Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ކުޅިވަރު ކުރިއެރުވުމަށް ރާއްޖެ އާއި ޗައިނާއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި

20 ފެބުރުއަރީ 2025 | ބުރާސްފަތި 04:40

ވަޒީރު ވިދާޅުވީ މިފަދަ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ ކުޅިވަރު ތަރައްޤީކޮށް، އެތުލީޓުން ކުރިއެރުވުމުގެ މަޤުސަދަކީ 2040 ވަނަ އަހަރު އެތުލީޓުންނަށް އެންމެ މަތީ ވަނަތައް ހޯދޭނެ ފެންވަރަށް ގެންދިޔުން ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ފެބުރުއަރީ 2025 | ބުރާސްފަތި 04:40
ކުޅިވަރު ކުރިއެރުވުމަށް ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކުޅިވަރު ކުރިއެރުވުމަށް ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ދިވެހި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ގޮތުން، ރާއްޖެ އާއި ޗައިނާއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ހުޅުލޭ އައިލެންޑު ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މި އެއްބަސްވުމުގައި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް ޑޮން ޖިން ސޮން އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްތަކެއް ކުރާނެ އެވެ. އެގޮތުން ރާއްޖޭގެ އެތުލީޓުންނަށް ބޭނުންވާ އެކި އެކި ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، އެތުލީޓުން ކުރިއެރުވުމަށް މަސައްކަތް ކުރެވޭނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ކުޅިވަރު ކުލަބުތައް ކުރިއެރުވުމާއި، އެ ކުލަބުތަކަށް އެކި ކަހަލަ ފުރުސަތުތައް ހޯދައި ދެވިގެން ވެސް ދާނެ އެވެ. ހަމައެހެންމެ، ކުޅިވަރުގެ ދާއިރާ އިން ކޯޗުންނާއި ރެފްރީންގެ އިތުރުން، ޞިއްޙީ އޮފިޝަލުން ވެސް ބިނާ ކުރުމުގެ މަސައްކަތް މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާނެ އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވެފައި ވަނީ، ޗައިނާ އާއެކު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ކުޅިވަރު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ދައުރެއް ލިބިގެން ދާނެ ކަމަށެވެ.

ޚާއްސަކޮށް ބައިނަލްއަޤުވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެ އިން ޙާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި، ވާސިލްވާން ބޭނުންވާ ހިސާބަށް ދިޔުމަށް މަގު ފަހިވެގެން ދާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ވަޒީރު ވިދާޅުވީ މިފަދަ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ ކުޅިވަރު ތަރައްޤީކޮށް، އެތުލީޓުން ކުރިއެރުވުމުގެ މަޤުސަދަކީ 2040 ވަނަ އަހަރު އެތުލީޓުންނަށް އެންމެ މަތީ ވަނަތައް ހޯދޭނެ ފެންވަރަށް ގެންދިޔުން ކަމަށެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް