Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

މައިންޒް ބަލިކޮށް، ލެވަކޫސަން ދެ ވަނައިގައި

މޮޅާއެކު ލެވަކޫސަން ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 17 މެޗުން 38 ޕޮއިންޓާާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖެނުއަރީ 2025 | ބުދަ 04:46
މެޗުގައި ލަނޑު ޖެހުމަށްފަހު ގްރިމާލްޑޯ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ގްރިމާލްޑޯ އުފާ ފާޅު ކުރަނީ

ޖަރުމަނު ލީގުގައި މައިންޒާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަން އިން ލީގު ރޭހުގައި ވިއްދައިފި އެވެ.

ލެވަކޫސަންގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ލެވަކޫސަން އިން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ޖުމުލަ ގޮތެއްގައި ލެވަކޫސަން އިން ރަނގަޅަށް ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ.

މެޗު ފަށައިގެން ކުރީ ކޮޅު ލެވަކޫސަންގެ ޕެޓްރިކް ޝިކް މައިންޒުގެ ގޯލު ކުރި މައްޗަށް ހުރަސްކޮށްދިން ބޯޅަ އެ ޓީމުގެ ޑިފެންޑަރަކު ވަނީ ސަލާމަތްކޮށްފަ އެވެ. އޭގެ ފަހުން ލެވަކޫސަންގެ ފްލޯރިއަން ވާޓްޒް ފޮނުވާލި ބޯޅަ ދިޔައީ، ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ލެވަކޫސަނަށް ލީޑު ނަގައިދިނީ އެލެކްސް ގްރިމާލްޑޯ އެވެ. ލެވަކޫސަނަށް ލިބުނު ހިލޭ ޖެހުމެއްގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މޮޅާއެކު ލެވަކޫސަން ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 17 މެޗުން 38 ޕޮއިންޓާާ އެކު އެވެ. އެއް ވަނައިގައި އޮތް ވާދަވެރި ބަޔާން މިއުނިކަށް 39 ޕޮއިންޓު ލިބެނީ ލެވަކޫސަނަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. މެޗުގެ އަދަދު ހަމަކޮށް، ލީޑު ފުޅާ ކުރުމުގެ ފުރުސަތު ބަޔާނަށް އޮންނާނެ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު