Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް އިމާރާތްކުރުން

ގަސްކާނާއާއި ކެމިކަލް ސަޕްލައި ކުރާ ކުންފުންޏާއި ހަވާލުކުރި 4 ކައުންސިލެއްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

23 ޖެނުއަރީ 2025 | ބުރާސްފަތި 08:32

ކައުންސިލް އިމާރާތް ހަދާ ހެކްސްޓަރ މައިގަނޑު ގޮތެއްގައި ކުރަނީ 4 ބާވަތެއްގެ ވިޔަފާރިއެއް، އެއީ ކެމިކަލް، ހަކަތަ އިންޑަސްޓްރިއަލް އަދި ކޮންސިއުމަރގެ ހިދުމަތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ޖެނުއަރީ 2025 | ބުރާސްފަތި 08:32
ރ. މަޑުއްވަރީ ކައުންސިލް އައު އިމާރާތުގެ ބިންގާ، މިނިސްޓަރު އަޅުއްވައިދެއްވަނީ

ރ. މަޑުއްވަރީ ކައުންސިލް އައު އިމާރާތުގެ ބިންގާ، މިނިސްޓަރު އަޅުއްވައިދެއްވަނީ

ގަސްކާނާއާއި ކެމިކަލް ސަޕްލައި ކުރާ ކުންފުންޏާއި ހަވާލުކުރި އިންނަމާދޫ، ރަސްމާދޫ, މަޑުއްވަރީ އަދި ކިނޮޅަހުގެ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް ކުރެއްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން 4 ރަށުގެ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރ އާދަމް ޝަރީފް އުމަރުއެވެ.

Advertisement - newsAdvertisement

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ހުރިހައި ރަށެއްގެ ކައުންސިލް އިދާރާގެ، އައު ޢިމާރާތުގެ މަސައްކަތް ކުރަނީ، މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ "ހެކްސްޓަރ ގްލޯބަލް" އިންނެވެ.

މީގެ ތެރެއިން މަޑުއްވަރީގައި އިމާރާތްކުރަނީ 2 ބުރީގެ އިމާރާތެކެވެ. ނަމަވެސް އެ ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ ކުރެހުމެއް، ނިންމާނެ ދުވަހެއް އަދި މަސައްކަތް ހަވާލުކުރި ހެކްސްޓަރގެ އެއްވެސް މީހަކު ރަސްމިއްޔާތުގައި ބައިވެރިވެފައި ނުވެއެވެ. އަދި އެހެން ރަށްރަށުގައި އިމާރާތްކުރާ އިމާރާތުގެ ވެސް އެއްވެސް މައުލޫމާތެއް ފެންނަން ނެތް އިރު މިނިސްޓްރީން ވެސް އެ މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 55 ރަށެއްގެ ކައުންސިލް އިދާރާ އަލުން ޢިމާރާތްކުރުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ "ހެކްސްޓަރ ގްލޯބަލް" އާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް ފެށި، އެ ޢިމާރާތްތަކުގެ ފަސޭހަކަން ކައުންސިލުތަކަށް ކުރިއަށް އޮތް އަހަރުތެރޭ ލިބިގެންދާނެ ކަމަށް އުންމީދު ކުރެވޭކަމަށް ސިޓީސް މިނިސްޓްރީން ބުނެއެވެ. ނަމަވެސް އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރި އަގެއް އަދި ކުންފުނި ނެގި ގޮތެއްވެސް ހާމައެއް ނުކުރެއެވެ.

ހެކްސްޓަރ ގްލޯބަލްއަކީ މެލޭޝިއާގެ ކުންފުންޏެކެވެ. ހެކްސްޓާ ގްލޯބަލް ބެރްހާޑަކީ އެގްރޯކެމިކަލް އަދި ގަސްކާނާގެ އުފެއްދުންތައް އިމްޕޯޓްކޮށް ޑިސްޓްރިބިއުޓް ކުރުމަށް ޚާއްސަ ވިޔަފާރި ކުންފުންޏެކެވެ.

އެ ކުންފުނީގެ ޕްރޮފައިލްގައިވާގޮތުން އެ ކުންފުނިން މައިގަނޑު ގޮތެއްގައި ކުރަނީ 4 ބާވަތެއްގެ ވިޔަފާރިއެކެވެ. އެއީ ކެމިކަލް، ހަކަތަ އިންޑަސްޓްރިއަލް އަދި ކޮންސިއުމަރގެ ހިދުމަތެވެ.

ކެމިކަލްގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަމާއި ގުޅުންހުރި ކެމިކަލް، ޕަބްލިކް ހެލްތް، ހާއްސަ ބާވަތްތަކުގެ ކެމިކަލް، ރިސަރޗް އެންޑް ޑިވަލަޕްމަންޓް، ތެޔޮނަގާ މަސައްކަތަށް ހާއްސަ ކެމިކަލް، ސާފުކުރުން، ޕޮލީމަރ އަދި ލުބރިކަންޓްއެވެ.

މީގެ އިތުރުން ހަކަތައިގެ ތެރޭގައި ހިމެނެނީ ބައޯގޭސް ސިސްޓަމް އުފެއްދުމެވެ. އަދި އިންޑަސްޓްރިއަލްގެ ތެރޭގައި ހިމެނެނީ އިންސާނުންނާއި ނުލާ މެޝިން ބޭނުންކޮށްގެން މަސައްކަތް ކުރެވޭނެ ގޮތަށް ކަންކަން ފަރުމާކުރުމެވެ. އަދި ކޮންސިއުމަރ ބައިގައި ހިމެނެނީ ތާޒާ އަދި ގަނޑުކުރި ޑޫރިއަން މޭވާ ވިއްކުމެވެ.

ކުންފުނީގެ ޕްރޮފައިލްގައި ބުނެފައިވަނީ ހެލެކްސް ހޯލްޑިންގްސް ސީޑީއެން ބީޑީ އަކީ މެލޭޝިއާގައި 13 އޮކްޓޯބަރ 1990 ގައި ޕްރައިވެޓް ލިމިޓެޑް ކުންފުންޏެއްގެ ގޮތުގައި އުފެދިފައިވާ ކުންފުންޏެކެވެ. އޭގެ ފަހުން 11 ޖެނުއަރީ 2007 ގައި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުވެ، 16 ސެޕްޓެމްބަރ 2009 ގައި ބުރްސާ މެލޭޝިއާ ސެކިއުރިޓީޒް ބީއެޗްޑީގެ މައި މާކެޓުގައި ލިސްޓް ކުރުމަށް މަގުފަހިކޮށްދީފައިވާ ކަމަށެވެ. އަދި އެކުންފުންޏަކީ ޕްރިންސިޕަލްކޮށް އިންވެސްޓްމަންޓް ހޯލްޑިންގ ކުންފުންޏެކެވެ.

ހެކްސްޓާ ގްލޯބަލް ގްރޫޕްގެ ކުންފުނިތަކުން 1980 ވަނަ އަހަރު ފެށި ހެލެކްސް (އެމް) ސީޑީއެން ބީއެޗްޑީ އަކީ އެގްރޯކެމިކަލް އަދި ގަސްކާނާގެ އުފެއްދުންތައް އިމްޕޯޓްކޮށް ޑިސްޓްރިބިއުޓް ކުރުމަށް ޚާއްސަ ވިޔަފާރި ކުންފުންޏެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2017

ހައިޕް މީޑިއާއަށް ވެމްކޯގެ މާކެޓިންގ ހަތް މިލިއަން ރުފިޔާއަށް ހަވާލުކުރި މައްސަލަ އޭސީސީއަށް!

17 އޮކްޓޯބަރު 2017
ހައިޕް މީޑިއާއަށް ވެމްކޯގެ މާކެޓިންގ ހަތް މިލިއަން ރުފިޔާއަށް ހަވާލުކުރި މައްސަލަ އޭސީސީއަށް!
13 ސެޕްޓެމްބަރު 2017

ފުލާވަރ ބުކޭ ސަޕްލައިކޮށްދޭނެ ފަރާތެއް ސުޕްރީމް ކޯޓުން ހޯދަނީ

13 ސެޕްޓެމްބަރު 2017
ފުލާވަރ ބުކޭ ސަޕްލައިކޮށްދޭނެ ފަރާތެއް ސުޕްރީމް ކޯޓުން ހޯދަނީ
05 ސެޕްޓެމްބަރު 2017

ރާއްޖެޓީވީއިން ފަށާ ޓެލެތޯންއަށް އެންމެ ފުރަތަމަ ފައިސާގެ އެހީ ހަވާލުކުރި ފަރާތަކީ ސީޕާޓްނާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

05 ސެޕްޓެމްބަރު 2017
ރާއްޖެޓީވީއިން ފަށާ ޓެލެތޯންއަށް އެންމެ ފުރަތަމަ ފައިސާގެ އެހީ ހަވާލުކުރި ފަރާތަކީ ސީޕާޓްނާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
14 މެއި 2017

އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި

14 މެއި 2017
އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި
06 އެޕްރީލު 2017

ޑިމާންޑް ކުރަނީ އިންސާފަށް، ރައީސް ޔާމީން ސަޕްލައިކުރަނީ ބޭ އިންސާފު: އަލީ ހުސެއިން

06 އެޕްރީލު 2017
ޑިމާންޑް ކުރަނީ އިންސާފަށް، ރައީސް ޔާމީން ސަޕްލައިކުރަނީ ބޭ އިންސާފު: އަލީ ހުސެއިން
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
21 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި

21 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް