Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ސިޓީ

ސިޓީ އޮތީ ލީގު ކާމިޔާބު ކުރެވޭ ވަރަށްވުރެ ދުރުގައި: ގާޑިއޯލާ

މިވަގުތަށް ބަލާއިރު ސިޓީ އަށް ލީގު ކާމިޔާބު ކުރެވޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ޤަބޫލު ކުރާ ކަމުގައި ވެސް ގާޑިއޯލާ ބުނެފައިވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2025 | ބުދަ 03:52
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީ އޮތީ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރެވޭ ވަރަށް ވުރެ ދުރުގައި ކަމަށް، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ލީގުގައި ލެސްޓަރ ސިޓީއާ ދެކޮޅަށް ސިޓީން ކުޅުނު މެޗަށްފަހު ވާހަަކަ ދައްކަމުންނެވެ. އެ މެޗާ ކުރިމަތިލީއިރު، ސިޓީ އޮތީ ނަތީޖާ ދަށްވުމުގެ ސަބަބުން ވަރަށް ބޮޑު ޕްރެޝަރެއްގަ އެވެ. ނަމަވެސް އެ މެޗުން މޮޅުވެ ސިޓީ އަށް ވަނީ ކޮންމެ ވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިފަ އެވެ.

ގާޑިއޯލާ ބުނީ މިވަގުތު ސިޓީ އޮތީ ޕްރިމިއާ ލީގު ކާމިޔާބު ކުރުމާ ވަރަށް ދުރުގައި ކަމަށެވެ. މިވަގުތަށް ބަލާއިރު ސިޓީ އަށް ލީގު ކާމިޔާބު ކުރެވޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ޤަބޫލު ކުރާ ކަމުގައި ވެސް ގާޑިއޯލާ ބުނެފައިވެ އެވެ. އަދި އޭނާ ބުނީ، އެކަން ނުކުރެވުނު ނަމަވެސް ސިޓީން ޙާސިލު ކުރަން ޖެހޭ އެހެން ކަންކަން ހުރި ކަމަށެވެ. ގާޑިއޯލާ އެ އިޝާރާތް ކުރަނީ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި އޮވެ، އަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމުގެ ވާހަކައަށެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ މިވަގުތަށް ސިޓީ އަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިފައިވާ ކަމަށެވެ. މިހާތަނަށް އައިއިރު ސިޓީން ވަރަށް ތަފާތު އަދި ބޮޑެތި ކަންކަން ޙާސިލު ކޮށްފައިވާކަން ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ، މިހާރު ސިޓީ އޮތީ މެޗަކުން މޮޅުވުމުގައި ވެސް އެތައް ކަމެއް ތަހަންމަލު ކުރަން ޖެހޭ ޙާލަތުގައި ކަމަށެވެ. ސިޓީން އޮތީ މޮޅަކަށް އިންތިހާ އަށް ބޭނުންވެފައި ކަމަށާއި، ލެސްޓަރ މެޗުގައި ފެނުނީ އެންމެ ބޭނުންވާ ކުޅުން ނޫން ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އެހެން ނަމަވެސް ކުރިއަށް ހުރި މެޗުތަކުން މޮޅުވެގެން ސިޓީ ރަނގަޅު ޙާލަތަށް ދާނެ ކަމަށް ގާޑިއޯލާ ޤަބޫލު ކުރެ އެވެ.

ގާޑިއޯލާ ބުނީ ނަތީޖާ ހޯދުމަށްޓަކައި ސިޓީން ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ. މެޗުތަކުގައި ރަނގަޅަށް ނުކުޅެވޭ ނަމަ، ނަތީޖާ ނުފެންނާނެ ކަމަށް ވެސް ގާޑިއޯލާ ބުނެފައިވެ އެވެ. މިވަގުތު ސިޓީ އޮތް ހިސާބަށް ބަލާއިރު، އެންމެ މުހިންމީ ރަނގަޅު ކުޅުމެއް ދެއްކުން ކަމަށާއި، ޕޮއިންޓުތަކެއް ހޯދައިގެން ހަމަޖެހުމެއް ލިބެން އޮތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ލީގުގައި ސިޓީ އަށް ދެން އޮތީ ވެސް އަމިއްލަ ދަނޑުގައި ކުޅޭ މެޗެއްކަން ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ، އުންމީދެއްގައި ހުރީ ލެސްޓަރ މެޗުގެ ނަތީޖާގެ ސަބަބުން ކަމަށެވެ.

ލީގު ތާވަލްގައި ސިޓީ އޮތީ ފަސް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 19 މެޗުން 31 ޕޮއިންޓާ އެކު އެވެ. ސިޓީގެ ނަތީޖާތައް މިފަހަކަށް އައިސް ދަށްވެފައިވާއިރު، ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ސިޓީ ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. ނުވަ މެޗަކުން ސިޓީ ވަނީ ބަލިވެފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު