Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ވޮލީބޯޅަ މުބާރާތް

ބްލޫސް ބަލިކޮށް، އެޗްޑީސީ އަށް ދެ ވަނަ މޮޅު

މުބާރާތުގައި ދެން އެޗްޑީސީ އަށް އޮންނާނީ އަންގާރަ ދުވަހުގެ ރޭ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން މޮޅުވެ، ސީދާ ފައިނަލްގެ ޖާގަ ހޯދުމުގެ ފުރުސަތު އެޗްޑީސީ އަށް އޮންނާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖެނުއަރީ 2025 | އަންގާރަ 06:19
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އެޗްޑީސީގެ ނިމާލް

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އެޗްޑީސީގެ ނިމާލް

މިހާރު ކުރިއަށްދާ ޤައުމީ ވޮލީ ބޯޅަ މުބާރާތުގައި ބްލޫސް ފޯ ވޮލީބޯލްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، އެޗްޑީސީ ކުލަބުން މުބާރާތުގައި ދެ ވަނަ މޮޅެއް ވެސް ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗު އެޗްޑީސީ ކުލަބުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެޗްޑީސީ ކުލަބުން ކާމިޔާބު ކުރީ 25-21، 25-17 އދި 21-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޗްޑީސީ ކުލަބުގެ އަލީ ނިމާލް އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އެޗްޑީސީ ކުލަބުން ވަނީ ސްޕޯޓްސް ކުލަބު ސިޓީގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ. މިވަގުތު ކުޅުނު ދެ މެޗުން ވެސް މޮޅުވެ، އެޗްޑީސީ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. މުބާރާތުގައި ދެން އެޗްޑީސީ އަށް އޮންނާނީ އަންގާރަ ދުވަހުގެ ރޭ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން މޮޅުވެ، ސީދާ ފައިނަލްގެ ޖާގަ ހޯދުމުގެ ފުރުސަތު އެޗްޑީސީ އަށް އޮންނާނެ އެވެ.

އެޗްޑީސީން ވަނީ މިދިޔަ އަހަރުގެ ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން އެޗްޑީސީން ވަނީ ދާދި ފަހުން ނިމުނު ޤައުމީ ވޮލީ ބޯޅަ ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ. އެ ދެ މުބާރާތް ވެސް އެޗްޑީސީން ކާމިޔާބު ކުރީ ސިފައިންގެ ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު