Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ވޮލީބޯޅަ މުބާރާތް

ދެ ވަނަ މެޗުގައި ސިޓީ އަތުން ސިފައިން ބަލިވެއްޖެ

މުބާރާތުގައި ސިފައިންގެ ފަހު މެޗުގައި އަންގާރަ ދުވަހުގެ ރޭ ނިކުންނާނީ އެޗްޑީސީއާ ދެކޮޅަށެވެ. ސިޓީގެ ފަހު މެޗުގައި އަންގާރަ ދުވަހުގެ ހަވީރު ނިކުންނާނީ ބްލޫސްއާ ދެކޮޅަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖެނުއަރީ 2025 | އަންގާރަ 06:17
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސިޓީގެ ދްރުވިލް ނަޔަންބާއީ ޕަޓޭލް

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސިޓީގެ ދްރުވިލް ނަޔަންބާއީ ޕަޓޭލް

މިހާރު ކުރިއަށްދާ ޤައުމީ ވޮލީ ބޯޅަ މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބުން ކުޅުނު ދެ ވަނަ މެޗުގައި، ސްޕޯޓްސް ކުލަބު ސިޓީ އަތުން ބަލިވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ސިފައިންގެ ކުލަބު ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ސިޓީން ކާމިޔާބު ކުރީ 25-19، 25-19 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިޓީގެ ބިދޭސީ ކުޅުންތެރިޔާ ދްރުވިލް ނަޔަންބާއީ ޕަޓޭލް އެވެ.

ޤައުމީ މުބާރާތުގައި ސިފައިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބްލޫސް ފޯ ވޮލީބޯލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ސިޓީގެ ފުރަތަމަ މެޗުގައި އެ ޓީމު ވަނީ އެޗްޑީސީ ކުލަބު އަތުން ބަލިވެފަ އެވެ. މުބާރާތުގައި ސިފައިންގެ ފަހު މެޗުގައި އަންގާރަ ދުވަހުގެ ރޭ ނިކުންނާނީ އެޗްޑީސީއާ ދެކޮޅަށެވެ. ސިޓީގެ ފަހު މެޗުގައި އަންގާރަ ދުވަހުގެ ހަވީރު ނިކުންނާނީ ބްލޫސްއާ ދެކޮޅަށެވެ.

މިހާތަނަށް ކޮންމެ ޓީމަކުން ވެސް ދެ މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތީ އެޗްޑީސީ އެވެ. ދެ ވަނައިގައި ސިޓީ އޮތްއިރު، ސިފައިންގެ ކުލަބު އޮތީ ތިން ވަނައިގަ އެވެ. ދެ މެޗުން ވެސް ބަލިވެފައިވާ ބްލޫސް އޮތީ ފުލުގަ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު