Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ޓީމުތަކުގެ ހަރަކާތްތައް ފެށުން

ކުޑަ ލުޔެއް ލިބޭއިރަށް ވެސް ގައުމީ ޓީމުތަކުގެ ހަރަކާތްތައް ފަށާނަން: ވަޒީރު

ކޮވިޑް-19 އާ ގުޅިގެން ގައުމީ ޓީމުގެ ފަރިތަކުރުންތައް ވަނީ މެދުކަނޑާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 ޖޫން 2020 | ބުދަ 09:56
މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު

މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މިހާރު ހުއްޓިފައިވާ ކުޅިވަރުގެ ހަރަކާތްތައް ފެށޭނެ ދުވަހެއް އަދި ބުނަން ނޭނގުން ނަމަވެސް، ކުޑަލުޔެއް ލިބޭއިރަށް ވެސް ގައުމީ ޓީމުތަކުގެ ހަރަކާތްތައް ފެށުމަށް މަސައްކަތް ކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭގައި ކުޅިވަރު ހުރިހާ ހަރަކާތްތަކެއް ވަނީ ހުއްޓާލާފައެވެ. މީގެ ކުރިން ވަޒީރު ވަނީ ގައުމީ ޓީމުތަކުގެ ކުޅުންތެރިން ފަރިތަނުކުރާތީ، ކުޅުންތެރިންނަށް ދެމުން އައި އެލަވަންސް ނުދޭކަން ހާމަކޮށްފައެވެ.

ގައުމީ ޓީމުތަކަށް މަހެއްގެ މައްޗަށް 328 ކުޅުންތެރިންނަށް ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ޚަރަދުކުރާއިރު، އެލަވަންސް ދިނުން ހުއްޓާލުމުން ގިނަ ކުޅުންތެރިންނާއި ކޯޗުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން މީގެ ކުރިން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކުޅުންތެރިންނާއެކު ވަޒީރު ކުރިއަށް ގެންދެވި މަޝްވަރާތަކަށްފަހު ވަނީ ކުޅުންތެރިންގެ އެލަވަންސް އަލުން ދޭން ނިންމާފައެވެ.

ރާއްޖެ ޓީވީގެ ކުޅިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ވަޒީރު ވިދާޅުވީ މިހާރު ކުރިމަތިވެފައި ވަނީ އުނދަގޫ ހާލަތެއް ކަމަށާއި އެހެންނަމަވެސް މި ހާލަތުން ސަލާމަތްވެ، ކުޅިވަރު ބާރަށް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މި އަހަރަކީ ކުޅިވަރަށް ވަރަށް ގިނަ އުންމީދުތަކެއް ހާސިލް ކުރުމަށް އަމާޒު ހިފި އަހަރެއް ކަމަށާއި ހާއްސަކޮށް ކުޅިވަރުގެ އިންފްރާސްޓަކްޗާ ތަރައްގީ ކުރުމަށް މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކުރާ ވަރުގެ ހޭދައެއް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސްވިމިންގ ޕޫލާއި އިންޑޯ ބާސްކެޓްބޯޅަ ކޯޓާއި އިންޑޯ ވޮލީބޯޅަ ކޯޓާއި ޓީޓީ ހޯލް އަދި ކްރިކެޓް ސްޓޭޑިއަމްގެ އިތުރުން އޮލިމްޕިކް ސްޓޭޑިއަމާއި ފުޓްބޯޅަ ސްޓޭޑިއަމަކީ މި އަހަރު މަސައްކަތްފެށުމަށް އަމާޒު ހިފި ކަންކަން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއިން ކޮންމެ ކަމަކީ މުޅި ކުޅިވަރަށް ބޮޑު ބަދަލެއް ގެނުވާނެ ބޮޑެތި މަސައްކަތް ތަކެއް ކަމަށްވާއިރު މި ހާލަތާއި އެކު ޔަގީނުން ވެސް މަޝްރޫއުތަކަށް މަޑު ޖެހުމެއް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫއުތައް އަލުން ފެށިގެންދާނީ ކިހިނެއްތޯ، އެ ސުވާލަށް ޖަވާބު ލިބެން އަދި ވަގުތު ކޮޅެއް ނަގާނެ ކަމަށާއި އެހެން ނަމަވެސް ބައެއް މަޝްރޫއުތައް ކަމަށްވާ އިންޑިއާ ސަރުކުރާގެ އެހީގައި އެޅުމަށް ނިންމާފައިވާ ކްރިކެޓް ސްޓޭޑިއަމްގެ ކަންތަކާއި ބެހޭ ގޮތުން އެންމެ ފަހުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވެސް ރައީސް ވަނީ އެ މަސައްކަތް ކުރިޔަށް ދިޔުމަށް ހުރަހެއް ނެތް ކަމަށް ވިދާޅުވެފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަޑު ޖެހުން އަންނާނީ ދައުލަތުގެ ބަޖެޓުން ކުރުމަށް ނިންމާފައިވާ ކަންކަން ކަމަށް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ވަކި ވަކި އެތުލީޓުންނާއި ކުޅިވަރުތަކަށް އެންމެ މަތީ ފެންވަރުގެ ކޯޗުން ގެނެސް މަސައްކަތް ފަށައި، ގިނަ ބައިނަލްއަގުވާމީ މުބާރާތްތަކެއް ވެސް ތާވަލު ކުރެވިގެން ގޮސްފައިވީ ނަމަވެސް، އެކަން ކަމަށްވެސް މަޑުޖެހުން އަންނާނެ ކަމަށެވެ. އަދި މިއީ ވަރަށް ހިތްދަތި އަދި އުނދަގޫ ހާލަތެއް ނަމަވެސް މި ކަމުން އަރައި ގަނެގެން ހުރިހާ އެތުލީޓުންނާއި އެސޯސިއޭޝަންތައް ގުޅިގެން ކުޅިވަރުގެ ހަރަކާތްތައް އެންމެ ބާރަށް ކުރިޔަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ވަޒީރު ވަނީ ކޮވިޑް-19 އާ ގުޅިގެން 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ މަސައްކަތް މި އަހަރު ނުފެށިއްޖެނަމަ، ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް މިހާރު ވަނީ އަންނަ އަހަރަށް ފަސްކުރުމަށް ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު