Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒުގެ ވެރިކަން

"ފެނިގެން ދަނީ އޮޅުވާލާ ރައްޔިތުން ގުނބޯ ހައްދައިގެން ރައީސް މުއިއްޒު މަޤާމްތައް ހޯއްދަވާ މަންޒަރު"

ރައީސް މުއިއްޒުގެ ބަހާއި އަމަލާއި ދިމާނުވާކަމަށް އަހުމަދު އަބްދުﷲ ފާހަގަކުރައްވާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2025 | ބުރާސްފަތި 15:08
"ފުދިއްޖެ، ފުނޑިއްޖެ" ކަވަރޭޖްގައި އަލީ ނިޔާޒް ވާހަކަދައްކަވަނީ

"ފުދިއްޖެ، ފުނޑިއްޖެ" ކަވަރޭޖްގައި އަލީ ނިޔާޒް ވާހަކަދައްކަވަނީ

ފެނިގެން ދަނީ އޮޅުވާލާ ރައްޔިތުން ގުނބޯ ހައްދަވައިގެން ރައީސް މުއިއްޒު މަޤާމްތައް ހޯއްދަވާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

އެނާ އެފަދައިން ވިދާޅުވީ "ފުދިއްޖެ، ފުނޑިއްޖެ" ކަވަރޭޖްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ރައީސް މުއިއްޒު އަށް އާއްމުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. ސަބަބަކީ މަޤާމުތަކަށް ވަޑައިގެން ޢަމަލުކުރައްވާ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގައި ހުރި މައްސަލަތަކަށް ހައްލު ނުލިބި ހުރިކަން ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ މާލޭގެ ކަންކަން ހައްލުކުރުމަށް ނިމިދިޔަ 7 އަހަރު އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށް ނިޔާޒް ވިދާޅުވިއެވެ. އެގޮތުން ހައުސިން މިނިސްޓަރކަމުގައި ހުންނެވި އިރު ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ނިންމުމުގެ ބާރު، ކައުންސިލްގެ އިހްތިޞާސްގެ ދަށުން ނަގާ އެ ކަންކަމުގެ ބާރު ވުޒާރާގެ ދަށަށް މުއިއްޒު ބަދަލުކުރައްވާފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި ހައުސިންގ މިނިސްޓަރަކަށް ހުންނަވައިގެން މުއިއްޒު މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް މުއިއްޒު ކުރައްވާފައިވާ ކަމަށާއި އެކަން ވެސް ރަނގަޅަށް ކުރައްވާފައި ނުވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި އާއްމުން އިތުބާރުކޮށް މާލޭގެ މޭޔަރކަން ހަވާލުކުރުމުން މާލޭގެ ކުރިއެރުމަށް މުއިއްޒު މަސައްކަތްކުރައްވާފައިވާ ނުވާކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގައި ހުރި މައްސަލަތައް ހައްލުކުރަން ހަވާލުކުރުމުން ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވެސް އާއްމުންނަށް އޮޅުވާލާފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ކަވަރޭޖްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވެސް ވަނީ ރައީސް މުއިއްޒުގެ ބަހާއި އަމަލާއި ދިމާނުވާކަމަށް ފާހަގަކުރައްވާ ކަމަށެވެ. އެގޮތުން ވަޒީފާއިން މީހުން ވަކި ނުކުރާނެ ކަމަށް ވިދާޅުވި ވާހަކަ އާއި ގޯއްޗާއި ފްލެޓް ދިން ތަނަކުން ދިން ގޮތަކަށް ދެއްވާނެ ކަމަށް ވިދާޅުވެ ވީ ވައުދު ނުފުއްދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު ރައްޔިތުންގެ ޖީބުތައް ހުސްވެފައިވާ ކަމަށާއި ރައްޔިތުންނަކީ ރައީސް މުއިއްޒުގެ ކުރިމަތީގައި އެއްވެސް ބަޔަކަށް ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ރައްޔިތުންނަށްޓަކާ ވެވަޑައިގެންނެވި އެއްވެސް ވައުދެއް ރައީސް މުއިއްޒު ނުފުއްދަވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން 2024 ވަނަ އަހަރުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓް ހުސްކޮށްލި އިރު އެއްވެސް މަޝްރޫޢު އެއް ނުހިންގޭ ކަމަށް ފާހަގަކުރައްވާ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ދެ ބޭފުޅުން ވަނީ އާއްމުންގެ އަޑު ސަރުކާރަށް އިއްވަންވީ ވަގުތު އައިސް ޖެހިފައިވާ ކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން މި މަހު 31ގައި ބާއްވާ އެއްވުމަށް ވީހާވެސް ގިނަ ބަޔަކު އައުމަށް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ. ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރީ 9 ޖެނުއަރީ 2025ގައެވެ. އިދިކޮޅު މައި ސިޔާސީ ޕާޓީ، އެމްޑީޕީން މަގުމައްޗަށް ނުކުންނަން ފާސްކުރީ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެންނެވެ. މި ބައްދަލުވުމުގައި ރިޔާސަތުން ހުށަހެޅީ 31 ޖެނުއަރީގައި "ގާނޫނުއަސާސީގެ ދިފާއުގައި" މަގުމައްޗަށް ނުކުތުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު