Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކަންބޮޑުވުންތައް އިތުރުވެފައި ވަނިކޮށް، ވަޒީރު ރާފިޢު ފުޓުބޯޅަ ކުލަބުތަކާ ބައްދަލު ކުރައްވައިފި

އެ ބައްދަލުވުމުގައި ވަޒީރު ވަނީ މިއަހަރުގެ ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ކުލަބުތަކާ މަޝްވަރާ ކުރައްވާފަ އެވެ. އަދި މިވަގުތު ކުލަބުތަކަށް ދިމާވަމުން އަންނަ ދަތިތަކާއި، އެ ދަތިތައް ޙައްލު ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2025 | ހޮނިހިރު 05:03
ވަޒީރު ރާފިޢު، ކުލަބުތަކާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ވަޒީރު ރާފިޢު، ކުލަބުތަކާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ ފުޓުބޯޅަ ސީޒަން ނުފެށި ދިގު ލައިގެން ދިޔުމުގެ ސަބަބުން ކަންބޮޑުވުންތައް އިތުރުވެފައި ވަނިކޮށް، ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ފުޓުބޯޅަ ކުލަބުތަކާ ބައްދަލުކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅިވަރު ވުޒާރާގައި އޮތް ބައްދަލުވުމުގައި ކޮންމެ ކުލަބެއްގެ ފަރާތުން ވެސް އެކަކު ވަނީ ބައިވެރިވެފައެވެ.

އެ ބައްދަލުވުމުގައި ވަޒީރު ވަނީ މިއަހަރުގެ ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ކުލަބުތަކާ މަޝްވަރާ ކުރައްވައިފައެވެ. އަދި މިވަގުތު ކުލަބުތަކަށް ދިމާވަމުން އަންނަ ދަތިތަކާއި، އެ ދަތިތައް ޙައްލު ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައި ވެއެވެ.

ވަޒީރުގެ އެ ބައްދަލުވުމުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިންގ ކޮމެޓީގެ ޗެއާރމަން އަޙުމަދު މުޢިއްޒު އާއި އެ ކޮމެޓީގެ މެމްބަރުންގެ އިތުރުން، އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުގެ ބޭފުޅުން ވެސް ވަނީ ބައިވެރިވެފައެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ރާއްޖެ ނޯމަލައިޒް ކޮށްފައިވާއިރު، ނޯމަލައިޒިންގ ކޮމެޓީން އަންނަނީ ހުއްޓިފައިވާ ފުޓުބޯޅަ ސީޒަން އަލުން ފެށުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުލަބުތަކަށް މާލީ ގޮތުން އެހީތެރިކަން ދިނުމާއި، ދެން ވެސް ކުރި ކަންކަމާ ގުޅޭ ގޮތުން މަސައްކަތް ދަނީ ކުރަމުންނެވެ.

ގިނަ ކުލަބުތަކުގެ މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ގޮތުން ހުރި ދަތިތައް ކަމަށްވާއިރު، ސަރުކާރުން ވަނީ ކުލަބުތަކަށް މާލީ އެހީތެރިކަން ދޭން ނިންމައި، އެ ފައިސާގެ ބައެއް ދީފަ އެވެ.

އެގޮތުން ކޮންމެ ކުލަބަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އޭގެ ތެރެެެއިން ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 500،000 (ފަސް ލައްކަ) ރުދިޔާ މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ޖަމާކޮށްދީފަ އެވެ.

ފުޓުބޯޅަ ސީޒަން އަލުން ފަށައި ގަތުމަށް ކުރަމުން އަންނަ މަސައްކަތުގަައި ކުލަބުތަކަށް ސަރުކާރުގެ އިތުރުން، ފީފާ އިން ވެސް މާލީ އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށް މީގެ ކުރިން ނޯމަލައިިޒިންގ ކޮމެޓީން ވަނީ ބުނެފަ އެވެ.

އެގޮތުން ކޮންމެ ކުލަބަކަށް ފީފާ މެދުވެރިކޮށް އެއް މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭރު ނޯމަލައިިޒިންގ ކޮމެޓީން ވަނީ ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަލޮޅު ދަނޑުގެ މަސައްކަތް މި އަހަރު ނުފެށޭނެ: ވަޒީރު

ގަލޮޅު ދަނޑުގެ މަސައްކަތް މި އަހަރު ނުފެށޭނެ: ވަޒީރު

05 ޖުލައި 2020
ކުޑަ ލުޔެއް ލިބޭއިރަށް ވެސް ގައުމީ ޓީމުތަކުގެ ހަރަކާތްތައް ފަށާނަން: ވަޒީރު

ކުޑަ ލުޔެއް ލިބޭއިރަށް ވެސް ގައުމީ ޓީމުތަކުގެ ހަރަކާތްތައް ފަށާނަން: ވަޒީރު

03 ޖޫން 2020
އެސޯސިއޭޝަންތަކާއެކު ވަޒީރު މަޝްވަރާ ކުރައްވައިފި

އެސޯސިއޭޝަންތަކާއެކު ވަޒީރު މަޝްވަރާ ކުރައްވައިފި

19 މެއި 2020
ސްކޯޕިއަންސް އިން ފުޓްސަލް ކުޅުންތެރިންގެ ކަންބޮޑުވުންތައް އޮޅުން ފިލުވަނީ

ސްކޯޕިއަންސް އިން ފުޓްސަލް ކުޅުންތެރިންގެ ކަންބޮޑުވުންތައް އޮޅުން ފިލުވަނީ

05 މެއި 2020
ނައިބު ރައީސް އާއެކު ވަޒީރުންނާއި، މެމްބަރުން "ސްޓޭ އެޓް ހޯމް ޗެލެންޖު" ގައި ބައިވެރިވެއްޖެ

ނައިބު ރައީސް އާއެކު ވަޒީރުންނާއި، މެމްބަރުން "ސްޓޭ އެޓް ހޯމް ޗެލެންޖު" ގައި ބައިވެރިވެއްޖެ

28 މާރިޗު 2020

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު