Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދަތިކަން

މި ސަރުކާރުގެ ސިޔާސަތާއެކު ރާއްޖޭގައި ދަތިނުވާ އެއްވެސް ބަޔަކު ނެތް: ފައިސަލް

29 ޖެނުއަރީ 2025 | ބުދަ 18:31

މިސަރުކާރުގެ ބޭފުޅުން ކުރިން ދެއްކެވި ވާހަކަތަކާއި، އަމަލުތަކާ ދިމާނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖެނުއަރީ 2025 | ބުދަ 18:31
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް- ފައިލް ފޮޓޯ

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް- ފައިލް ފޮޓޯ

މިސަރުކާރުގެ ސިޔާސަތާއެކު ރާއްޖޭގައި ދަތިނުވާ އެއްވެސް ބަޔަކު ނެތް ކަމަށާއި، ހުރިހާ ދާއިރާއަކަށް އުނދަގޫ ވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ''ފުދިއްޖެ-ފުނޑިއްޖެ'' އެމްޑީޕީ ކަންމަތީ ޖަލްސާގައި ފައިސަލް ވިދާޅުވީ ރާއްޖޭގެ ހުރިހާ ދިމާލަކުން ފެންނަމުންދަނީ ދަތިކަން ކަމަށާއި، ދަތިނުވާ އެއްވެސް ބައެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މަސްވެރިކަން، ފަތުރުވެރިކަން، ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތައް އަދި އާއްމުކޮށް މަސައްކަތްކުރާ ފަރާތްތަކަށް މިއިން ޒަމާނެއްގައި ނުވާމިންވަރަށް ދަތިވެ، އުދަނގޫވެފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް މިދަތިތަކާއި، އުދަނގުލާ ކުރިމަތިލާންޖެހިފައިވަނީ މިސަރުކާރުގެ ހަރުދަނާކަމެއް ނެތް ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން ފައިސަލް ވަނީ ރައްޔިތުން މަޖިލީހުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވާފައެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެންބަރު އިންތިޚާބު ކުރަނީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމަށް ކަމަށާއި، ނަމަވެސް މިސަރުކާރުން އެ މިނިވަންކަން ވެސް ނިގުޅައިގަނެފައިވާ ކަމަށެވެ.

މިސަރުކާރުގެ ބޭފުޅުން ކުރިން ދެއްކެވި ވާހަކަތަކާއި، އަމަލުތަކާ ދިމާނުވާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ މިހާރު ރައްޔިތުން ރަނގަޅަށް ހޭއަރައި، ރަނގަޅަށް ވިސްނަންވެއްޖެ ކަމަށާއި، މިސަރުކާރުގެ އެއްއަހަރުގެ ތެރޭގައި ލައްކަ ގިނަ ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.

ފައިސަލް ވިދާޅުވީ މި ތަޖުރިބާގެ އަލީގައި، ގައުމާއި، ރައްޔިތުންނާއި، ގާނޫނު އަސާސީގެ ހައްގުގައި އަދި ގާނޫނު އަސާސީ އިތުރަށް ފުޑާލުމަށް ކުރާނެ މަސައްކަތްތައް ހުއްޓުވުމަށް ރައްޔިތުން އެކުވެ ސަރުކާރަށް އަޑު އިއްވުމަށް ނުކުންނަންޖެހޭ ކަމަށެވެ. އަދި މިއަދު އެހާލަތަށް ކަންކަން ގޮސްފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އެހެންކަމުން 31 ޖެނުއަރީގައި އެމްޑީޕީން ބާއްވާ ބޮޑު އެއްވުމުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވުމަށް ފައިސަލް އެދިވަޑައިގެންނެވިއެވެ.

ފައިސަލް ނަސީމްފުދިއްޖެ-ފުނޑިއްޖެ ޖަލްސާއެމްޑީޕީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް