Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

މެޗު އުނދަގޫ ވިޔަސް، އަންޗެލޮޓީ ހުރީ އިތުބާރާ އެކު

މީގެ އިތުރުން އަންޗެލޮޓީ ބުނީ ދެ ލެގަށް ނިކުންނައިރު، ރެއާލަށް އޮތީ ކުޑަ ފައިދާއެއް ކަމަށެވެ. ފުޓުބޯޅައިގެ ކޮންމެ ގޮތަކަށް ވެސް ނަތީޖާ ނިކުތުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މަސައްކަތް ކުރަނީ އެކަން ވިސްނުމުގައި ބަހައްޓައިގެން ކަމަށް އޭނާ ބުނެފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ފެބުރުއަރީ 2025 | ބުދަ 05:01
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ދެ ވަނަ ލެގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު އުނދަގޫ ވާނެކަން އިނގޭ ކަމަށާއި، އެހެން ނަމަވެސް އިތުބާރާ އެކު ހުރި ކަމަށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ދެ ވަނަ ލެގަށް ނިކުންނައިރު، ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން މޮޅުވެފައި އޮތުމުން ރެއާލަށް އެޑްވާންޓޭޖު އޮންނާނެ އެވެ. ނަމަވެސް އަންޗެލޮޓީ ދެކޭ ގޮތުގައި އެއީ ހިތްހަމަ ޖައްސާލައިގެން ތިބެވޭނެ ނަތީޖާއެއް ނޫނެވެ.

ދެ ވަނަ ލެގުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، ދެ ވަނަ ލެގު ވާނީ ވަރަށް ޝައުޤުވެރި އަދި އެހާމެ އުނދަގޫ މެޗަކަށް ކަމަށެވެ. އޭނާ ބުނީ އަނިޔާގައި ތިބި ރެއާލްގެ ކުޅުންތެރިންނާ އެކު، މެޗަށް ފުރިހަމަ އަށް ތައްޔާރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ދެ ވަނަ ލެގުގައި ވެސް ބޭނުން ވަނީ، ފުރަތަމަ ލެގުގައި ދެއްކި ފެންވަރުގެ ކުޅުމެއް ދައްކަންކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ރެއާލްގެ ތައްޔާރީތަކަށް އަދި އެ ޓީމުގެ ވިސްނުމަކަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި އަބަދު ވެސް މަސައްކަތް ކުރަނީ އޭރަކު ކުރިމަތީގައި އޮތް ޙާލަަތަށް ފިޓުވެގެން ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ދެ ލެގަށް ނިކުންނައިރު، ރެއާލަށް އޮތީ ކުޑަ ފައިދާއެއް ކަމަށެވެ. ފުޓުބޯޅައިގެ ކޮންމެ ގޮތަކަށް ވެސް ނަތީޖާ ނިކުތުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މަސައްކަތް ކުރަނީ އެކަން ވިސްނުމުގައި ބަހައްޓައިގެން ކަމަށް އޭނާ ބުނެފައިވެ އެވެ.

އަދި ރެއާލަށް ލިބިފައި އޮތް ކުޑަ ފައިދާ އިތުރަށް ފުޅާ ކުރުމަށް އެ ޓީމުން މަސައްކަތް ކުރާނީ ދެ ވަނަ ލެގުގައި ކަމަށާއި، އެކަން ފެނިގެން ދާނީ މެޗުގެ އޮއިވަރުދާ ގޮތަކުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ފުރަތަމަ ލެގުގައި ކަންތައް ދިޔައީ އޭނާ ބޭނުންވާ އަދި ހިތްހަމަ ޖެހޭ ގޮތަށް ކަމަށާއި، ދެ ވަނަ ލެގުގައި ވެސް ބޭނުން ވަނީ އެކަން ކަމަށް އަންޗެލޮޓީ ބުންޏެވެ.

ރެއާލް އާއި ސިޓީ އަކީ ޗެމްޕިއަންސް ލީގުގައި ވާދަވެރި ދެ ޓީމެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު ފަށާނީ، ބުދަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު