Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ވެރޯނާ ބަލިކޮށް، ނަޕޯލީން އެއް ވަނައިގައި

މޮޅާއެކު ނަޕޯލީ އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 20 މެޗުން 47 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖެނުއަރީ 2025 | ހޯމަ 04:52
މެޗުގައި ލަނޑު ޖެހުމަށްފަހު ނަޕޯލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ނަޕޯލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިޓާލިއަން ލީގުގައި ހެލާސް ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ނަޕޯލީން އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

ނަޕޯލީގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނަޕޯލީން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ނަޕޯލީ އަށް ލީޑު ލިބުނީ ވެރޯނާގެ ގޯލު ކީޕަރު ލޮރެންޒޯ މޮންޓިޕޯ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ފަހުން ވެސް ފުރަތަމަ ހާފުގައި ނަޕޯލީން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ނަޕޯލީގެ ދެ ވަނަ ލަނޑު ޖެހީ އަންދްރޭ ފްރޭންކް ޒަމްބޯ އަގިސާ އެވެ. އޭނާ އެ ލަނޑު ޖެހީ ރޮމެލޫ ލުކާކޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މޮޅާއެކު ނަޕޯލީ އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 20 މެޗުން 47 ޕޮއިންޓާ އެކު އެވެ. ނަޕޯލީ އަށް ވުރެ ދެ މެޗު މަދުން ކުޅެގެން، ދެ ވަނައިގައި އިންޓަރ މިލާން އަށް ލިބެނީ 43 ޕޮއިންޓެވެ. ތިން ވަަނައިގައި އެޓަލަންޓާ އަށް 42 ޕޮއިންޓު ލިބެނީ 19 މެޗުންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު