Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއޯރކާ މީޑިއާ

އޯރކާ މީޑިއާ ގްރޫޕުން ވިޔަފާރިއަށް ޚާއްސަ މަޖައްލާއެއް ޗާޕުކޮށްގެން ނެރެނީ!

މިއީ އޮންލައިން ވިޔަފާރި ނޫސްމަޖައްލާއެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 24 ޖޫން 2019 | ހޯމަ 09:12
އޯރކާ މީޑިއާ ގްރޫޕުން ވިޔަފާރިއަށް ޚާއްސަކޮށްގެން ނެރޭ މަޖައްލާ

އޯރކާ މީޑިއާ ގްރޫޕުން ވިޔަފާރިއަށް ޚާއްސަކޮށްގެން ނެރޭ މަޖައްލާ

އޯރކާ މީޑިއާ ގްރޫޕުން ވިޔަފާރިއަށް ޚާއްސަ ކޯޕަރޭޓް މޯލްޑިވްސް މަޖައްލާގެ ފުރަތަމަ ޗާޕު ނެރެން ނިންމައިފިއެވެ.

ކޯޕަރޭޓް މޯލްޑިވްސްއަކީ އޯރކާ މީޑިއާ ގްރޫޕުން 2016 ވަނަ އަހަރު ލޯންޗްކުރި އޮންލައިން ވިޔަފާރި ނޫސްމަޖައްލާއެކެވެ.

މަޖައްލާ އަމާޒުކޮށްފައި ވަނީ ކޯޕަރޭޓް އަދި ހޮސްޕިޓަލިޓީ ދާއިރާގެ ފަރާތްތަކަށެވެ.

އޯރކާ އިން ބުނީ މި މަޖައްލާ ނެރެން ގަސްތުކޮށްފައި ވަނީ ކޮންމެ ހަތަރު މަހުން އެއް މަހުން ކަމަށެވެ. މި މަޖައްލާގެ އެންމެ ފުރަތަމަ ޗާޕު ނެރެން ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި މަހު ކަމަށާއި މަޖައްލާއަކީ ތަފާތު ގިނަ ދާއިރާއަކަށް ބަހާލައިގެން ނެރޭ މަޖައްލާއެއް ކަމަށް ވެސް އޯރކާ އިން ބުންޏެވެ.

މި މަޖައްލާގައި ހިމެނޭ ދާއިރާތަކަކީ؛ ޞިއްޙަތު، ބޭންކިންގް، އިންޝުއަރެންސް، ޓެކްނޮލޮޖީ، ތިމާވެށި، މަސްވެރިކަން، މާކެޓިން،ދަތުރުފަތުރު، ވިޔަފާރިވެރިން، ފިނޭންސް، ރިއަލް އެސްޓޭޓް، ސަރުކާރު، ސީ.އެސް.އާރް، ޓުއަރިޒަމް، އަންހެނުން، ސްޓާޓްއަޕްސް،މީހުން، އޭވިއޭޝަން، ކޮންސިއުމަރ،ވޯރކް ލައިފް އަދި ކާނާ އެވެ.

އޯރކާ މީޑިއާ ގްރޫޕަކީ 2010 ވަނަ އަހަރުން ފެށިގެން މާރކެޓިންގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ.

ނަމަވެސް މި އަހަރުގެ މޭމަހުގެ ތެރޭ މި ކުންފުނި ވަނީ މީޑިއާއަށް ޚާއްސަ ކުންފުންޏަކަށް ބަދަލުވެފައެވެ.

އޯރކާ މީޑިއާ ގްރޫޕުން ބުނީ މި ބަދަލާ އެކު އެ ކުންފުނިން ބޭނުން ވަނީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ޚަބަރުތައް ވެސް ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

އޯރކާ މީޑިއާ ގްރޫޕުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި މީޑިއާގެ ޚިދުމަތް، އިވެންޓް ބޭއްވުން، މާރކެޓިންގެ ޚިދުމަތްތައް، ކޮންޓެންޓް މާރކެޓިންގް، ޕަބްލިޝިންގް، ވެބް ޑިޒައިން، އިޝްތިހާރުކޮށްދިނުން، ބްރޭންޑިންގް، ފޮޓޯ އާއި ވީޑިއޯ ނެގުމުގެ ޚިދުމަތްތައް ހިމެނެއެވެ.

އިތުރަށް ކިޔާލަން

07 މެއި 2018

މީޑިއާ ގޭޓާއި ވީއެފްޕީ ގުޅިގެން އޮންލައިން ޝޮޕިން ޕްލެޓްފޯމެއް ތައާރަފުކޮށްފި

07 މެއި 2018
މީޑިއާ ގޭޓާއި ވީއެފްޕީ ގުޅިގެން އޮންލައިން ޝޮޕިން ޕްލެޓްފޯމެއް ތައާރަފުކޮށްފި
19 އެޕްރީލު 2018

މީޑިއާނެޓްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

19 އެޕްރީލު 2018
މީޑިއާނެޓްގެ ރޯދަ ޕްރޮމޯޝަން ފަށައިފި
10 ޖެނުއަރީ 2018

ލަންކާއަށް ޚާއްސަ ޕެކޭޖްތަކެއް ތަޢާރަފްކޮށްފި

10 ޖެނުއަރީ 2018
ލަންކާއަށް ޚާއްސަ ޕެކޭޖްތަކެއް ތަޢާރަފްކޮށްފި
01 ޑިސެމްބަރު 2017

އުރީދޫ ކަސްޓަމަރުންނަށް އިންޑިއާ އާއި ލަންކާއަށް ގުޅުމަށް ޚާއްސަ ރޭޓެއް

01 ޑިސެމްބަރު 2017
އުރީދޫ ކަސްޓަމަރުންނަށް އިންޑިއާ އާއި ލަންކާއަށް ގުޅުމަށް ޚާއްސަ ރޭޓެއް
23 އޮކްޓޯބަރު 2017

މީޑިއާނެޓް އިން އާ ތިން ޕްރިމިއަމް ޗެނަލް ތައާރަފުކޮށްފި

23 އޮކްޓޯބަރު 2017
މީޑިއާނެޓް އިން އާ ތިން ޕްރިމިއަމް ޗެނަލް ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު