Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސިޓީ ކައުންސިލް ޤުރުއާން މުބާރާތް

ޤުރުއާނަކީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް އިރުޝާދާއި އަލިކަން ގެނެސްދޭ ވަސީލަތެއް: މޭޔަރު އާޒިމް

ފެށިގެން މި ދިޔައީ ވަރަށް މަތިވެރި، އަދި ބަރަކާތުގެ ފެށުމެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2025 | ހޯމަ 14:31
މާލެ ސިޓީ ކައުންސިލް މޭޔަރ އާދަމް އާޒިމް، އެ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ވާހަކަ ދައްކަވަނީ

މާލެ ސިޓީ ކައުންސިލް މޭޔަރ އާދަމް އާޒިމް، އެ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ވާހަކަ ދައްކަވަނީ

ކީރިތި ޤުރުއާނަކީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް އިރުޝާދާއި އަލިކަން ގެނެސްދޭ ވަސީލަތެއްކަމަށް މާލޭ ސީޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ޤުރުއާން އަދި މަދަހަ މުބާރާތް 1446 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތު ފެށުމުގެ ގޮތުން ޤުރުއާން މުބާރާތެއް ބޭއްވުމުގެ މުހިންމު ކަމާއި އެ މުބާރާތުގެ މަޤުސަދުގެ މައްޗަށް އަލި އަޅުއްވާލައްވާ އާޒިމް ވިދާޅުވީ މިއަދު ފެށިގެން މި ދިޔައީ ވަރަށް މަތިވެރި، އަދި ބަރަކާތުގެ ފެށުމެއް ކަމަށާއި އެގޮތުން މި ފެށިގެން ދިޔައީ ކީރިތި ޤުރުއާނުގެ މައްސަރަުކަމުގައިވާ ބަރަކާތްތެރި ރަމަޟާން މައްސަރު ހެޔޮގޮތުގައި ދިރުވައި އިހުޔާކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.

އާޒިމް ވިދާޅުވީ ކީރިތި ޤުރުއާނަކީ ކޮންމެހެންވެސް ކިޔަވަންޖެހޭ، އަދި އެ ކިޔެވުމުން ގިނަގުނަ ސަވާބާއި ދަރުމައިގެ އިތުރުން ދުނިޔެވީ އަދި އުޚުރަވީ ބޮޑެތި ފައިދާތަކެއް ވެސް ލިބިދޭ ކަމެއް ކަމަށެވެ. އަދި އެ ޤުރުއާނާއި އަޅުގަނޑުމެންނޤާއި ދެމެދު ރަނގަޅު ގުޅުމެއް އުފެދިގެން ދާނީ ހަމަ ކޮންމެ ދުވަހަކުވެސް އެ ޤުރުއާނުން ކޮންމެވެސް މިންވަރެއް ކިޔަވާލެވިގެން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކީރިތި ޤުރުއާނަކީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް އަގުހުރި ބޭނުންތެރި އިރުޝާދާއި އަލިކަން ގެނެސްދޭ އެއްޗެއް ކަމަށާއި އަދި ޤުރުއާނަކީ ދިރިއުޅުމުގައި ކުރިމަތިވާ އެންމެހާ ކާރިސާތަކުން ސަލާމަތްކޮށްދޭނެވެސް މަތިވެރި އެއްޗެއް ކަމަށެވެ.

ކުޑަކުދިންނާއި ޒުވާނުންނަށް ވެސް ޤުރުއާން ކިޔެވުމުގެ މުހިންމުކަން ފާހަގަކުރައްވާ އާޒިން ވިދާޅުވީ ޤުރުއާނަކީ މަތިވެރި ޝިފާއެއް ކަމަށާއި އެގޮތުން ބަލިތަކަށް ޝިފާ ލިބުން ވެސް އަދި ދުލަހެޔޮ ކަމަށް ވެސް ކީރިތި ޤުރުއާން ކިޔެވުމަކީ ކުރަން ޖެހޭކަމެއް ކަމަށެވެ.

އާޒިމް ވިދާޅުވީ ޤުރުއާނުން ޝިފާ ލިބޭނީ އެ ޤުރުއާން އިޚްލާޞްތެރިކަމާއި ހެޔޮހިތުން ކިޔެވުމުން ކަމަށެެވެ. އަދި އިސްލާމް ދީނަކީ މާތް ﷲ ލައްވާފައި އޮތް އެންމެ ހެޔޮ އުންމަތް ކަމަށާއި އެހެން ކަމުން ކީރިތި ޤުރުއާން ބާވައިލައްވާފައި ވަނީ އެންމެ މުހިންމު ދުސްތޫރައިގެ އޮތުގައާއި އަދި ހިދާޔަތުގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކީރިތި ޤުރުއާން އުގަންނަވައި ދެއްވުމަކީ ޒަމާނުއްސުރެ، ދިވެހި މި ގައުމުގައި ވަރަށް އިސްކަމެއް ދީގެން ކުރަމުން ގެންދާ ކަމެއް ކަމަށެވެ. އަދި ޒަމާނުއްސުރެ ދެނަމާދުގެ ދޭތެރޭގައި ކީރިތި ޤުރުއާން ކިޔެވުމަކީ ދިވެހިންގެ އާދަކާދައިގެ ތެރެއިން ކުރަމުން އައި، އަދި މިއަދު ފަނޑުވެފައިވާ އާދައެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ނަމަވެސް މި އާދައަލުން އަށަގަންނުވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އާޒިމް ވަނީ ޒަމާނުއްސުރެ ދެނަމާދުގެ ދޭތެރޭގައި ދިވެހިން އާދަކާދައިގެ މަތިން ކިޔަވަމުން އައި ޤުރުއާން ކިޔެވުން އަލުން އަނބުރާ ގެނެސްދިނުމަށް ވެސް ގޮވާލައްވާފައެވެ.

އާޒިމް އިތުރަށް ވިދާޅުވީ ޒަމާންތައް ބަދަލުވަމުން އައި ނަމަވެސް ދިވެހިން ޤުރުއާނަށް ދެމުން އަންނަ އަހައްމިޔަތުކަން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން ކަމަށާއި އެގޮތުން ނިމިގެން ދިޔަ އަހަރުގެ ޤުރުއާން މުބާރާތުގައި 600 އަށްވުރެ ގުނަ ކުދިން ބައިވެރިވެފައިވާއިރު، މަދަހަ މުބާރާތުގައި 350 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިކަމަށެވެ. އެހެން ކަމުން މިކަމުން ވެސް ދައްކުވައިދެނީ ޤުރުއާނަށް ބެލެނިވެރިންނާއި ދަރިވަރުން ދެމުން އަންނަ އަހައްމިޔަތުކަން ކަމަށް އާޒިމް ވިދާޅުވިއެވެ.

ރަމަޟާން މަހާއި ދިމާކޮށް ކޮންމެ އަހަރަުވެސް ސިޓީ ކައުންސިލުން ސިލްސިލާކޮށް ބާއްވަމުން އަންނަ ޤުރުއާން މުބާރާތުގެ ތެރެއިން މިއަަހަރުގެ މުބާރާތުގައި ޖުމުލަ 670 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި މި އަހަރުގެ މަދަހަ މުބާރާތުގައި 322 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މާލޭ ސިޓީ ކައުންސިލްކީރިތި ޤުރުއާނުގެ މޫރިތި މަސްމާލޭގެ މޭޔަރ އާދަމް އާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު