Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚިޔާނާތް

ކަސްޓަމްސް މުވައްޒަފުން ތަކަކަށް ތުހުމަތު ކުރެވޭ 400 މިލިއަން ގެ މަނީ ލޯންޑަރިން، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ބަލަނީ

6 ޖެނުއަރީ 2025 | ހޯމަ 11:53

މައްސަލަތަކާ ގުޅުން ހުރި ބައެއް ކަންކަން ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީ އަށް ވެސް މިހާރު ވަނީ ހުށަހަޅާފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 6 ޖެނުއަރީ 2025 | ހޯމަ 11:53
ކަސްޓަމްސް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

ކަސްޓަމްސް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް މުވައްޒަފުންތަކެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާ ދައުރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ 20 އޮފިސަރުން ފައިސާ ހޯދާފައި ވަނީ ޑިއުޓީ އޮޅުވާލައިގެންނާއި ކަސްޓަމްސްއިން ދޭ އެހެނިހެން ހިދުމަތްތަކުގެ ތެރެއިންނެވެ.

Advertisement - newsAdvertisement

އެ މައްސަލަ ފުލުހުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ ބަލަމުންނެވެ.

އެގޮތުން އެ މައްސަލަތަކާ ގުޅުން ހުރި ބައެއް ކަންކަން ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީ އަށް ވެސް ހުށަހަޅާފައިވާއިރު، ކޮމިޓީގެ ބައްދަލުވުންތައް ސިއްރުކޮށްގެން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ބައެއް އިސްވެރިންނާ ސުވާލުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިޔާނާތުގެ މި މައްސަލައިގައި ހިމެނޭ ކަސްޓަމްސްގެ 20 އޮފިސަރެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ. އެގޮތުން މި 400 މިލިއަން ރުފިޔާ ދައުރުވެފައިވަނީ 20 މީހެއްގެ އެކައުންޓުގައި ކަމަށާއި ނަމަވެސް ފުލުހުން ތަހުގީގު މިހާތަނަށް ހިންގާފައިވަނީ ތިން ހަތަރު އޮފިސަރެއްގެ މައްޗަށް ކަމަށް މައުލޫމާތު ލިބެ އެވެ.

އެގޮތުން ތުހުމަތު ކުރެވޭ 20 އޮފިސަރުންގެ ތެރެއިން ހަތަރު މީހެއްގެ ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ނޫން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންނާ ރާއްޖެޓީވީން ސުވާލު ކުރުމުން ބުނީ ކަސްޓަމްސް މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިން، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، މިދިޔަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މިފަދަ ބޮޑު ޚިޔާނާތުގެ މައްސަލައެއް ފެންމަތިވެފައިވާއިރު، ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި ކޮރަޕްޝަންގެ ޒައްރެއްގެ މިންވަރު ވެސް ނުބާއްވާނެކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ.

ހޯމް މިނިސްޓަރ އަލީ އިހުސާން މިފަދައިން ވިދާޅުވެފައި ވީނަމަވެސް ޔުނިފޯމް އެޅި މުއައްސަސާތަކާ މެދު އިތުބާރު ކޮށްގެން ބަލަން ތިބެވެން ނެތް ކަމަށާއި 241 ކޮމިޓީން ބަލަމުންދާ މައްސަލަތައް ނިމުމުން، މަސްތުވާތަކެތީގެ މައްސަލަ ފަދަ ކަންކަމުގައި ވެސް ހައްލުތަކެއް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިދިޔަ ޑިސެމްބަރު މަހު ވަނީ ވިދާޅުވެފައެވެ. އަދި ކަސްޓަމްސްގެ އިހުމާލު ވެސް ވަރަށް ބޮޑަށް އޮތް މަންޒަރު ކުރިން ވެސް ފެނިވަޑައިގެންފައިވާ ކަމަށް ވެސް ނާޒިމް އޭރު ވިދާޅުވިއެވެ.

ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ޚިޔާނާތުގެ ބޮޑެތި އެތައް މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް