Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމާލީ ހާލަތު

އަހަރު ނިމުނު އިރު ލިބުނު އެއްޗަކަށް ވުރެ އިތުރަށް 14 ބިލިއަން ސަރުކާރުން ޚަރަދު ކޮށްފި

5 ޖެނުއަރީ 2025 | އާދީއްތަ 09:34

ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، ސަރުކާރަށް މްދަނީގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއެވެ. ޓެކްސްގެ ގޮތުގައި 26 ބިލިއަން ރުފިޔާ ހުސްވި އަހަރު ލިބުނު އިރު އެއީ ޖުމްލަ އާމްދަނީގެ 76 އިންސައްތައެވެ.

ރާއްޖެ އެމްވީ | 5 ޖެނުއަރީ 2025 | އާދީއްތަ 09:34
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ސަރުކާރަށް ލިބުނީ 34 ބިލިއަން ރުފިޔާ ކަމަށާއި އެހެން ނަމަވެސް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 14 ބިލިއަން ޚަރަދު ކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ހާމަ ވެއްޖެއެވެ.

އެމްއެމްއޭގެ ހިސާބުތަކުން އެނގޭ ގޮތުގައި ހުސްވި އަހަރު ސަރުކާރުން ވަނީ 48 ބިލިއަން ޚަރަދު ކޮށްފައެވެ.

ލިބުނު އާމްދަނީ އަށް ވުރެ ބޮޑުތަނުން ޚަރަދު އިތުރުވި އިރު ރަށްރަށުގައި ކުރީ ސަރުކާރުން ފަށާފައި ހުރި ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފައެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓާ ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެވަޑައިގަތުމަށް ފަހުގައެވެ.

ސަރުކާރުން އެތައް ބިލިއަން ރުފިޔާ އެއް، ލިބުނު އާމްދަނީ އަށް ވުރެ އިތުރަށް ޚަރަދު ކުރި އިރު، ދިރިއުޅުގެ އާންމު ހާލަތު ދަށްވެ، ބޭސްފަރުވާ އަށް އާސަންދަ އާއި އެންސްޕާގެ އެހީ ލިބުމުގައިވެސް ބޮޑެތި ދަތިތަކެއް ރައްޔިތުންނަށް ކުރިމަތިވެފައިވާކަން ފާހަގަ ކުރެވެއެވެ.

ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، ސަރުކާރަށް މްދަނީގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއެވެ. ޓެކްސްގެ ގޮތުގައި 26 ބިލިއަން ރުފިޔާ ހުސްވި އަހަރު ލިބުނު އިރު އެއީ ޖުމްލަ އާމްދަނީގެ 76 އިންސައްތައެވެ. އަނެއްކޮޅުން ހިލޭ އެހީ ސަރުކާރާށް ލިބިފައިވަނީ ކުރިން އަންދާޒާ ކުރިވަރަށް ވުރެ ވަރަށް ބޮޑުތަން ކުޑަކޮށްނެވެ. 1.5 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި ނަމަވެސް އަހަރު ނިމުނު އިރު ލިބިފައިވަނީ 658 މިލިއަން ރުފިޔާއެވެ. އެއީ އަންދާޒާ ކުރިވަރަށް ވުރެ 44 އިންސައްތަ ދަށް މިންވަރެކެވެ.

ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ބޮޑުވެ، ތަރައްގީއަށް ކުރާ ހޭދަ ކުޑަކަން ފާހަގަ ކޮށް ސަރުކާރަށް ފާޑުކިޔުން އިތުރުވެފައިވާއިރު، މުސާރައަށާއި ސަރުކާރު ހިންގަން ކުރާ ޚަރަދުތަކަށް އެންމެ ބޮޑު އެއްޗެއް ހޭދަކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ.

މުޅި ޚަރަދުގެ 70 އިންސައްތަ ހޭދަ ކޮށްފައިވަނީ މުސާރަ އަށާއި ހިންގުމުގެ ޚަރަދުގެ ގޮތުގައެވެ. ޖުމްލަ 34 ބިލިއަން ރުފިޔާ މިކަމަށް ހޭދަކޮށްފައިވެއެވެ.

އަނެއްކޮޅުން ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނީ 11 ބިލިއަން ރުފިޔާއެވެ. ލޯނުތައް އަނބުރާ ދެއްކުމަށް ހޭދަކޮށްފައިވަނީ 2.3 ބިލިއަން ރުފިޔާ އެވެ.

އެމްއެމްއޭއިން ބުނާ ގޮތުގައި 2024 ވަނަ އަހަރު ނިމުނު އިރު ސަރުކާރުގެ ދަރަނި ހުރީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 13 އިންސައްތައިގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް