Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ބްލިންކަން އަކީ މުޖުރިމެއް ކަމަށް ގޮވުމުން ބާރުގެ ބޭނުން ކޮށްގެން ބިޑިއަޅުވައިގެން ނޫސްވެރިއަކު ނެރެފި

"ކުށްވެރިޔާ! ކީއްވެގެންތޯ މަނިކުފާނު ހޭގްގައި ނުހުންނެވީ! ކީއްވެގެންތޯ މަނިކުފާނު ހޭގްގައި ނުހުންނެވީ! ކީއްވެގެންތޯ މަނިކުފާނު ހޭގްގައި ނުހުންނެވީ!" އުރުދުން-ފަލަސްތީނު ދަރިކޮޅަށް ނިސްބަތްވާ ނޫސްވެރިޔާ ހަރުއަޑުން ގޮވަމުން ދިޔައެވެ.

ރާއްޖެ އެމްވީ | 17 ޖެނުއަރީ 2025 | ހުކުރު 11:54
ޖެނުއަރީ 16، 2025- އެމެރިކާގެ ފުލުހުން ބްލިންކެންގެ އެންމެ ފަހުގެ ނޫސްވެރިންގެ ބައްދަލުވުމުން ނޫސްވެރިޔާ ސޭމް ހުސެއިނީ އަނިޔާވެރި ގޮތަކަށް ނެރެނީ

ޖެނުއަރީ 16، 2025- އެމެރިކާގެ ފުލުހުން ބްލިންކެންގެ އެންމެ ފަހުގެ ނޫސްވެރިންގެ ބައްދަލުވުމުން ނޫސްވެރިޔާ ސޭމް ހުސެއިނީ އަނިޔާވެރި ގޮތަކަށް ނެރެނީ

ޣައްޒާ ގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާގައި އެމެރިކާ ބައިވެރިވާކަން ހާމަކޮށް ބްލިންކަން އަކީ މުޖުރިމެއް ކަމަށް ގޮވުމުން ޚާރިޖީ ވަޒީރުގެ ނޫސްވެރިންގެ ބައްދަލުވުމަކުން އެމެރިކާގެ ތަޖުރިބާކާރު ނޫސްވެރިއެއް ކަމުގައިވާ ސޭމް ހުސެއިނީ ފުލުހުން އަނިޔާވެރިކަމާއެކު ގަދަކަމުން ނެރެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ، ވޮޝިންގްޓަންގެ ޚާރިޖީ ސިޔާސަތަށް ދިގު މުއްދަތަކަށް ފާޑުކިޔަމުން އައި މިނިވަން ނޫސްވެރިއެއް ކަމުގައިވާ ހުސެއިނީ، ބިޑި އަޅުވައިގެން ނެރުނީ ޚާރިޖީ ވަޒީރު ކަމުގަައި ބްލިންކަން ބޭއްވެވި އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައެވެ.  

"ކުށްވެރިޔާ! ކީއްވެގެންތޯ މަނިކުފާނު ހޭގްގައި ނުހުންނެވީ،" ހުސެއިނީ ހަރުއަޑުން ގޮވާފައިވެއެވެ. ހޭގް އަކީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު ހުންނަ ތަން ކަމަށް ވެސް ބްލިންކަން އަށް އިޝާރާތްކޮށް ހުސެއިނީ ބުންޏެވެ.

"މަނިކުފާނު މިނިވަން ނޫސްވެރިކަމަކާ މެދު ވާހަކަދައްކަވަނީ!" ހުސެއިނީ ބްލިންކެނަށް އަމާޒުކޮށް ބުންޏެވެ.

ބްލިންކަންގެ ޚާރިޖީ ވަޒީރު ކަމުގެ މަގާމު ހޯމަ ދުވަހު ނިމުމަކަށް އަންނާނެއެވެ. އެއީ އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެފައިވާ ޑޮނަލްޑް ޓްރަމްޕްގެ އައު ސަރުކާރު އެ ދުވަހު ފެށުމަށް ހަމަޖެހިފައިވުމާއެކުގައެވެ.

އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް ބުދަ ދުވަހު ރައީސް ޖޯ ބައިޑެން އިޢުލާންކުރެއްވި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ގެންދެވި މި ނޫސް ކޮންފަރެންސް ގައި ހުސެއިނީ ބުނީ އޭނާ ބްލިންކަން އަށް ސުވާލު މި ކުރަނީ، އޭނާގެ ސުވާލުތަކަށް ބްލިންކަން ޖަވާބު ނުދެއްވާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ބުނެފައި އޮތުމުން ކަމުގައެވެ.

ބްލިންކެން ހުސެއިނީ އަށް ވިދާޅުވަމުން ގެންދެވީ "ޕްރޮސެސްއަށް އިޙްތިރާމްކުރުމަށް" އަދި އޭނާ އަށް ސުވާލުކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.

"އެމްނެސްޓީ އިންޓަރނޭޝަނަލް އިން ފެށިގެން އައިސީޖޭ [އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް] އާ ހަމައަށް އެންމެން ބުނަމުންދަނީ ނަސްލު ނައްތާލުމާއި މުޅިން ނެތިކޮށްލުމުގެ ޢަމަލުތައް އިސްރާއީލުން ހިންގަމުންދާ ކަމަށް، އެކަމަކު މަނިކުފާނު އަޅުގަނޑަށް ތިޔަ އަންގަވަނީ ޕްރޮސެސް އަށް އިޙްތިރާމްކުރުމަށްތޯ؟" ހުސެއިނީ ޖަވާބުގައި ބުނަމުން ދިޔައެވެ.

"ކުށްވެރިޔާ! ކީއްވެގެންތޯ މަނިކުފާނު ހޭގްގައި ނުހުންނެވީ! ކީއްވެގެންތޯ މަނިކުފާނު ހޭގްގައި ނުހުންނެވީ! ކީއްވެގެންތޯ މަނިކުފާނު ހޭގްގައި ނުހުންނެވީ!" އުރުދުން-ފަލަސްތީނު ދަރިކޮޅަށް ނިސްބަތްވާ ނޫސްވެރިޔާ ހަރުއަޑުން ގޮވަމުން ދިޔައެވެ.

ފުލުހުން ވަނީ އޭނާ މާލަމުން ނެރެފައެވެ.

މި ހާދިސާ އަށް ފަހު ހުސެއިނީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި އޭނާ ބުނީ "ސުވާލުތަކެއް ކުރަން މަސައްކަތްކުރި" ކަމަށާއި އޭގެ ފަހުން "ބިޑި އަޅުވައިގެން ނެރުނީ" ކަމަށެވެ.

"ބާރުގެ ބޭނުން މާ ބޮޑަށް ކޮށްފައިވަނީ،" އޭނާ އިތުރަށް ބުނެފައިވެއެވެ.

ހުސެއިނީ ނެރުމުގެ ކުޑައިރުކޮޅެއް ކުރިން، ބްލޫމެންތާލް ކިޔާ ނޫސްވެރިއަކު ވެސް ބްލިންކަންގެ ވާހަކަފުޅުގެ މެދުތެރެއިން "މޭ މަހު އެއްބަސްވުމެއް ހޯދުނު އިރު ކީއްވެގެންތޯ މަނިކުފާނު ބޮންތައް ފޮނުވަމުން ގެންދެވީ؟" ބްލިންކަން އަށް ސުވާލު ކުރިއެވެ.

"ކީއްވެގެންތޯ މަނިކުފާނު އަޅުގަނޑުމެންގެ އަޚުންގެ ގެތައް ޣައްޒާގައި ފުނޑުފުނޑު ކުރަން ދޫކޮށްލެއްވީ؟" ގްރޭޒޯންގެ އެޑިޓަރު ކަމުގައިވާ ބްލޫމެންތާލް ބްލިންކަން އަށް ދެންނެވިއެވެ. ގްރޭޒޯން އަކީ އެމެރިކާގެ ބޭރުގެ ސިޔާސަތުގެ ގިނަ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑުކިޔާ ނޫހެކެވެ. އޭނާވެސް ނޫސް ކޮންފަރެންސުން ނެރުނެވެ.

އެމެރިކާއާއި އެ ގައުމުގެ ހުޅަނގުގެ އެކުވެރިންގެ އެހީތެރިކަމާއެކު، އިސްރާއީލުން ޣައްޒާ ގެ ހަނގުރާމަ އިޢުލާންކުރީ 7 އޮކްޓޯބަރު 2023 ގައެވެ.

އިސްރާއީލުގެ ލޭއޮހޮރުވާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަދުވެގެން 46,788 ފަލަސްތީނު މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 110,450 މީހުން ޒަޚަމްވެފައިވެއެވެ. އަދި އެތައް ހާސް މީހުން ވަނީ ގެއްލިފައެވެ. އަދި އެމީހުން ވާނީ ސުންނާފަތި ކުރި ޢިމާރާތްތަކުގެ ތެރޭގައި މަރުވެފައި ކަމަށް ލަފާކުރެވެއެވެ.

ނޮވެމްބަރު 21 ވަނަ ދުވަހު، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން (އައިސީސީ) އިން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި ކުރީގެ އަސްކަރީ ކަންކަމުގެ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ޣައްޒާ ގައި ހިންގި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކަށް ހައްޔަރު ކުރުމުގެ އަމުރު ނެރެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއޭލާގައި މުޒާހިރީންނާ ދެކޮޅަށް ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރޭ: އދ

ވެނެޒުއޭލާގައި މުޒާހިރީންނާ ދެކޮޅަށް ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރޭ: އދ

08 އޯގަސްޓު 2017
ރިޝްވަތު ހިފިކަމުގެ ދައުވާއަކީ އަސާސެއް ނެތް "ހިޔާލީ ވާހަކަތަކެއް": ބްރެޒިލް ރައީސް

ރިޝްވަތު ހިފިކަމުގެ ދައުވާއަކީ އަސާސެއް ނެތް "ހިޔާލީ ވާހަކަތަކެއް": ބްރެޒިލް ރައީސް

28 ޖޫން 2017
ހަރަމްފުޅަށް ދޭންއުޅުނު ހަމަލާއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް: ޔޫއޭއީ

ހަރަމްފުޅަށް ދޭންއުޅުނު ހަމަލާއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް: ޔޫއޭއީ

24 ޖޫން 2017
ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު

ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު

24 ޖޫން 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން

02 ޖޫން 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު