Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

އާޓެޓާ ބުނީ ގޮންޖެހުންތަކާ އެކު ވެސް އާސެނަލް ކުރިއަށްދާ ކަމަށް

މި ސީޒަންގެ މިހާތަނަށް އައިއިރު އާސެނަލަށް ކުރިމަތިވި ބައެއް ގޮންޖެހުންތައް އާޓެޓާ ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން 10 ކުޅުންތެރިންނާ އެކު ކުޅެން ޖެހުނު މެޗުތައް ގިނަވުމާއި، ޓީމަށް ދިމާވަމުން އަންނަ އަނިޔާގެ މައްސަލައިގެ ވާހަކަ އާޓެޓާ ވަނީ ފާހަގަ ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2025 | ބުދަ 04:20
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލަށް އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެ ޓީމު ހިތްވަރާ އެކު ކުރިއަށް ދާ ކަމަށް މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ ބެރެންޓްފޯޑާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މި ސީޒަންގައި އާސެނަލަށް ދިމާވަމުން އަންނަ އަނިޔާގެ މައްސަލަތަކުގެ ވާހަކަ އާޓެޓާ ވަނީ ދައްކައިފަ އެވެ.

ވާދަވެރި ރޫހެއްގައި އާސެނަލް ކުރިއަށް ދިޔުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ، އެ ޓީމުން އެކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށާއި، އެކަން ހާސިލު ކުރެވޭނެ ކަމަށެވެ. މި ސީޒަންގެ މިހާތަނަށް އައިއިރު އާސެނަލަށް ކުރިމަތިވި ބައެއް ގޮންޖެހުންތައް އާޓެޓާ ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން 10 ކުޅުންތެރިންނާ އެކު ކުޅެން ޖެހުނު މެޗުތައް ގިނަވުމާއި، ޓީމަށް ދިމާވަމުން އަންނަ އަނިޔާގެ މައްސަލައިގެ ވާހަކަ އާޓެޓާ ވަނީ ފާހަގަ ކޮށްފަ އެވެ.

އެ ހުރިހާ ކަމަކަށް ބަލާއިރު، ހުރިހާ މުބާރާތެއްގައި އާސެނަލް އޮތީ އެމީހުން އެންމެ ބޭނުންވި ހިސާބުގައި ނޫން ވިޔަސް، ޓީމާ މެދު ހިތްހަމަ ޖެހޭ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް މިހާރު ވެސް އާސެނަލް އިން އިތުރު ފިޔަވަޅެއް ކުރިއަށް އަޅައިފި ކަމަށާއި، މިވަގުތު ޓީމު ކުޅެން ޖެހުނު ހާލަތަށް ކުޅުންތެރިން ފުރިހަމަ އަށް ފިޓުވަމުން އަންނަ ކަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ.

އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގާ ގުޅޭ ގޮތުން ސުވާލު ކުރުމުން އާޓެޓާ ބުނީ، އެކަން ބަރޯސާވަނީ އާސެނަލްގެ އަތް މައްޗަށް ނޫން ކަމަށެވެ. އެހެން ނަމަވެސް، ކޮންމެ މެޗަކާ ކުރިމަތިލައި، ކޮންމެ މެޗަކުން މޮޅުވުން މަސައްކަތް ކުރުމަކީ އާސެނަލް ކުރަން ޖެހޭ ކަމެއް ކަމަށް އާޓެޓާ ބުންޏެވެ. އަދި އައު އަހަރަށް އެންމެ ބޮޑު އަމާޒަކީ ކުޅުންތެރިންނަށް ކުރިމަތިވާ އަނިޔާ ކުޑަ ކުރެވޭނެ ގޮތަށް މަސައްކަތްކޮށް، ކުޅުންތެރިން ފިޓުކޮށް ބޭތިއްބުން ކަަމަށް ވެސް އާޓެޓާ ބުންޏެވެ.

ބްރެންޓްފޯޑުގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނިކުންނައިރު، އާސެނަލް އޮތީ ތިން ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 18 މެޗުން 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނޮޓިންހަމް ފޮރެސްޓު އޮތީ އާސެނަލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 37 ޕޮއިންޓާ އެކު އެވެ. އެހެންކަމުން ބްރެންޓްފޯޑު އަތުން މޮޅުވެ އާސެނަލަށް ދެ ވަނަ އަށް ޖެހިލުމުގެ ފުރުސަތު އޮންނާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު