Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ލެވަކޫސަން ބަލިކޮށް، އެތުލެޓިކޯ ތިން ވަނައިގައި

މޮޅާއެކު އެތުލެޓިކޯ ތިން ވަނަ އަށް ޖެހިލާފައިވާއިރު، މިހާތަނަށް ކުޅެފައިވާ ހަތް މެޗުން އެ ޓީމަށް ލިބެނީ 15 ޕޮއިންޓެވެ. ފަސް މެޗުން އެތުލެޓިކޯ މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖެނުއަރީ 2025 | ބުދަ 04:41
މެޗުގައި ލަނޑު ޖެހުމަށްފަހު އަލްވަރޭޒް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އަލްވަރޭޒް އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާ ލެވަކޫސަނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެތުލެޓިކޯ މެޑްރިޑުން ލީގު ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

އެތުލެޓިކޯ މެޑްރިޑުގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ލެވަކޫސަން އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އެތުލެޓިކޯ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 23 ވަނަ މިނެޓުގައި އެތުލެޓިކޯގެ ޕަބްލޯ ބާރިއޯސް އަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ އެތުލެޓިކޯ ކޮޅަށް ލަނޑު ޖަހައި ލެވަކޫސަނަށް ކުރި ހޯދައިދިނީ ޕިއެރީ ހިކަމްޕީ އެވެ. މެޗުގައި އެތުލެޓިކޯ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އެވެ. އޭގެ ފަހުން މެޗުގެ 76 ވަނަ މިނެޓުގައި ހިކަމްޕީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު، ރަތް ކާޑު ދައްކައިފަ އެވެ. މެޗުގެ ފަހު ވަގުތުގައި އެތުލެޓިކޯ މޮޅުވީ އަލްވަރޭޒް ޖެހި ލަނޑުންނެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އެންހެލް ކޮރެއާ އެވެ.

މޮޅާއެކު އެތުލެޓިކޯ ތިން ވަނަ އަށް ޖެހިލާފައިވާއިރު، މިހާތަނަށް ކުޅެފައިވާ ހަތް މެޗުން އެ ޓީމަށް ލިބެނީ 15 ޕޮއިންޓެވެ. ފަސް މެޗުން އެތުލެޓިކޯ މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު