Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފަރީ އުމްރާ ގްރޫޕްގެ އުމްރާވެރިން

ފަރީ އުމްރާ ގްރޫޕުން 300 އުމްރާވެރިންނާއި އެކު ކުރީ ކާމިޔާބު ދަތުރެއް - "އުމްރާވެރިން ފާހަގަކުރަނީ ދަތުރުގެ ހިތްގައިމުކަމާއި ފުރިހަމަކަން"

މި ގްރޫޕާއި އެކު އުމްރާވުމަކީ ޖުމްލަކޮށް ހިތްގައިމު، އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ގްރޫޕްގެ ފަރާތުން އެހީތެރިކަން ލިބޭ، ކެއިންބުއިމާއި، ހުރުމުގެ އިންތިޒާމްތައް ވެސް ފެންވަރު ރަނގަޅުކޮށް ލިބެން ހުންނާނެ ކަން ޔަޤީންކުރުމަށް އޮތް ފުރުސަތެއްކަން ފާހަގަކޮށްލެވެއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2025 | ހޯމަ 07:19
ފަރީ އުމްރާ ގްރޫޕްގެ އުމްރާވެރިން

ފަރީ އުމްރާ ގްރޫޕްގެ އުމްރާވެރިން

300 އަށް ވުރެ ގިނަ އުމްރާވެރިންނާއި އެކު ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕް އިން މިދިޔަ ޑިސެމްބަރު މަހުގެ އުމްރާ ނިންމާލި އިރު ބައިވެރިން ތިބީ އިންތިޒާމްތަކާއި މެދު އުފަލުން ފޮޅިފައެވެ. މުޅި ދަތުރު ބައިވެރިން ސިފަކުރަނީ އުފާވެރި ހިތްގައިމު ތަޖުރިބާއެއްގެ ގޮތުގައެވެ.

އެގޮތުން، ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕް އިން އުމްރާވި މެދު އުމުރުފުރާގެ ފިރިހެނަކު ބުނީ އޭނާ އަކީ މީގެ ކުރިން ވެސް ތިން އުމްރާ ވެފައިވާ މީހެއް ކަމަށެވެ. އެހެންކަމުން އެ ގްރޫޕާއި އެކު އުމްރާ ދަތުރު ކުރި އިރު އެހެން ގްރޫޕްތަކާއި އެ ގްރޫޕާއި އަޅާކިޔާލުމުގެ ފުރުސަތު ވަރަށް ބޮޑަށް މަގުފަހިވެގެންދިޔަ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން އެ ގްރޫޕްގެ އުމްރާގައި ބައިވެރިވާ އިރު ފުރަތަމަ އުމްރާ އެކަނި ކުރުމަށް ދޫކޮށް ނުލާކަން ފާހަގަވި ކަމަށާއި އުމްރާގެ ހުރިހާ ކަމެއް ކުރަމުން ދިޔައީ ގްރޫޕްގެ އެންމެން އެކުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

Advertisement - businessAdvertisement

އޭނާ ބުނެފައިވާ ގޮތުން ބަލި ހާލަތު ހުންނަ ގޮތުން އަވަހަށް ނުހިނގޭ މީހުންނަށް ވެސް އުމްރާގެ އަޅުކަން އަދާކުރުމަށް ވަރަށް ބޮޑަށް އެހީތެރިކަން ލިބުނެވެ. އެއީ އުމްރާގެ އަޅުކަން އަދާކުރަމުން ދިޔަ އިރު އެއްވެސް ބަޔަކު ބާކީ ނުކުރާކަމުގެ އިހުސާސްކުރުވި ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން އޭނާ ވަނީ ކޮންމެ އުމްރާއެއްގައި ވެސް ގްރޫޕްގެ އޮފިޝަލުން ދޭ ސަމާލުކަން ވަރަށް ބޮޑަށް ފާހަގަވި ކަމަށް ބުނެފައެވެ. ގާތުން އޯގާތެރިކަމާއި އެކު ޚިދުމަތް ދިނުމަށް އެ ގްރޫޕުން ސަމާލުކަން ދިނުމަކީ މުޅި ދަތުރުގެ ތަޖުރިބާ ހިތްގައިމު ވެގެން ދިޔަ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ހުރިހާ ހާޖީންނާއި އެކު އާސާރީ ދީނީ މުހިންމު ތަންތަނަށް ޒިޔާރަތްކުރުމާއި، ޝޭހުންގެ ފަރާތުން އިރުޝާދު ދިނުން ފާހަގަވި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެއީ އުމްރާގެ ތަޖުރިބާ އާއި މެދު އޮންނަ ޔަޤީންކަން އިތުރުވާ ސަބަބެއް ކަމަށް ފާހަގަކޮށް އޭނާ ވަނީ އުމްރާ އަށް މި ގްރޫޕް ޚިޔާރުކުރުމަށް ބާރު އަޅާފައެެވ.

އިތުރު އުމްރާވެރިޔަކު ބުނީ މި ގްރޫޕްގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އުމްރާވެރިން ބެލެހެއްޓުމުގެ އިންތިޒާމް ފުރިހަމަވުން ކަމަށެވެ. އަދި ކެއުމުގެ ކަންކަން ވެސް އިންތިޒާމްކޮށްފައި ވަނީ ދިވެހިންނަށް ކަމުދާނެ ގޮތަކަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ އިތުރަށް ބުނީ ތިބުމާއި ކެއުމުގެ ކަންކަން ވެސް އިންތިޒާމްކޮށްފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ. ދިވެހި ރަހަތަށް ހުރި ތަފާތު ގިނަ ބާވަތްތަކެއް ކެއުމަށް ލިބުމާއި، ތިބޭ ތަން ރީތިވެފައި ސާފުތާހިރުވުމަކީ ލިބުނު އިތުރު ހިތްހަމަޖެހުމެއް ކަަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ އިތުރަށް ބުނީ ހަކުރު ބަލި ފަދަ ދާއިމީ ބޭސްތައް ކާ މީހުންނަށް ވެސް ރަނގަޅު އިންތިޒާމްތަކެއް ކެއިން ބުއިމުގައި ހަމަޖައްސާދީފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ހާޖީން އެކުގައި ހޭދަކުރި ވަގުތުތަކަކީ ވެސް ވަރަށް ހިތްހަމަޖެހޭ ވަގުތުތަކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިތުރު ބައިވެރިއަކު ބުނީ އުމްރާގެ ދަތުރުފަތުރުގެ ކަންކަން ވެސް ދިޔައީ ވަރަށް އަމާން އޮމާންކަމާއި އެކުގަ ކަމަށެވެ. އެހެނިހެން ބައެއް ގްރޫޕްތަކުގެ އުމްރާވެރިން ދަތުރުފަތުރުތައް ލަސްވެ ގަޑި ދެގަޑި އިރު މަޑުކުރަން ޖެހުނު ނަމަވެސް އެފަދަ ކަމެއް މި ގްރޫޕްގެ އުމްރާވެރިންނަށް ދިމާނުވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އިތުރަށް އޭނާ ވަނީ މި ގްރޫޕާއި އެކު އުމްރާވި އިރު ކުރިން ނުފެންނަ އިސްލާމީ ތާރީހުގެ މުހިންމު ތަންތަނާއި، މުހިންމު ތަންތަން ބަލާލެވުނުކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ބަދުރު ހަނގުރާމަ ހިނގި ސަރަހައްދާއި، މުސްހަފް ލިޔާ ފެކްޓްރީ ފަދަ ތަންތަން ފާހަގަކޮށްލެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެކަން ކޮށްދިނީ ހާޖީންގެ އަތުން އުޖޫރައެއް ނެގުމަކާއި ނުލާ، ގްރޫޕްގެ ފަރާތުންކަމަށް ވުމީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިތުރު އުމްރާވެރިއަކު ބުނީ އޭނާ މިހާރު 9 ވަރަކަށް ފަަހަރު އުމްރާވެފައިވާ ކަމަށާއި ތަފާތު ގްރޫޕްތައް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އަޅުކަން ފުރިހަމަކޮށްދިނުމަށް ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕުން ވަރަށް ބޮޑަށް ސަމާލުކަން ދޭކަން ފާހަގަވި ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ބަލި މީހުންނަށް ވެސް ވަރަށް ޚާއްސަ އިސްކަން ދޭ ކަމަށާއި ސިއްހީ އެހީތެރިން އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބޭތީ ވަރަށް ހިތްހަމަޖެހޭ ކަަމަށް އޭނާ ވަނީ ބުނެފައެވެ. އެ ގްރޫޕުން އުމްރާ ކުރާ އިރު ކައިރީގައި ބައިތިއްބައިގެން، އުމްރާ ކުރެވެނީ ރަނގަޅަށްކަން ޔަޤީންކުރާތީ އުމްރާގެ ހުރިހާ ބައިވެރިންވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އުމްރާގެ ތަޖުރިބާ ހިއްސާކުރަމުން އިތުރު މީހަކު ބުނީ ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެ ގްރޫޕަކީ އިޚުލާސްތެރި، އޯގާތެރި ގްރޫޕަަކަށް ވުން ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި މެދު އެ ގްރޫޕުން ޚާއްސަ އަހައްމިޔަތުކަމެއް ދެމުންދާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އާއިލާ އާއި ރަހުމަތްތެރިންނާއި ދުރުގައި އުމްރާގެ އަޅުކަން އަދާކުރާ އިރު ރައްކާތެރިކަމާއި އެކު ހިތްހަމަޖެހޭ ފަދަ މާހައުލެއްގައި އަޅުކަން އަދާކުރަން ފުރުސަތު ފަހިކޮށްދޭން އެ ގްރޫޕުން ޚާއްސަ އިސްކަމެއް ދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން ހުރިހާ އުމްރާ ވެރިންނަށް ބޭނުންވާ ކަންކަން ބުނެދިނުމާއި، އެހީތެރިވުމުގައި ވެސް އެ ގްރޫޕުން ބެހެއްޓީ ވަރަށް ރަހުމަތްތެރި ގާތްކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން އެ ގްރޫޕްގެ ޚިދުމަތާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. އިތުރަށް އޭނާ ބުނިގޮތުގައި ކުރިއަށް އޮތްތަނުގައި އާއިލާ މީހުންނާއި ރަހުމަތްތެރިން ވެސް އުމްރާ ދަތުރެއް ދާކަމަށް ވާނަމަ ޚިޔާރުކުރާނީ ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްއެވެ. ސަބަބަކީ އެ ގްރޫޕުން ހުރިހާ އުމްރާވެރިންނަށް އަޅާލުމަށް ދޭ ސަމާލުކަމާއި، އުމްރާވެރިންނަށް ހިތްހަމަޖެހޭ ޚިދުމަތެއް ލިބޭކަން ޔަޤީންކުރުމަށް ބުރަ މަސައްކަތްތަކެއް ކުރާކަން މި ފަހަރުގެ އުމްރާއިން އޭނާ އަށް ތަޖުރިބާކުރެވުން ކަަމށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން މި އުމްރާ ދަތުރުގައި ބައިވެރިވި ކައިވެނިކޮށްގެން އުޅުނު ދެމަފިރިންގެ ތަޖުރިބާ ވެސް ރާއްޖެއެމްވީ އާއި ވަނީ ހިއްސާކޮށްފައެވެ. ދެމަފިރިން އެކުގައި އުމްރާ އަދާކުރުމަކީ ކައިވެނީގެ ހަޔާތް ބާއްޖަވެރިކުރުމަށާއި އަޅުކަމަށް އެކަކު އަނެކަކަށް ބާރު އެޅުމަށް ވަރަށް ފަހި ފުރުސަތެއްކަން އެ ފަރާތުން ފާހަގަކުރެއެވެ.

އެހެންކަމުން މި ގްރޫޕާއި އެކު އުމްރާވުމަކީ ޖުމްލަކޮށް ހިތްގައިމު، އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ގްރޫޕްގެ ފަރާތުން އެހީތެރިކަން ލިބޭ، ކެއިންބުއިމާއި، ހުރުމުގެ އިންތިޒާމްތައް ވެސް ފެންވަރު ރަނގަޅުކޮށް ލިބެން ހުންނާނެ ކަން ޔަޤީންކުރުމަށް އޮތް ފުރުސަތެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ޔަމަހާގެ ސައިކަލު ތަކުން 3000 ރުފިޔާ އާ ހަމައަށް ޑިސްކައުންޓް

ޔަމަހާގެ ސައިކަލު ތަކުން 3000 ރުފިޔާ އާ ހަމައަށް ޑިސްކައުންޓް

06 ޖުލައި 2019
އޯރކާ މީޑިއާ ގްރޫޕުން ވިޔަފާރިއަށް ޚާއްސަ މަޖައްލާއެއް ޗާޕުކޮށްގެން ނެރެނީ!

އޯރކާ މީޑިއާ ގްރޫޕުން ވިޔަފާރިއަށް ޚާއްސަ މަޖައްލާއެއް ޗާޕުކޮށްގެން ނެރެނީ!

24 ޖޫން 2019
އުމްރާ ދަތުރެއް ލިބޭ ސުވާލު މުބާރާތެއް އެމް7 އިން ފަށައިފި

އުމްރާ ދަތުރެއް ލިބޭ ސުވާލު މުބާރާތެއް އެމް7 އިން ފަށައިފި

07 މެއި 2019
ދިރާގު ރޯޑް ރޭހުގައި 3000 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓްރީވެއްޖެ

ދިރާގު ރޯޑް ރޭހުގައި 3000 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓްރީވެއްޖެ

19 ސެޕްޓެމްބަރު 2018
އީވޯ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް 300،000 ރުފިޔާގެ ބަދިގެ ސާމާނު!

އީވޯ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް 300،000 ރުފިޔާގެ ބަދިގެ ސާމާނު!

18 ޖުލައި 2018

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު