Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ވެސްޓް ހޭމް އަތުން ބަލިވެ، އާސެނަލް އިން ފުރުސަތު ނަގާލައިފި

މެޗުން ބަލިވެ އާސެނަލް ދެ ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 26 މެޗުން 53 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ލިވަޕޫލަށް ލިބެނީ 61 ޕޮއިންޓެެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ފެބުރުއަރީ 2025 | އާދީއްތަ 05:14
އާސެނަލް އަދި ވެސްޓް ހޭމް ކުޅުނު މެޗުގެ ތެރެއިން

އާސެނަލް އަދި ވެސްޓް ހޭމް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ފަރަގު ކުޑަ ކުޑަ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ވެސްޓް ހޭމާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ބަލިވެފައި ވަނީ 1-0 އިންނެވެ. މެޗުގައި ވެސްޓް ހޭމް އިން ލަނޑު ޖެހީ ވެސް މެޗުގެ ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން އާސެނަލް އިން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގައި އާސެނަލްގެ ރިކާޑޯ ކަލަފިއޯރީ ފޮނުވާލި ހަމަލާ، ވެސްޓް ހޭމްގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ވެސްޓް ހޭމް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެއީ އާރޮން ވެން ބިސާކާ ހުރަސްކޮށްދިން ފުރުސަަތެއްގައި، ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެން ޖަރޯޑް ބޮވެން ޖެހި ލަނޑެކެވެ.

މެޗުގައި އާސެނަލަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ، ދެ ވަނަ ހާފުގައި އެ ޓީމުގެ މައިލްސް ލެވިސް ސްކެލީ އަށް ސީދާ ރަތް ކާޑު ދައްކައި ފޮނުވާލުމުންނެވެ. އެއީ ވެސްޓް ހޭމްގެ ކުޅުންތެރިޔަކަށް އޭނާ ކުރި ފައުލަކާ ގުޅިގެެން، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ދެއްކި ކާޑެކެވެ.

މެޗުގައި އާސެނަލް އިން ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، އެ ޓީމަށް ކާމިޔާބުވާ ގޮތެއް ނުވި އެވެ. ވެސްޓް ހޭމްގެ އޭރިޔާ ތެރެއިން އާސެނަލްގެ ބެން ވައިޓް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުން ބަލިވެ އާސެނަލް ދެ ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 26 މެޗުން 53 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ލިވަޕޫލަށް ލިބެނީ 61 ޕޮއިންޓެެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު