Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ޝޫޓިން ޓީމު

އޭޝިއަން ކަޕް އިން ރިހި މެޑަލް ހޯދި އީޝަލް އަށް ހޫނު މަރުޙަބާއެއް

18 ފެބުރުއަރީ 2025 | އަންގާރަ 04:14

ތައިލެންޑުގެ ވެރި ރަށް ބެންކޮކުގައި ކުރިއަށް ދިޔަ މުބާރާތުގައި ވާދަކޮށް، އީޝަލް ރިހި މެޑަލް ހޯދީ އެއާ ފިސްޓަލް އަންހެން ޖޫނިއާ ކެޓަގަރީންނެވެ. އުމުރުން 15 އަހަރުގެ އީޝަލް ރިހި މެޑަލް ހޯދީ މުބާރާތުގައި ބައިވެރިވި 23 ޤައުމުގެ ތެރެއިން 21 ޤައުމާ ވާދަކޮށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ފެބުރުއަރީ 2025 | އަންގާރަ 04:14
އޭޝިއަން ޝޫޓިން ކަޕްގައި ވާދަކޮށް މެޑަލް ހޯދި އީޝަލް އަަށް މަރުޙަބާ ކިޔުމުގެ ތެރެއިން

އޭޝިއަން ޝޫޓިން ކަޕްގައި ވާދަކޮށް މެޑަލް ހޯދި އީޝަލް އަަށް މަރުޙަބާ ކިޔުމުގެ ތެރެއިން

އޭޝިއަން ޝޫޓިން ކަޕް 2025 ގައި ވާދަކޮށް، ރިހި މެޑަލް ހޯދި ރާއްޖޭގެ ޤައުމީ ޝޫޓިން ޓީމުގައި ހިމެނޭ މަރިޔަމް އީޝަލް މިސްބާޙު އަދި ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.

ތައިލެންޑުގެ ވެރި ރަށް ބެންކޮކުގައި ކުރިއަށް ދިޔަ މުބާރާތުގައި ވާދަކޮށް، އީޝަލް ރިހި މެޑަލް ހޯދީ އެއާ ފިސްޓަލް އަންހެން ޖޫނިއާ ކެޓަގަރީންނެވެ. އުމުރުން 15 އަހަރުގެ އީޝަލް ރިހި މެޑަލް ހޯދީ މުބާރާތުގައި ބައިވެރިވި 23 ޤައުމުގެ ތެރެއިން 21 ޤައުމާ ވާދަކޮށެވެ.

މި އިވެންޓުގެ އެއް ވަނަ ހޯދީ ޓައިވާންގެ ލިއާއޯ ކީ ރޮން އެވެ. އޭނާ އެއް ވަަނަ ހޯދާފައި ވަނީ 231.2 ގެ ސްކޯއަކުންނެވެ. ދެ ވަނަ ރާއްޖޭގެ އީޝަލް ހޯދީ 229.9 ގެ ސްކޯއަކުންނެވެ. އަދި ތިން ވަނަ އަށް ދިޔަ ނޯތު ކޮރެއާގެ ކިމް ހިއޯން ސުކް ވަނީ 211.8 ގެ ސްކޯއެއް ހޯދައިފަ އެވެ.

މުބާރާތަށްފަހު ހޯމަ ދުވަހު އީޝަލް އަދި ރާއްޖޭގެ ޓީމު ރާއްޖެ އައިސްފައިވާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ކިޔާފައި ވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އެވެ. މީގެ އިތުރުން ކުޅިވަރުގެ ވުޒާރާގެ ސްޓޭޓް މިނިސްޓަރާއި، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

ޓީމަށް މަރުޙަބާ ކިޔުމަށް ފަހު ކޮމިޝަނަަރު ޠަލާލް ވަނީ ޓީމާ ބައްދަލުކޮށް، އީޝަލް ހޯދީ ކާމިޔާބަށް މަރުޙަބާ ކިޔައި، ހިތްވަރު ދެއްވައިފަ އެވެ.

އޭޝިއަން ޝޫޓިން ކަޕްގައި ވާދަކޮށް ރާއްޖޭގެ އީޝަލް ހޯދި ރިހި މެޑަލް އަކީ ރާއްޖެ އަށް ތާރީޚީ ކާމިޔާބެކެވެ. އަދި މިއީ އޭޝިއާ ބައްރުގެ މުބާރާތެއްގައި ވާދަކޮށް ރާއްޖެ އަށް ލިބުނު ފުރަތަމަ މެޑަލް އެވެ.

މޯލްޑިވްސް ޝޫޓިން ޓީމު

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2022

ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ޝޫޓިން ޓީމު މިޞްރަށް

12 އޮކްޓޯބަރު 2022
ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ޝޫޓިން ޓީމު މިޞްރަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް