Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

މާޒިޔާގެ އައު ކޯޗަކަށް ސްޕެއިންގެ ލުއިސްމާ

ލުއިސްމާ ވަނީ މީގެ ކުރިން ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާގެ އަދި ރެއާލްގެ މެޑްރިޑުގެ ބައެއް ޕްރޮޖެކްޓުތަކުގަައި ވެސް މަސައްކަތް ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖެނުއަރީ 2025 | ބުދަ 04:54
މާޒިޔާގެ ކޯޗަކަށް ހަމަޖެއްސި ލުއިސްމާ ހެނާންޑޭޒް

މާޒިޔާގެ ކޯޗަކަށް ހަމަޖެއްސި ލުއިސްމާ ހެނާންޑޭޒް

ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗަކަށް، ސްޕެއިންގެ ތަޖުރިބާކާރު ކޯޗު ލުއިސްމާ ހެނާންޑޭޒް ހަމަޖައްސައިފި އެވެ.

އަންގާރަ ދުވަހު މާޒިޔާ އިން ވަނީ، އުމުރުން 52 އަހަރުގެ ލުއިސްމާ އެ ކުލަބުގެ ކޯޗަކަށް ހަމަޖައްސައި، ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. އެކަމަށްޓަަކއި ގަލޮޅު ރަސްމީ ދަނޑުގައި މާޒިޔާ އިން ވަނީ ޚާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.

ލުއިސްމާ ވަނީ މީގެ ކުރިން ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާގެ އަދި ރެއާލްގެ މެޑްރިޑުގެ ބައެއް ޕްރޮޖެކްޓުތަކުގަައި ވެސް މަސައްކަތް ކޮށްފަ އެވެ. އެންމެ ފަހުން ލުއިސްމާ މަސައްކަތް ކޮށްފައި ވަނީ ލިތުއޭނިއާގެ ދެ ވަނަ ޑިވިޝަންގެ ކުލަބެއްގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އުޒްބަކިސްތާން އަދި ކުވެއިތުގެ ކުލަބުތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ލުއިސްމާގެ ކުރިން މާޒިޔާގެ ކޯޗުކަމުގެ މަގާމުގައި ހުރީ ސާބިއާގެ ޑްރަގަން ޑުކަނޯވިޗް އެވެ. މާޒިޔާގެ ކޯޗުކަމާ ޑުކަނޯވިޗް ހަވާލުވީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އޭނާ އާއެކު މާޒިޔާ އިން ހެދި އެއްބަސްވުން ހަމަވުމުން، މާޒިޔާ އިން ވަނީ އެ ޓީމުގެ ކޯޗަކަށް ލުއިސްމާ ހަމަޖައްސައިފަ އެވެ. ލުއިސްމާގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މާޒިޔާގެ ފަރިތަކުރުންތައް ފަށާއިރު، އޭނާގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅޭ ފުރަތަމަ މުބާރާތަށް ވާނީ ފެބްރުވަރީ މަހު ފަށަން ތާވަލްކޮށްފައިވާ ޕްރެޒިޑެންޓްސް ކަޕް މުބާރާތެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
04 އެޕްރީލު 2017

ފަހު ސިކުންތުގައި މާޒިޔާގެ މައްޗަށް ބެންގަލޫރު އެފްސީ ކުރިހޯދައިފި

04 އެޕްރީލު 2017
ފަހު ސިކުންތުގައި މާޒިޔާގެ މައްޗަށް ބެންގަލޫރު އެފްސީ ކުރިހޯދައިފި
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
14 މާރިޗު 2017

އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާގެ ފެށުން ރަނގަޅުކޮށްފި

14 މާރިޗު 2017
އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާގެ ފެށުން ރަނގަޅުކޮށްފި
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު