Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންނާއި ސިފައިންނަށް އޮތް އިތުބާރު

ފެނިގެން ދަނީ ޕީއެންސީގެ ކޮންމެ ވެރިކަމެއްގައި އެމްއެންޑީއެފާއި ފުލުހުންނާއި މެދު އޮންނަ އިތުބާރު ނަގާލާ މަންޒަރު - މީކާއިލް

18 ޖެނުއަރީ 2025 | ހޮނިހިރު 18:25

މި މަހުގެ 31ގައި އެމްޑީޕީން ބާއްވާ އެއްވުމަށް ވީހާވެސް ގިނަ ބަޔަކު ދިއުން މުހިންމުކަމަށް މީކާއިލް ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 ޖެނުއަރީ 2025 | ހޮނިހިރު 18:25
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ފެނިގެން ދަނީ ޕީއެންސީގެ ކޮންމެ ވެރިކަމެއްގައި އެމްއެންޑީއެފާއި ފުލުހުންނާއި މެދު އޮންނަ އިތުބާރު ނަގާލާ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވި ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މީކާއިލް ވިދާޅުވީ ފާއިތުވި 5 އަހަރުގެ ތެރޭގައި ފުލުހުންނާއި ސިފާއިންނަށް އޮތް އިތުބާރު އިތުރުކުރުމަށް ކުރި މަސައްކަތް މި ސަރުކާރުގެ ސަބަބުން ފަހަތަށް ޖެހޭ މަންޒަރު މިހާރު ފެންނަކަމަށެވެ. އެކަން އެގޮތަށް ވާ ސަބަބަކީ ފުލުހުންނާއި ސިފައިންގެ އިތުބާރު ގެއްލޭ ގޮތަށް ސަރުކާރުން އެ އިދާރާތައް މެދުވެރިކޮށް ކަންކަން ކުރުވަމުން ދިއުން ކަމަށް މީކާއިލް ވިދާޅުވިއެވެ. މީކާއިލް ވިދާޅުވި ގޮތުގައި ހޯމް މިނިސްޓަރ އަލީ އިހުސާންގެ އިތުބާރު ނެތްކަމަށް ވެސް ހުށަހަޅަން ޖެހުނު އެއް ސަބަބަކީ އެއީއެވެ.

އެގޮތުން ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު އައިޑެންޓިޓީ ވައްކަން މި ސަރުކާރުން ކުރި އިރު އެކަން ހިނގިތަނުގައި މިނިސްޓަރ އިހުސާން ހުންނެވުމުގެ އިތުރުން އެ މައްސަލަ ބެލުމުގައި ފަހަތަށް ބުރަވާ ގޮތަށް ޢަމަލުކުރަމުންދާ ކަމަށް މީކާއިލް ވަނީ ފާހަގަކުރައްވާފައެވެ. މީކާއިލް އެފަދައިން ވިދާޅުވީ ޑީއެންއާރުގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ވަގަށް ޕީއެންސީ އަށް މެމްބަރުންތަކެއް ވައްދާފައިވާ މައްސަލައިގައެވެ. އަދި ވަކި ބަޔަކަށް ނާޖާއިޒް މަންފާ ލިބޭ ގޮތަށް ރާއްޖޭގެ އެކްސްޕެޓް ސިސްޓަމްގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަކީ ވެސް އިހުސާންގެ އިތުބާރުގެއްލޭ ސަބަބެއް ކަަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ފުލުހުންގެ އިދާރާއިން ތަހުގީގުކުރަމުންދާ މައްސަލަތަކަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވާކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

އެގޮތުން ފުލުހުންގެ އެޗްޑީސީ އާއި މެދު ކުރެވޭ ޚިޔާނާތުގެ ތުހުމަތުތައް ބެލުމުގައި އެ އިދާރާއިން އަމަލުކުރީ ސުވާލު އުފެދޭ ގޮތަށް ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ. މީކާއިލް ވަނީ މިއީ ހަމައެކަނި މި ވެރިކަމުގައި ހިނގާ ކަމެއް ނޫން ކަަމަށާއި މިއީ ޕީއެންސީ އާއި ޕީޕީއެމްގެ ފިކުރާއި ގުޅިފައިވާކަމެއް ކަމަށް ވިދާޅުވެފައެވެ.

މީކާއިލް ވިދާޅުވީ މި ވެރިކަމުގައި ނުރަނގަޅުކޮށް ހިނގާފައިވާ ހުރިހާ ކަމެއް ސީދާ ރައީސްގެ ބެލުމުގެ ދަށުން ހިނގާފައިވާ ކަންކަންކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ނާޖާއިޒް މަންފާ ހޯދުމާއި ތަހުގީގަަށް ހުރަސް އެޅުން ފަދަ އެތައް ކަމެއް މި ސަރުކާރުން ފާޅުކަން ބޮޑު ގޮތެއްގައި ކުރަމުންދާ ކަަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޤާނޫނުއަސާސީގެ ދިފާއުގައި އެމްޑީޕީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ ދޮރުން ދޮރަށް ހަރަކާތްތަކުން ސަރުކާރުގެ މިފަދަ ޢަމަލުތަކާއި މެދު އާއްމުން މާޔޫސްވެފައިވާ މިންވަރު ފެނިގެންދާ ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ އަޑުތައް ސަރުކާރަށް އިއްވުމަށް މި މަހުގެ 31ގައި އެމްޑީޕީން ބާއްވާ އެއްވުމަށް ވީހާވެސް ގިނަ ބަޔަކު ދިއުން މުހިންމުކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް