Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

އަންޗެލޮޓީ ބުނީ އިތުރު ވަގުތުގައި ރެއާލުން ރިއެކްޓު ކުރީ ރަނގަޅަށް ކަމަށް

އަންޗެލޮޓީ ބުނީ ސެލްޓަ ވީގޯ އިން ދެ ލަނޑު ޖެހުމުގައި ބޮޑަށް ފާހަގަވާން ހުރީ ރެއާލަށް ހެދުނު ގޯސްތަކެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2025 | ހޮނިހިރު 05:40
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ކޮޕާ ޑެލް ރޭ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި، ރެއާލް މެޑްރިޑުގެ ކުޅުންތެރިން ރިއެކްޓު ކުރީ ރަނގަޅަށް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-2 އިންނެވެ. މެޗުގައި ރެއާލުން ދެ ލަނޑު ޖަަހައި ކުރި ހޯދާފައި ވަނިކޮށް، ސެލްޓަ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި ރެއާލުން ވަނީ ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

އެ މެޗަށް ފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ މެޗުގެ 70 ވަނަ މިނެޓުގެ ފަހުން ރެއާލަށް ގޯސްތަކެއް ހެދުނު ކަމަށެވެ. އޭގެ ނަތީޖާ އަކަށްވީ، މެޗު ނިމެން ކުޑަތަން ވެފައި ވަނިކޮށް، ސެލްޓަ ވީގޯ އިން ދެ ލަނޑު ޖެހުން ކަަމަށް އަންޗެލޮޓީ ބުންޏެވެ. އެއާއެކު އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނުއިރު، އެ ހާފުގައި ރެއާލުން ރިއެކްޓު ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ ބުނީ ސެލްޓަ ވީގޯ އިން ދެ ލަނޑު ޖެހުމުގައި ބޮޑަށް ފާހަގަވާން ހުރީ ރެއާލަށް ހެދުނު ގޯސްތަކެއް ކަމަށެވެ. އަދި އެއީ އެ ކަހަލަ މެޗުތަކެއްގައި ހަދަން ވާނެ ވަރުގެ ގޯސްތަކެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. ކުރިއަށް އޮތް ތަނުގައި ރެއާލުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ފަރިތަކުރާނެ ކަމަށާއި، އަބަދު ވެސް ބަލަން ވާނީ ގޯހެެއް ނުހަދައި މެޗު ނިންމާލުމަށް ކަމަށް އޭނާ ބުނެފައިވެ އެވެ.

ރެއާލުން ކޮޕާ ޑެލް ރޭގެ ކުއާޓާ ފައިނަލް އިން ފުރުސަތު ހޯދާފައިވާއިރު، އެ ޓީމުން ވަނީ މިހާތަނަށް 20 ފަހަރެއްގެ މަތިން އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

04 މާރިޗު 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު