Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިހަވަންދޫ ހޮސްޕިޓަލް

ބަޔަކަށް ހަވާލު ކޮށްފައި އޮތް އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް އާރުޑީސީ އަށް ހަވާލު ކުރުމުން އެންމެ ފަހުން ކޯޓަށް

އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން 17 ޖެނުއަރީ 2023 ގައި ދިވެހި ސަރުކާރުން ވަނީ ޑްޕްލެކްސް ޕަރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި

ރާއްޖެ އެމްވީ | 30 ޖެނުއަރީ 2025 | ބުރާސްފަތި 17:25
29 ޖެނުއަރީ 2025 - އިހަވަންދޫ ގައި ހޮސްޕިޓަލެއް އެޅުމަށް ހެލްތް މިނިސްޓަރ ނާޒިމް އާއި އާރުޑީސީގެ އެމްޑީ ޒުހެއިރު ސޮއިކުރައްވަނީ

29 ޖެނުއަރީ 2025 - އިހަވަންދޫ ގައި ހޮސްޕިޓަލެއް އެޅުމަށް ހެލްތް މިނިސްޓަރ ނާޒިމް އާއި އާރުޑީސީގެ އެމްޑީ ޒުހެއިރު ސޮއިކުރައްވަނީ

އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން ދިވެހި ސަރުކާރުން ކުރިން ހަވާލު ކުރި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލު ނުކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެ މަސައްކަތް ހަވާލު ކުރި މައްސަލައިގައި ކޯޓަށް ދިއުމަށް ނިންމައިފިއެވެ.

އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން 17 ޖެނުއަރީ 2023 ގައި ދިވެހި ސަރުކާރުން ވަނީ ޑްޕްލެކްސް ޕަރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Advertisement - newsAdvertisement

މި އެއްބަސްވުން ދެމި އޮއްވާ، ރައީސް މުހައްމަދު މުއިއްޒު އިހަވަންދޫ އަށް ބުދަ ދުވަހު ވަޑައިގެން އައު އެއްބަސްމުގައި ސަރުކާރުން ސޮއިކުރީ އިހަވަންދޫގެ ރައްޔިތުންނާ މުއިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

އިހަވަންދޫ ގައި ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާޙިމްއެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރުއެވެ.

ޑްޕްލެކްސް ކުންފުނީގެ އިސް ވެރިއަކު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އާރުޑީސީއާ އެކު އެއްބަސްވުމެއްގައި ސޮއި ކުރިކަން އެނގުނީ މީޑިއާ އިން ކަމަށާއި، އެ ކުންފުންޏަށް ހަވާލު ކުރި މަސައްކަތް މަޑު ޖެހިފައި އޮތީ މި ސަރުކާރުން މަސައްކަތް މަޑުޖައްސާލަން އެންގުމުން ކަމުގައެވެ.

ޑްޕްލެކްސް ގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، އެ ކުންފުނިން ހޮސްޕިޓަލުގެ މަސައްކަތް ކުރުމަށް ބިން ސާފުކޮށް، އެ ބިމުގައި ހުރި ރުއްތައް އެހެން ސަރަހައްދަކަށް ބަދަލު ކޮށް، ފައުންޑޭޝަން އަޅަން ކާނު ކޮނެ އަދި ފައުންޑޭޝަން އަށް ބޭނުންވާ ސާމާނުވެސް ވާނީ އިހަވަންދޫ އަށް ގެންގޮސްފައިވާ ކަމަށެވެ.  

"އަޅުގަނޑުމެންނަށް އަންގާފައެއް ނެތް އެއްބަސްވުން ބާތިލު ކުރި ކަމެއް، ދެން މައްސަލަ ހައްލު ކުރަން ކޯޓަށް ދާން ކުންފުނިން ނިންމާ، ލިޔެކިޔުން ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް މިހާރު ދަނީ؛" ޑްޕްލެކްސް ގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު ވިދާޅުވިއެވެ.

ބުދަ ދުވަހު އިހަވަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ހޮސްޕިޓަލް މަޝްރޫއަކީ ސިއްޙީ ދާއިރާ އިން އެމަނިކުފާނު ކުރިއަށްގެންދަން ވަޢުދުވީ އެންމެ މުހިންމު މަޝްރޫޢު ކަމަށާއި، އާރުޑީސީ އާއެކީ ސޮއިކުރެވިގެން މިދިޔަ މަޝްރޫޢު، ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް، ނިންމައިދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އިހަވަންދޫ ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ހއ.އިހަވަންދޫއިހަވަންދޫ ހޮސްޕިޓަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް، އިހަވަންދޫގެ މަލްޓިޕަރސަސް ހޯލާއި ފެނަކަ އޮފީހުގެ އިތުރުން ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވައިފި

ރައީސް، އިހަވަންދޫގެ މަލްޓިޕަރސަސް ހޯލާއި ފެނަކަ އޮފީހުގެ އިތުރުން ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވައިފި

19 ޖުލައި 2023
އިހަވަންދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއްވެއްޖެ

އިހަވަންދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއްވެއްޖެ

02 ސެޕްޓެމްބަރު 2022
އިހަވަންދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތާއި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލާއިފި

އިހަވަންދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތާއި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލާއިފި

09 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު