Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގަލްފް އޮފް މެކްސިކޯ

ގަލްފް އޮފް މެކްސިކޯގެ ނަމަކީ ގަލްފް އޮފް އެމެރިކާ ކަމަށް އެމެރިކާ އިން ކަނޑައަޅައިފި

މާހިރުން ބުނާ ގޮތުގައި، މިގޮތައް ނަން ބަދަލު ކުރިޔަސް ބައިނަލްއަޤްވާމީ ގޮތުން އެކަން ބަލައިގަތުމަކީ އެހާ ގާތް ކަމެއް ނޫނެވެ.

ރާއްޖެ އެމްވީ | 25 ޖެނުއަރީ 2025 | ހޮނިހިރު 13:27
ގަލްފް އޮފް މެކްސިކޯ

ގަލްފް އޮފް މެކްސިކޯ

ގަލްފް އޮފް މެކްސިކޯގެ ނަމަކީ ގަލްފް އޮފް އެމެރިކާ ކަމަށް އެމެރިކާ އިން ކަނޑައަޅާ އިއުލާނު ކޮށްފިއެވެ.

ހޯމަ ދުވަހު ރައީސްކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު ގަޑިއިރުތަކެއްގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ގިނަ އަދަދެއްގެ ވެރިކަމުގެ އަމުރުތަކުގެ ތެރެއިން ގަލްފް އޮފް މެކްސިކޯގެ ނަން ގަލްފް އޮފް އެމެރިކާ އަށް ބަދަލު ކުރުމުގެ އަމުރު ހިމެނެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ގަލްފް އޮފް މެކްސިކޯގެ ނަން ބަދަލު ކުރައްވާނެ ކަމަށް ޓްރަމްޕް ވައުދުވެ ވަޑައިގަތެވެ.

"ރައީސްގެ އިރުޝާދާ އެއްގޮތަށް، މެކްސިކޯ ކަނޑުގެ ރަސްމީ ނަމަކަށް މިހާރު ވާނީ އެމެރިކާ ކަނޑެވެ." އިންޓީރިއަރ ޑިޕާޓްމަންޓުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ގަލްފް އޮފް މެކްސިކޯގެ ނަން ބަދަލު ކުރަން ޓްރަމްޕް އަމުރު ނެރުއްވި ނަމަވެސް، މެކްސިކޯ ކަނޑުގެ ނަން ބަދަލުކުރުމުގެ ބާރެއް ޓްރަމްޕް އަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

"އަޅުގަނޑުމެން ނަން ބަދަލުކުރާނަމެވެ. އެއީ އެތަނާ ގުޅޭ ގިނަ މަސައްކަތް ކުރަނީ އަޅުގަނޑުމެން ކަމަށްވާތީ އެވެ. އެއީ އަޅުގަނޑުމެންގެ ތަނަކަށް ވާތީއެވެ،" ޖަނަވަރީ މަހުގެ ކުރީކޮޅު ބޭއްވުނު ކޮންފަރެންސެއްގައި ޓްރަމްޕް ވިދާޅުވެފައިވެއެވެ.

މެކްސިކޯ ކަނޑަކީ ދުނިޔޭގެ އެންމެ ބޮޑެތި އަދި އެންމެ މުހިންމު ކަނޑުތަކުގެ ތެރެއިން އެއް ކަނޑެވެ. އަދި އެ ސަރަޙައްދުގެ އިޤްތިޞާދުގައި މުހިންމު ދައުރެއް އަދާކުރާ ކަނޑެކެވެ.

ތާރީޚުގެ ތެރެއިން އެ ކަނޑަށް ގިނަ ނަންތަކެއް ކިޔާފައިވެއެވެ.

"ގޯލްފޯ ޑީ މެކްސިކޯ" މި ނަން ފުރަތަމަ ޗާޓުތަކުން ފެނެފައިވަނީ 16 ވަނަ ޤަރުނުގެ މެދުތެރޭގައެވެ. އެއީ ސްޕެއިން އިން މިހާރުގެ ކިއުބާ އާއި، މެކްސިކޯ އާއި، އެމެރިކާގެ ސްޓޭޓުތައް ހިސޯރު ކޮށްގެން އުޅުނު ދުވަސްވަރެވެ.

މާހިރުން ބުނާ ގޮތުގައި، މިގޮތައް ނަން ބަދަލު ކުރިޔަސް ބައިނަލްއަޤްވާމީ ގޮތުން އެކަން ބަލައިގަތުމަކީ އެހާ ގާތް ކަމެއް ނޫނެވެ.

ބައިނަލް އަގްވާމީ ކަނޑުތަކުގެ ނަންތައް ސްޓޭންޑަޑައިޒް ކުރުމުގެ މަސައްކަތް ކުރަނީ އިންޓަރނޭޝަނަލް ހައިޑްރޮގްރެފިކް އޮގަނައިޒޭޝަން އިންނެވެ.

ގަލްފް އޮފް މެކްސިކޯޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު