Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގދ. ތިނަދޫގެ ތަރައްގީ

ތިނަދޫގެ ސިނާއީ ސަރަހައްދާއެކު، ތޮއްޖެހިފައިހުރި މަސައްކަތްތަކަށް ހައްލުލިބޭނެ: ކައުންސިލް

ތިނަދޫގެ ސިނާއީ ސަރަހައްދު ހިއްކާ ނިމުމާއެކު ހުރިހާ އިންޑަސްޓްރިއަލް މަސައްކަތެއް އެސަރަހައްދަށް ބަދަލުކުރުމަށް ވަނީ ނިންމާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 9 ޖެނުއަރީ 2022 | އާދީއްތަ 14:02
ގދ. ތިނަދޫ

ގދ. ތިނަދޫ

ގދ. ތިނަދޫ ސިނާއީ ސަރަހައްދުގެ ބިން ހިއްކުމުގެ ސަބަބުން އެރަށުގައި ތޮއްޖެހިފައިހުރި މަސައްކަތްތަކަށް ހައްލު ލިބިގެންދާނެކަމަށް ތިނަދޫ ކައުންސިލުން ބުނެފިއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ރާއްޖެއެމްވީއަށް ވިދާޅުވީ، މިވަގުތު ގިނަ މަސައްކަތްތަކެއް އެރަށުގެ ތެރޭގައި ތޮއްޖެހިފައިވާ ކަމަށެވެ. ނަމަވެސް ސިނާއީ ސަރަހައްދު ހިއްކާ ނިމުމާއެކު އެސަރަހައްދަށް މި މަސައްކަތްތައް ބަދަލުކުރާނެކަމަށެވެ. އެހެންކަމުން ރަށުތެރޭގައި މަސައްކަތްތައް ތޮއްޖެހިފައި އޮތުމުގެ މައްސަލައަށް މި ބިމުގެ ސަބަބުން ހައްލު ލިބިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ތިނަދޫގައި ހިއްކާ ސިނާއީ ސަރަހައްދުގައި ކުރާނޭ މަސައްކަތްތަކެއް މިހާތަނަށް ނިންމާފައި ނުވާކަން ފާހަގަކުރައްވައި ސައުދު ވިދާޅުވީ، އެތަނުގައި ކުރާނެ މަސައްކަތްތަކުގެ ޕްލޭންތަކެއް މިހާރު ހަދަމުން އަންނަ ކަމަށެވެ. އަދި އެ ކަންތައްތައް ދިރާސާ ކުރުމަށްފަހު އެތަނުގައި ކުރާނެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.

ގދ. ތިނަދޫ ސިނާއީ ސަރަހައްދުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާދީއްތަ ދުވަހު ވަނީ އެމްޓިސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓްރީން ބުނީ، 219,595 އަކަމީޓަރުގެ ބިން ހިއްކުމާއި، 1336 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، ހުޅަނގު ދެކުނު ފަރާތުގައި 468 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 284 މީޓަރ އެއްގަމު ތޮށި ޖެހުމުގެ އިތުރުން، 1 ކޮންކްރީޓް ބްރިޖް އެޅުން ހިމެނޭ ކަމަށެވެ.

މި ބިން ހިއްކާ ނިމުމާއެކު، ހަދަމުންދާ ޕޯޓް އެތަނަށް ބަދަލުކުރެވި، ސީދާ ބޯޓުތައް އެސަރަހައްދަށް ގާތްކުރެވޭނެކަމަށް ސައުދު ވިދާޅުވިއެވެ. އަދި އެސަރަހައްދުގައި ގުދަންތަކެއް ގާއިމުކޮށް ރަށަށް ގެންދާ މުދާތައް އެސަރަހައްދުގައި ރައްކާކުރެވޭނެ ނިޒާމެއްވެސް ގާއިމުކުރާނެކަމަށް ސައުދު ވިދާޅުވިއެވެ. ތިނަދޫގެ ސިނާއީ ސަރަހައްދު ހިއްކާ ނިމުމާއެކު ހުރިހާ އިންޑަސްޓްރިއަލް މަސައްކަތެއް އެސަރަހައްދަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ ތިނަދޫއަށް ގޯތި ބޭނުންވާ މިންވަރަށް ރަށުގައި ބިން ނެތްކަމަށެވެ. މީގެ ކުރިން 50 ހެކްޓަރުގެ ބިން ހިއްކި ނަމަވެސް އެސަރަހައްދުން ގޯތި ބޭނުންވާ ހުރިހާ ފަރާތްތަކަށް ގޯތި ނުދެވޭނެކަން ފާހަގަކުރައްވައި ސައުދު ވިދާޅުވީ އިތުރު 170 ހެކްޓަރު ބިން އަދި ހިއްކަން ޖެހޭކަމަށެވެ.

ގދ. ތިނަދޫއެމްޓީސީސީތިނަދޫ ކައުންސިލް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު