Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓްރީ

ސަސްޕެންޑު ކުރި ނިހާދަށް މާލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން ދީފި

27 ޖެނުއަރީ 2025 | ހޯމަ 08:42

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ނިހާދު އައްޔަން ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖެނުއަރީ 2025 | ހޯމަ 08:42
ޕީއެންސީގެ ޖަލްސާއެއްގައި ނިހާދު

ޕީއެންސީގެ ޖަލްސާއެއްގައި ނިހާދު

މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ސަސްޕެންޑު ކުރި މުޙައްމަދު ނިހާދަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ސްޓޭޓް މިނިސްޓަރުގެ މަޤާމު ސަރުކާރުން ދީފި އެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ނިހާދު ސަސްޕެންޑު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. އެއީ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރަސްމީ ހަރުގޭގައި އޮތް ޖަލްސާއެއްގައި ނިހާދު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އެގޮތުން އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވެފައި ވަނީ ރާއްޖެ އަށް ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަންނަ ދުވަހާ ދިމާކޮށް، އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށެވެ. ނިހާދުގެ އެ ވާހަކަތަކާ ގުޅިގެން އޭނާ އަށާއި، ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް، ސަރުކާރުން ވަނީ އޭނާ ސަސްޕެންޑު ކުރަން ނިންމައިފަ އެވެ.

ނިހާދު، ސަސްޕެންޝަންގައި ހުންނަވާތާ އެއް މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިހާރު އޭނާ ވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް އައްޔަން ކުރައްވައިފަ އެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ރާއްޖެ އެމްވީ" އަށް ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ނިހާދު އައްޔަން ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އާދީއްތަ ދުވަހުން ފެށިގެން ނިހާދު އެ މިނިސްޓްރީ އަށް ވަޒީފާ އަށް ނިކުންނަވަން ފަައްޓަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނިހާދު އަކީ ނިމުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފޭދޫ ދާއިރާގެ މެމްބަރުންކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭރު ނިހާދު ހުންނެވީ އެމްޑީޕީގަ އެވެ. ނަމަވެސް، 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އަށް ނާކާމިޔާބުވީ ފަހުން، ނިހާދު ވަނީ ވެރިކަން ކުރާ ޕީއެންސީ އަަށް ސޮއި ކޮށްފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ 13 މެމްބަރަކު ޕީއެންސީ އަށް ބަދަލުވީ ވަގުތުގަ އެވެ.

ފިނޭންސް މިނިސްޓްރީމުހައްމަދު ނިހާދު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
06 ނޮވެމްބަރު 2025

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު
31 އޮކްޓޯބަރު 2025

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް
30 އޮކްޓޯބަރު 2025

ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

30 އޮކްޓޯބަރު 2025
ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ
23 އޮކްޓޯބަރު 2025

ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސް، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައި

23 އޮކްޓޯބަރު 2025
ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސް، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައި
13 އޮކްޓޯބަރު 2025

ވަޒީރުންގެ މަޖިލީހުން ބޭނުން ބަޔަކަށް މަޝްރޫއުތައް ދެވޭގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސްފި

13 އޮކްޓޯބަރު 2025
ވަޒީރުންގެ މަޖިލީހުން ބޭނުން ބަޔަކަށް މަޝްރޫއުތައް ދެވޭގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސްފި
10 އޮކްޓޯބަރު 2025

ށ.ފޭދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުނުތާ 8 މަސް: ސަރުކާރުން ތަކުރާރުކޮށް ތާރީހުތައް ދީގެން ވެސް ކޮންޓްރެކްޓަރަށް ފައިސާ ނުދެވިފައި

10 އޮކްޓޯބަރު 2025
ށ.ފޭދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުނުތާ 8 މަސް: ސަރުކާރުން ތަކުރާރުކޮށް ތާރީހުތައް ދީގެން ވެސް ކޮންޓްރެކްޓަރަށް ފައިސާ ނުދެވިފައި
02 އޮކްޓޯބަރު 2025

މި ނޫނީ ބިލުތަކަށް ފައިސާ ދޭނެ ތާރީޚެއް ނުދޭ ސަރުކާރަކާ ދިމަލެއް ނުވޭ، މި ނާގާބިލު ސަރުކާރުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ ނެތި ހިނގައިދާނެ: ވިޔަފާރިވެރިއެއް

02 އޮކްޓޯބަރު 2025
މި ނޫނީ ބިލުތަކަށް ފައިސާ ދޭނެ ތާރީޚެއް ނުދޭ ސަރުކާރަކާ ދިމަލެއް ނުވޭ، މި ނާގާބިލު ސަރުކާރުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ ނެތި ހިނގައިދާނެ: ވިޔަފާރިވެރިއެއް
26 ސެޕްޓެމްބަރު 2025

ބަޖެޓް ސަރޕްލަސް ކަމަށް ދައްކަނީ ޝާއިއު ކުރާ ރިޕޯޓްތަކުގައި މަކަރު ހަދައިގެން: އަމީރު

26 ސެޕްޓެމްބަރު 2025
ބަޖެޓް ސަރޕްލަސް ކަމަށް ދައްކަނީ ޝާއިއު ކުރާ ރިޕޯޓްތަކުގައި މަކަރު ހަދައިގެން: އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް