Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާރާމާރީގެ މައްސަލަތައް

މިހާރު ހިންގަމުންދާ މާރާމާރީ ތަކުގައި ތުހުމަތުކުރެވޭ މީހަކު އެއަރޕޯޓުން ހައްޔަރުކޮށްފި

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުވައްމުލައް، ހުސެއިން އަރީޝް

އަމްނާ އިމާދު
އަމްނާ އިމާދު | 13 ފެބުރުއަރީ 2025 | ބުރާސްފަތި 07:14
މިހާރު ހިންގަމުންދާ މާރާމާރީ ތަކާއި ގުޅިގެން އެއާޕޯޓުން ހައްޔަރުކުރި ހުސެއިން އަރީޝް

މިހާރު ހިންގަމުންދާ މާރާމާރީ ތަކާއި ގުޅިގެން އެއާޕޯޓުން ހައްޔަރުކުރި ހުސެއިން އަރީޝް

މިހާރު ހިންގަމުންދާ މާރާމާރީތަކުގެ ތުހުމަތުކުރެވޭ އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހައްޔަރުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބުނީ މިހާރު ހިންގަމުންދާ މާރާމާރީތަކުގެ ތުހުމަތުކުރެވޭ އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު އެއަރޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޏ.ފުވައްމުލައް، ދިގުވާނޑު، ބަނަފްސާގެ، 31 އަހަރުގެ ހުސެއިން އަރީޝް އެވެ.

މީގެ އިތުރުން ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނަގާފައިވަނިކޮށް މެލޭޝިޔާއަށް ފުރައިގެން ދިއުމުން މެލޭޝިޔާއަށް ވަނުން ހުއްޓުވައި އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށްފަހު ކަމަށެވެ.

އޭނާއަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލައާއި، ތޫނު ހަތިޔާރު ގެންގުޅެ، މީހުންނަށް ހަމާލީ މާރާމާރީ ހިންގާކަމުގެ ކުށުގެ ރިކޯޑު އޮވެއެވެ.

މިމައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ގެންދާއިރު، ގޭންގުތަކުގެ މާރާމާރީގެ މައްސަލަތައް މާލެސިޓީގައި ވަނީ އިތުވެގެން ގޮސްފައެވެ. މި މާރާމާރީތަކުގައި 18 އަހަރުނުވާ ކުޑަ ކުދިން ވެސް ބައިވެރިވަމުންދާކަން ފާހަގަކުރެވެއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު