Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިނަދޫ ސިޓީ ކައުންސިލުން ވައްކަންކުރުން

މިހާތަނަށް ބެލި ބެލުމުން ތިނަދޫ ސިޓީ ކައުންސިލުން ވައްކަން ކުރި ކަމަށް ނުބެލެވޭ - ފުލުހުން

އޭސީސީން ވަނީ އެ ލިޔެކިޔުންތައް ގެންދިޔައީ އުސޫލުތަކާއި އެއްގޮތަށް ކަމަށް ފާހަގަކޮށް އެ ކޮމިޝަނާއި މެދު ނުރަނގަޅު މައުލޫމާތުތައް ނުފެތުރުމަށް އިލްތިމާސްކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2025 | ހޯމަ 08:20
ތިނަދޫ ސިޓީ ކައުންސިލުން ވައްކަންކުރި ކަމަށް ތުހުމަތުކުރީ ހޯމަ ދުވަހު

ތިނަދޫ ސިޓީ ކައުންސިލުން ވައްކަންކުރި ކަމަށް ތުހުމަތުކުރީ ހޯމަ ދުވަހު

މިހާތަނަށް ބެލި ބެލުމުން ތިނަދޫ ސިޓީ ކައުންސިލުން ވައްކަން ކުރި ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ތިނަދޫ ކައުންސިލުން ބުނެފައި ވަނީ ތިނަދޫ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި އެންޓިކޮރަޕްޝަން (އޭސީސީ)ގެ ނަމުގައި ކައުންސިލް އިދާރާ އަށް އައި ބަޔަކު ވަގަށް ނަގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި މި މައްސަލަ މޯލްޑިވެސް ޕޮލިސް ސާރވިސްއަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ ބަލަމުންދާތީ ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދު ކެނޑިފައިވާކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

އެކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ތިނަދޫ ސިޓީ ކައުންސިލަށް ރާއްޖެއެމްވީން ގުޅުމުން ފޯނަށް ޖަވާބުނުދެއްވާތީ ކައުންސިލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެެވެ. އިތުބާރު ހުރި މަސްދަރަކުން މައުލޫމާތުލިބިފައިވާ ގޮތުގައި އޭސީސީން ވަނީ އާދިއްތަ ދުވަހު ކައުންސިލަށް ވަދެ ބައެއް ތަކެތި ގެންގޮސްފައެވެ.

އޭސީސީން ތިނަދޫ ކައުންސިލަށް ވަދެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހަޅުއްވާފައިވާ މައްސަލަތަކަކާއި ގުޅިގެން ކަމަށް ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެެ.

އެ މައްސަލަ އާއި ގުޅިގެން އާދިއްތަ ދުވަހު އޭސީސީން ތިނަދޫ ސިޓީ ކައުންސިލަށް ދިއުމުން ސިޓީއަކުން، އެ މައްސަލަތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރުން 28 ޖެނުއަރީ (އަންގާރަ) 14:30ގަ އޮންނާނެ ކަމަށް ވަނީ އަންގާފައެވެ. އެހެންނަމަވެސް އޭސީސީން ވަނީ އާދިއްތަ ދުވަހު ތިނަދޫ ސިޓީ ކައުންސިލް ބެލުމަށް ފަހު ބައެއް ލިޔެކިޔުންތައް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭސީސީން ވަނީ އެ ލިޔެކިޔުންތައް ގެންދިޔައީ އުސޫލުތަކާއި އެއްގޮތަށް ކަމަށް ފާހަގަކޮށް އެ ކޮމިޝަނާއި މެދު ނުރަނގަޅު މައުލޫމާތުތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

އޭސީސީން މިކަމާއި ގުޅޭގޮތުން ބުނީ "ތިނަދޫ ސިޓީ ކައުންސިލް" އާއި ގުޅޭގޮތުން އޭސީސީން ތަހުގީގުކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން 26 ޖެނުއަރީ 2025ގައި އެ ކޮމިޝަންގެ ޓީމެއް ތިނަދޫ ސިޓީ ކައުންސިލްގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އެކަންކޮށްފައި ވަނީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. ކޮމިޝަނުން ވަނީ އިޖުރާއަތުތައް ފުރިހަމަކޮށް ކޮމިޝަންގެ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާފައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ތިނަދޫ ސިޓީކައުންސިލުން ވައްކަންކުރިކަމަށް ތުހުމަތުކުރާ މައްސަލަ އެއް އެ އިދާރާ އަށް ހުށަހަޅާފއި ވަނީ ހޯމަ ދުވަހު ކަމަށެވެ. އަދި މިހާތަނަށް އެފަދަ ކަމެއް ފާހަގަ ނުކުރެވޭ ކަމަށާއި މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތިނަދޫ ކައުންސިލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މި ސަރުކާރު އައި ފަހުން ވެސް، ތިނަދޫގައި ކުރި ކަމެއް ކޮށްފައި އޮންނާނީ ކައުންސިލުން: މޭޔަރު ސައުދު

މި ސަރުކާރު އައި ފަހުން ވެސް، ތިނަދޫގައި ކުރި ކަމެއް ކޮށްފައި އޮންނާނީ ކައުންސިލުން: މޭޔަރު ސައުދު

09 އޮކްޓޯބަރު 2025
ތިނަދޫ ސިޓީ ކައުންސިލް އިދާރާ ޤާއިމުކުރުމާ ގުޅޭގޮތުން އިދާރާތަކުން ދިން ޚިޔާލުތަކަށް ބިނާކޮށް ލާމަރުކަޒީ ކޮމިޓީން ގޮތެއް ނިންމަނީ

ތިނަދޫ ސިޓީ ކައުންސިލް އިދާރާ ޤާއިމުކުރުމާ ގުޅޭގޮތުން އިދާރާތަކުން ދިން ޚިޔާލުތަކަށް ބިނާކޮށް ލާމަރުކަޒީ ކޮމިޓީން ގޮތެއް ނިންމަނީ

04 ޑިސެމްބަރު 2023
‎ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެސޯސިއޭޓް ޕާޓްނަރ އަކަށް ތިނަދޫ ސްޓޭޑިއަމް‎

‎ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެސޯސިއޭޓް ޕާޓްނަރ އަކަށް ތިނަދޫ ސްޓޭޑިއަމް‎

12 އޯގަސްޓު 2022
ތިނަދޫގައި، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ތިނަދޫގައި، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

12 ޖޫން 2022
ތިނަދޫގެ ސިނާއީ ސަރަހައްދާއެކު، ތޮއްޖެހިފައިހުރި މަސައްކަތްތަކަށް ހައްލުލިބޭނެ: ކައުންސިލް

ތިނަދޫގެ ސިނާއީ ސަރަހައްދާއެކު، ތޮއްޖެހިފައިހުރި މަސައްކަތްތަކަށް ހައްލުލިބޭނެ: ކައުންސިލް

09 ޖެނުއަރީ 2022

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު