Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޖީއެމްއެޗްގެ ޚިދުމަތްތައް

މި ސަރުކާރުގައި ކޮރަޕްޝަން އިންތިހާއަށް ބޮޑު، މަޖިލިސް މެންބަރެއް މެދުވެރިކޮށް މެނުވީ އައިޖީއެމްއެޗުން ރަނގަޅު ޚިދުމަތެއް ވެސް ނުލިބޭ: މެންބަރު މީކާއިލް

15 ފެބުރުއަރީ 2025 | ހޮނިހިރު 06:42

އައިޖީއެމްއެޗުން ބޭސް ހުސްވި

އަމްނާ އިމާދު
އަމްނާ އިމާދު | 15 ފެބުރުއަރީ 2025 | ހޮނިހިރު 06:42
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މި ސަރުކާރުގައި ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް ބޮޑު ކަމަށާއި، ރައްޔިތުން މަޖިލިސް މެންބަރެއް މެދުވެރިކޮށް މެނުވީ އައިޖީއެމްއެޗުން ރަނގަޅު ޚިދުމަތެއް ވެސް ނުލިބޭ ކަމަށް ގަލޮޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު މީކާއިލް ވިދާޅުވީ މިސަރުކާރުން ރަސްމީކޮށް ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވައި، ޚިދުމަތް ފުޅާކޮށްފައިވާކަން އިއުލާން ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މިހާރު ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭ ގޮތަށް އައިޖީއެމްއެޗުން ވެސް ރަނގަޅު ޚިދުމަތެއް ނުލިބޭ ކަމަށާއި، ކޮޓަރިއެއް ވެސް ނުލިބޭ ކަމަށެވެ. އަދި ރަނގަޅު ޚިދުމަތެއް ލިބެނީ އެމަސައްކަތް ކުރުމަށް ރައްޔިތުން މަޖިލިސް މެމްބަރެއް މެދުވެރިވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އެބޭފުޅުން ރަސްމީކޮށް ހުޅުއްވައިދެއްވިފަހުން އަޅުގަނޑު ހަމަ ހިތަށް އަރާ މިހާރު އައިޖީއެމްއެޗަށް ޚިދުމަތް ހޯދުމަށްދާ ކޮން ދިވެހި ރައްޔިތަކަށް ބާއޭ އިތުރު ލުޔެއް ލިބުނީ. އިތުރު ފަސޭހަކަމާއެކު މިސާލަކަށް ކޮޓަރިއެއް ހަމަޖެހިގެން ދަނީ ކާކަށްތޯއޭ. ރައްޔިތުން މަޖިލީހުގެ މެމްބަރަކަށް ނުގުޅާ މިހާރު އައިޖީއެމްއެޗްގެ ކޮޓަރިއެއް ހޯދުން ލާހިކެއް ނޫން އެނގޭތޯ. މީގެ ކުރިން ކަންކަން ބައްޓަން ކޮށްފައި އޮންނަ ގޮތަކީ ކިއު ސިސްޓަމެއް އޮވޭ. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ކިޔުގެ ކޮން ހިސާބެއްގައި އެމީހާ ހުރީ އެނގޭ.އެހެންނަމަވެސް މިހުރިހާ ކަމެއް ވަންހަނާ ކުރި ކުރީނުން ގޮސް ރައްޔިތުން މަޖިލީހުގެ މެމްބަރެއް މެދުވެރިކޮށް މެނުވީ އައިޖީއެމްއެޗްގެ ކޮޓަރިއެއް ވެސް ހޯދޭ ކަމަކަށް ނުވޭ އަދި ޚިދުމަތެއް ވެސް ފަސޭހައިން ލިބޭ ކަމަކަށް ނުވޭ.
ގަލޮޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މިސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައަށް އިޝާރާތް ކުރައްވައި މެންބަރު މީކާއިލް ވިދާޅުވީ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްގެން ފަރުވާ ހޯދާ ޕޭޝަންޓުންނަށް ދޭ ބޭސް މިފަހުން ހުސްވި ކަމަށާއި، އެ މައުލޫމާތުތައް ހާމަ ކުރުމަށް ސިއްހީ ޚިދުމަތްތެރިންނަށް ސަރުކާރުން މަނާ ކުރި ކަމަށެވެ. އަދި ދިމާވާ ދަތިތަކާއި އުދަނގޫތަކުގެ ވާހަކަތައް ވެސް ދެއްކުން މަނާ ކޮށްފައިވާ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން މެމްބަރު މީކާއިލް ވިދާޅުވީ ސިއްހީ ދާއިރާއަކީ ހުރިހާ ދާއިރާތަކާ އަޅާބަލާއިރު، ތަފާތު ދާއިރާއެއް ކަމަށާއި، އެންމެ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދީ، އެންމެ ރަނގަޅަށް ކަންކަން އިންތިޒާމުތައް ހަމަޖައްސަންޖެހޭ ދާއިރާ ކަމަށެވެ. ނަމަވެސް މިސަރުކާރުން މިދާއިރާ ހަލާކު ކުރަމުންދާ ކަމަށް މެމްބަރު މީކާއިލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް