Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒަކާތު ހައުސް

އަންނަ އަހަރު ވަޤުފް އިމާރާތްތައް އާރާސްތުކޮށް ޒަކާތު ހައުސްގެ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށަނީ

މި ރަސްމިއްޔާތުގައި ރިސާލަތު ވީޑިއޯ ޗެލެންޖުގައި ބައިވެރިވި 281 މީހުންގެ ތެރެއިން ދިވެހި އަދި އިނގިރޭސި ކެޓަގަރީން ވަނަވަނައަށް ހޮވުނު ފަރާތްތައް އިއުލާންކޮށް އިނާމު ދީފައިވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 31 ޑިސެމްބަރު 2024 | އަންގާރަ 12:48
2025 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ބައެއް ކަންކަން އިފްތިތާހު ކުރުން.

2025 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ބައެއް ކަންކަން އިފްތިތާހު ކުރުން.

2025 ވަނަ އަހަރު ވެގެންދާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މުހިއްމު މަސައްކަތްތަކެއް ކުރައްވާނެ އަހަރަކަށް ކަމަށާއި، އެގޮތުން އަންނަ އަހަރު ވަޤުފް އިމާރާތްތައް އާރާސްތުކޮށް ރާއްޖޭގައި ޒަކާތު ހައުސްގެ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް މިފަދައިން ވިދާޅުވީ 2025 ވަނަ އަހަރު އެ މިނިސްޓްރީން ކުރިއަށްގެންދާ ބައެއް ކަންތައްތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިގޮތުން މި ރަސްމިއްޔާތުގައި ވަނީ 2025 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި، ރިސާލަތު ޕްރޮގްރާމް 2025 އަދި ނަމާދު މަތިވެރިކުރުމުގެ ޕްރޮގްރާމް އިފްތިތާޙްކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވީ 2025 ވަނަ އަހަރު ވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މުހިއްމު މަސައްކަތްތަކެއް ކުރައްވާނެ އަހަރެއް ކަމަށާއި އެގޮތުން އަންނަ އަހަރު ވަޤުފް އިމާރާތްތައް އާރާސްތުކޮށް ރާއްޖޭގައި ޒަކާތު ހައުސްގެ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާނެ އަހަރަކަށް ވާނެކަމަށެވެ. އަދި އައު ގިނަ ކަންތައްތަކެއް ފަށާނެ އަހަރަކަށް އަންނަ އަހަރު ވާނެކަމަށެވެ. މީގެ އިތުރުން އަންނަ އަހަރު ކުރިއަށްގެންދިޔުމަށް އެކުލަވާލާފައިވާ ކަންކަމަކީ ވަރަށް މުހިއްމު މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާނެ މަޝްރޫޢުތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ "ނަމާދު" މަޝްރޫޢުއަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ މިފަދަ މަޝްރޫޢުއެއް ކުރިއަށްގެންދިޔުމުގެ ބޭނުންމަކީ ރައްޔިތުންނަށް ނަމާދު ކުރުމުގެ މުހިއްމުކަން އަންގައިދީ އެކަން ހަނދާންކޮށްދިނުން ކަމަށާއި މި މަޝްރޫއުގެ ދަށުން އެކި ޕްރޮގްރާމްތައް ގެނެސްދިނުމާއި ގެތަކަށް އިލްމުވެރިން ޒިޔާރަތްކޮށް ހޭލުންތެރިކުރުވުން ހިމެނޭކަމަށެވެ.

އަންނަ އަހަރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ރިސާލާތު ޕްރޮގްރާމްއާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ 2024 ވަނަ އަހަރު އެ ޕްރޮގްރާމް "އިސްލާމް ދީނުގެ އަޤީދާ"ގެ މައްޗަށް ކުރިއަށް ގެންދިޔަ ނަމަވެސް މިފަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދާނީ އައު މަޢުލޫމާތުތައް ހިމަނައިގެންކަމަށެވެ. އެގޮތުން މިފަހަރުގެ ރިސާލާތު ޕްރޮގްރާމް ކަނޑައަޅާފައިވަނީ އިސްލާމީ އަޚްލާގު ރާއްޖޭގައި ފެތުރުމުގެ މައްޗަށްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އިސްލާމްދީނުގެ އެންމެ މަތިވެރި 5 މަޤްޞަދުގެ އަލީގަކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ 2025 ވަނަ އަހަރަށް ޚާއްސަކޮށްގެން އެ ވުޒާރާއިން ކުރިއަށްގެންދާނެ ކަންތައްތައް ހިމެނޭ އެކްޝަން ޕްލޭންގައި މުހިއްމު ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރިސާލަތު ވީޑިއޯ ޗެލެންޖުގައި ބައިވެރިވި 281 މީހުންގެތެރެއިން ދިވެހި އަދި އިނގިރޭސި ކެޓަގަރީން ވަނަވަނައަށް ހޮވުނު ފަރާތްތައް އިއުލާންކޮށް އިނާމު ދީފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރެއިން، އިސްލާމީ ނޫރު ފަތުރާ، ދީނަށް ލޯބިކުރާ މުޖުތުމަޢުއެއް އުފެއްދުމުގެ މަޤުސަދުގައި އިސްލާމިކް މިނިސްޓްރީން ފަށާފައިވާ ރިސާލަތު ޕްރޮގުރާމަކީ އެންމެ އިސްކަމެއް ދީގެން މިއަހަރުގެތެރޭގައި ކުރިއަށް ގެންދިޔަ އެއް ޕްރޮގްރާމެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު