދޭން ބޭނުންވާ ކަމަށެވެ. ޚާއްސަކޮށް ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނާ އެކު، ބާސެލޯނާ އޮތީ ނަފްސާނީ ގޮތުން ވަރަށް ފުރިހަމަ އަށް ކަމަށާއި، އެ ޓީމު އޮތީ ރަނގަޅު ރޫޙެއްގައި ކަމަށް އޭނާ ބުންޏެވެ.

ސެމީ ފައިނަލް މެޗަށް ނިކުންނައިރު އޭނާ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، އެކަތި ގަނޑެއްގެ ގޮތުގައި ބާސެލޯނާ އޮތް އޮތުން ކަމަށް ފްލިކް ވަނީ ބުނެފަ އެވެ. އެއީ ހަމައެކަނި ކުޅުންތެރިން ނޫން ކަމަށާއި، މުޅި ޓީމު އޮތީ އެގޮތުގައި ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް ކޮންމެ ކުޅުންތެރިޔަކު ވެސް ހުރީ، އެ ކުޅުންތެރިޔެއްގެ ސަތޭކަ އިންސައްތަ މަސައްކަތް ދައްކައިގެން ޓީމު ބޭނުންވާ ހިސާބަށް ގެންދަން ކަމަށް ފްލިކް ފާހަގަކޮށްފައިވެ އެވެ.

ލީގުގައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވެފައިވާއިރު، އެކަމަަށް އިޝާރާތްކޮށް ފްލިކް ބުނީ އެ މެޗުން ވެސް ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށެވެ. އެގޮތުން ބާސެލޯނާ އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ފަހު ވަަގުތަށް ސަމާލުކަން ދޭން ޖެހޭ މިންވަރު ބޮޑު ކަމަށް އޭނާ ބުނެފައިވެ އެވެ.

ސެމީ ފައިނަލްގައި އެތުލެޓިކޯއާ ދެކޮޅަށް ނިކުންނައިރު، އެ މެޗުން މޮޅުވެ ދެ ވަނަ ލެގަށް އިތުބާރާ އެކު ނިކުމެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ފްލިކް ބުންޏެވެ. ޚާއްސަކޮށް ސެމީ ފައިނަލް މެޗަށް ބާސެލޯނާގެ ތައްޔާރީތަކާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ކުޅުންތެރިންގެ ޙާލަތާ މެދު ހިތްހަމަ ޖެހޭ ކަމަށް ވެސް ފްލިކް ބުންޏެވެ.

ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސެލޯނާ އިން އެތުލެޓިކޯއާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 01:30 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު