Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިހަވަންދޫގައި ހިނގި އަލިފާނުގެ ހާދިސާ

އިހަވަންދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއްވެއްޖެ

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހއ.އިހަވަންދޫ ނަލަ އައްސޭރި ގޭގައި

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 2 ސެޕްޓެމްބަރު 2022 | ހުކުރު 16:20
ިއިހަވަންދޫގައި ހިނގި އަލިފާނުގެ ހާދިސާ

ިއިހަވަންދޫގައި ހިނގި އަލިފާނުގެ ހާދިސާ

ހއ.އިހަވަންދޫ ނަލަ އައްސޭރި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ބޮޑެތި ގެއްލުންތަކެއް ލިބި އެގެ ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ޞަބާހު ވިދާޅުވީ މިއަދު މެނދުރު 11.45 ހާއިރު ހިނގި އަލިފާނުގެ މިހާދިސާ ހިނގާފައިވަނީ އެގޭގައި ހަދާފައިވާ ތިން ކޮޓަރީގެ ތެރެއިން އެގެ މީހުން ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކޮޓަރީގައި ކަމަށެވެ. މިކޮޓަރީގައި ހުރީ ލަނކުޑިފަދަ ތަކެތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައި ވަނީ މެންދުރުފަހު އެކެއްޖަހާ އެހާކަން ހާއިރުކަމަށް އޭނާ ވިދާޅުވިއެވެ.

މިގޭގައި ތިން ކޮޓަރި ހުންނައިރު މީގެ ތެރެއިން މީހުން ދިރިއުޅެނީ އެއްކޮޓަރީގައި ކަމަށާއި މިހާދިސާ ހިނގިއިރު އެކޮޓަރީގައި މީހުން ތިބި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ކައުންސިލުން ވަނީީ ގެއްލުން ލިބުނު ގޭގެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ފުލުހުންނާއި ގުޅިގެން ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް، މި ތަނަށް ލިބުނު ގެއްލުމުގެ މައުލޫމާތު ފޮނުއްވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ހއ.އިހަވަންދޫ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2025

ބަޔަކަށް ހަވާލު ކޮށްފައި އޮތް އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް އާރުޑީސީ އަށް ހަވާލު ކުރުމުން އެންމެ ފަހުން ކޯޓަށް

30 ޖެނުއަރީ 2025
ބަޔަކަށް ހަވާލު ކޮށްފައި އޮތް އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް އާރުޑީސީ އަށް ހަވާލު ކުރުމުން އެންމެ ފަހުން ކޯޓަށް
19 ޖުލައި 2023

ރައީސް، އިހަވަންދޫގެ މަލްޓިޕަރސަސް ހޯލާއި ފެނަކަ އޮފީހުގެ އިތުރުން ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވައިފި

19 ޖުލައި 2023
ރައީސް، އިހަވަންދޫގެ މަލްޓިޕަރސަސް ހޯލާއި ފެނަކަ އޮފީހުގެ އިތުރުން ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވައިފި
09 ފެބުރުއަރީ 2022

އިހަވަންދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތާއި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލާއިފި

09 ފެބުރުއަރީ 2022
އިހަވަންދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތާއި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލާއިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު