Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ރަޝިޔާ އިން 51،000 ށް ވުރެ ގިނަ ގައިޑެޑް ބޮން ޔޫކްރެއިނަށް އަޅައިފި ކަމަށް އެ ގައުމުން ބުނެފި

9 ޖެނުއަރީ 2025 | ބުރާސްފަތި 18:05

ޔުކްރެއިންގެ އޮފިޝަލުން ބުނާ ގޮތުގައި ފްރަންޓް ލައިނަށާއި، ރަޝިޔާ އާ އިންވެގެން އޮންނަ ސަރަޙައްދުތަކަށް އެންމެ ގިނައިން ހަމަލާ ދެނީ މި ހަތިޔާރު ބޭނުން ކޮށްގެންނެވެ.

ރާއްޖެ އެމްވީ | 9 ޖެނުއަރީ 2025 | ބުރާސްފަތި 18:05
2024 މާރޗް 8 - ރަޝިޔާގެ އެސްޔޫ-34 ބޮން އަޅާ ބޯޓަކުން ހައި ޕްރެސިޝަން ގައިޑެންސް އާއި އެކު އެފްއޭބީ-500 ބޮން ޔޫކްރޭންގެ އަސްކަރީ މަރުކަޒުތަކަށް އަމާޒު ކުރަނީ

2024 މާރޗް 8 - ރަޝިޔާގެ އެސްޔޫ-34 ބޮން އަޅާ ބޯޓަކުން ހައި ޕްރެސިޝަން ގައިޑެންސް އާއި އެކު އެފްއޭބީ-500 ބޮން ޔޫކްރޭންގެ އަސްކަރީ މަރުކަޒުތަކަށް އަމާޒު ކުރަނީ

ރަޝިޔާ އިން ޔުކްރެއިނަށް ފުޅާ ދާއިރާއެއްގައި ހަމަލާދޭން ފެށިތާ ގާތްގަނޑަކަށް ތިން އަހަރު ވެފައިވާއިރު، މިހާތަނަށް 51،000 އަށް ވުރެ ގިނަ ގައިޑެޑް ބޮން ޔޫކްރެއިންނަށް އަޅާފައިވާ ކަމަށް ބުރާސްފަތި ދުވަހު އެ ގައުމުގެ އެއަރ ފޯސްއިން ބުނެފިއެވެ.

ގައިޑެޑް ނުވަތަ ގްލައިޑް ބޮމަކީ ވަރަށް ބޮޑަށް ގެއްލުންދޭ އަދި ހުއްޓުވަން ވަރަށް އުނދަގޫ ބޮމެއް ކަމަށް ޔޫކްރެއިން އިން ބުނެފައިވެއެވެ. ވައިގެ މަގުން ދޫކުރާ މި ނުރައްކާތެރި ހަތިޔާރަކީ އާންމު ގޮތެއްގައި ސޯވިއެޓް ޒަމާނުގެ ހަތިޔާރެއް ކަމަށާއި، އޭގެ ފިޔަގަނޑާއި ސަޓެލައިޓް އެހީގައި ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޮމުގެ ބާވަތެއް ކަމަށް ބުނެފައިވެއެވެ. މި ސިފަތަކުގެ ސަބަބުން ދަތުރުކުރެވޭ ދުރުމިން އިތުރުވެ، ޓާގެޓް ކުރުމަށް ފަސޭހަ ވެގެންދާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ބޮމަކީ ރަޝިޔާ އިން ޔޫކްރެއިނަށް އާންމުގޮތެއްގައި އަޅަމުންދާ ބެލިސްޓިކް އަދި ކްރޫޒް މިސައިލްތަކަށްވުރެ އަގުހެޔޮ އަދި އަދަދުން ގިނަ އެއްޗެއް ކަމަށް ވެސް ޔޫކްރެއިނުން ބުނެއެވެ.

މި ބޮމަށް ލިބިފައިވާ ހަލާކުކުރުމުގެ ބާރުގެ ސަބަބުން، ވަރަށް ބޮޑަށް ހިމާޔަތް ކުރެވިފައިވާ ޔޫކްރެއިންގެ ދިފާޢީ މަރުކަޒުތައްވެސް ހަލާކުކޮށްލާ ކަމަށް ވެއެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން އިރުމަތީ ސަރަޙައްދުތަކުގައި ހުރި ޔޫކްރެއިންގެ މިފަދަ މަރުކަޒުތައް ފާއިތުވި މަސްތަކުގައި މަޑުމަޑުން ވީރާނާވަމުން ގޮސްފައިވެއެވެ.

2024 ވަނަ އަހަރު ރަޝިޔާއިން ޔުކްރެއިނަށް 40،000 އެއްހާ ގައިޑެޑް ބޮން އަޅާފައިވާ ކަމަށް އެއަރ ފޯސްއިން ޓެލެގްރާމް މެސެޖިންގ އެޕްގައި ޝާއިޢުކުރި ބަޔާނެއްގައި ބުނެފައިވެއެވެ.

ޔުކްރެއިންގެ އޮފިޝަލުން ބުނާ ގޮތުގައި ފްރަންޓް ލައިނަށާއި، ރަޝިޔާ އާ އިންވެގެން އޮންނަ ސަރަޙައްދުތަކަށް އެންމެ ގިނައިން ހަމަލާ ދެނީ މި ހަތިޔާރު ބޭނުން ކޮށްގެންނެވެ.

ބުދަ ދުވަހު ރަޝިޔާއިން މިފަދަ ދެ ބޮމެއް އިރުމަތީ ދެކުނު ސަރަޙައްދުގެ ޒަޕޮރީޒިއާ ސިޓީގެ ސަރަޙައްދަކަށް އަޅާފައިވެއެވެ. މިއީ މިއަހަރު މިހާތަނަށް ހިނގި އެންމެ ގިނަ މީހުން މަރުވި ހަމަލާ ކަމަށް ރެކޯޑް ކުރެވިފައިވާއިރު، މި ހަމަލާގައި މަދުވެގެން 13 މީހުން މަރުވެ، 113 މީހުން ޒަޚަމްވެފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ބުނެފައިވެއެވެ.               

ބުރާސްފަތި ދުވަހު ދެކުނުގެ ޚާރްސާން ސިޓީގެ ސަރަޙައްދުތަކަކަށް ގައިޑެޑް ބޮމުގެ ހަމަލާއެއް ދިނުމުގެ ސަބަބުން މަދުވެގެން 6 މީހުން ޒަޚަމްވިއެވެ. 

ޔޫކްރެއިންގެ އޮތޯރިޓީތަކުން ބުނާ ގޮތުގައި ގައިޑެޑް ބޮމުގެ ހަމަލާތައް ހުއްޓުވުމަށް އެންމެ އެކަށީގެންވާ ގޮތަކީ އެ ބޮންތައް އުފުލާ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި އެ ބޯޓުތައް ގްރައުންޑް ކޮށްފައި ހުންނަ އެއަރފީލްޑް ތަކަށް ހަމަލާ ދިނުމެވެ. 

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ

20 ފެބުރުއަރީ 2017
ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ
19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް