Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ރޯދަމަހަކީ ދިވެހިންނަށް ޚަރަދު ބޮޑު މަހެއް

ކޮންމެ ރޯދަ މަހަކާއި ދިމާކޮށްވެސް، އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގު އުފުލޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 25 މާރިޗު 2022 | ހުކުރު 13:47
ނޯތު ހާބަރު އަދި މާރުކޭޓް ސަރަހައްދު

ނޯތު ހާބަރު އަދި މާރުކޭޓް ސަރަހައްދު

ރޯދަމަހަކީ، އަބަދުވެސް އާންމުން ކާބޯ ތަކެއްޗަށް ކުރަންޖެހޭ ހޭދަތައްވެސް އެހެނިހެން މަސްތަކާއި އަޅާބަލާއިރު އިތުރު މަހެކެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެންދަނީ، ގިނަ ބަޔަކު ކެއިން ބުއިމުގެ އެންމެހައި ކަންކަން ރޯދަމަހުގައި ގޭތެރެއިން ހަމަޖައްސަމުން ދިޔުމާއެކު ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކެވެ.

ރޯދަމަހަށް ޚާއްސަކޮށް އެކި ބާވަތްތަކުން ބަދިގެ ކަބަޑުތައް ފުރާލައެވެ. ރޯދަ ވީއްލުމަށް ސުފުރާމަތި ފުރާލަނީ ނަން ހުސްކޮށެވެ. މިއީ ޒަމާނުއްސުރެ ދިވެހިންގެ އާދައެވެ. ކަށީގައި ހިފާފައި ހުރި ކަމެކެވެ. ރޯދަމަހަށް ޚަރަދު ކުޑަކުރަން ހިތުގައި އޮތް ނަމަވެސް އެކަން ވަނީ އެހެނެއް ނޫނެވެ. ތަކެތީގެ އަގު ކިތަންމެ މައްޗަށް އުފުލިގެން ދިޔަނަމަވެސް ފަރުވާލެއް ނުބަހައްޓައެވެ.

ކޮންމެ ރޯދަ މަހަކާއި ދިމާކޮށްވެސް، އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގު އުފުލެއެވެ. ޚާއްސަކޮށް ރޯދަމަހަށް ބޭނުންވާ، ކަރާ، ކުރުނބާ އަދި މިރުސް ފަދަ ތަކެތި މިއީ ފާހަގަކޮއްލެވޭ ބާވަތްތަކެވެ. މިތަކެތި މާލެ ގެންނަނީ އަތޮޅުތެރޭގެ ރަށްތަކުންނެވެ. ރޯދަ މަހު ބޭނުންވާ ވަރަށް އެތަކެތި ސަޕްލައި ނުކުރެވުމަކީ ތަކެތީގެ އަގު އުފުލުމަށް ދިމާވާ އެއް ސަބަބެވެ.

ރޯދަމަހު ތަކެތީގެ އަގު އުފުލިގެން ދިޔަ ނުދިނުމަށް ސަރުކާރުންވެސް ދުރާލާ ފިޔަވަޅުތައް އަޅައެވެ. އެގޮތުން، ފިޔާ، ބިސްފަދަ އާންމުކޮށް ބޭނުންވާ ތަކެތި އެތެރެކުރުން އިތުރުކުރެއެވެ. އެހެން ނަމަވެސް ރޯދަމަސް ވެގެންދަނީ މި ތަކެތީގެ އަގުވެސް އުފުލޭ މަހަކަށެވެ.

އެހެންކަމުން، ރޯދަ މަހު އިސްރާފުކުރުން މަދުކޮށް، ޚަރަދުތައް ކުޑަކޮށް، ފަހަށް ރައްކާކޮށް، ދުރާލާ ރޯދައަށް ތައްޔާރުވުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.

ރޯދަރަމަޟާން 1443

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2025

ކޮންމެ ދުވަހަކު އިނާމު ލިބޭ ގޮތަށް، ރެފްކޫލުން ރޯދަ ސޭލް ފަށައިގެން ކުރިއަށް

28 ޖެނުއަރީ 2025
ކޮންމެ ދުވަހަކު އިނާމު ލިބޭ ގޮތަށް، ރެފްކޫލުން ރޯދަ ސޭލް ފަށައިގެން ކުރިއަށް
27 ޖެނުއަރީ 2025

ރޯދަ ހަދިޔާ ހިފައިގެން ދިޔަ "ލިއޯ ވިންގް" ދޯނި ފަރަށް އަރައިފި

27 ޖެނުއަރީ 2025
ރޯދަ ހަދިޔާ ހިފައިގެން ދިޔަ "ލިއޯ ވިންގް" ދޯނި ފަރަށް އަރައިފި
13 މާރިޗު 2024

ފަރުޟު ފަސް ނަމާދުނުކޮށް ހިފާ ރޯދައިގެ ފައިދާއެއް ނެތް

13 މާރިޗު 2024
ފަރުޟު ފަސް ނަމާދުނުކޮށް ހިފާ ރޯދައިގެ ފައިދާއެއް ނެތް
18 މާރިޗު 2023

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރީ ކޮންކަމެއް؟

18 މާރިޗު 2023
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރީ ކޮންކަމެއް؟
15 މާރިޗު 2023

ރަމަޟާން މަހުގެ އިނާޔަތް ބޮޑުކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

15 މާރިޗު 2023
ރަމަޟާން މަހުގެ އިނާޔަތް ބޮޑުކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
23 ފެބުރުއަރީ 2023

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

23 ފެބުރުއަރީ 2023
ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ
28 އެޕްރީލު 2022

އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ

28 އެޕްރީލު 2022
އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ
28 އެޕްރީލު 2022

މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން

28 އެޕްރީލު 2022
މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން
28 އެޕްރީލު 2022

ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ

28 އެޕްރީލު 2022
ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ
28 އެޕްރީލު 2022

ބުދަ ދުވަހުގެ ނިޔަލަށް 1323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކައިފި

28 އެޕްރީލު 2022
ބުދަ ދުވަހުގެ ނިޔަލަށް 1323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު