Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ބަޔާން

ފުލުހުން ކޮރަޕްޝަނުގެ ވަކި މައްސަލަތަކެއް ބަލާތީ މިނިވަން މުއައްސަސާތަކަށް އޮންނަ އިތުބާރު ދަނީ ގެއްލެމުން: އެމްޑީޕީ

28 ޑިސެމްބަރު 2024 | ހޮނިހިރު 09:17

މޫކޭގެ ގެ ބަލައި ފާސްކޮށްފައިވަނީ މެންދަމު 2:00ހާއިރު، އޭނާއާއި އާއިލާ ނިދާފައި ވަނިކޮށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 28 ޑިސެމްބަރު 2024 | ހޮނިހިރު 09:17
އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ފުލުހުން ވެސް ބަލަނީ ކޮރަޕްޝަނުގެ ވަކި މައްސަލަތަކެއް ކަމަށާއި އޭގެ ސަބަބުން މިނިވަން މުއައްސަސާތަކަށް އޮންނަ އިތުބާރު ދަނީ ގެއްލެމުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އިދިކޮޅު މައި ޕާޓީ. އެމްޑީޕީން މިފަދައިން ބުނީ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)ގެ ގެ ފުލުހުން ބަލައި ފާސްކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

Advertisement - newsAdvertisement

އެ ބަޔާނުގައި އެމްޑީޕީން ބުނީ ފުލުހުން ވެސް ބަލަނީ ކޮރަޕްޝަނުގެ ވަކި މައްސަލަތަކެއް ކަމަށެވެ، އަދި އޭގެ ސަބަބުން މިނިވަން މުއައްސަސާތަކަށް އޮންނަ އިތުބާރު ދަނީ ގެއްލެމުން ކަމަށާއި އެގޮތުން ބައެއް މައްސަލަތައް ބަލަމުން ދަނީ މި ސަރުކާރާ ދެކޮޅަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތުތައް ފޮރުވުމަށް ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

މި ސަރުކާރުން އިދިކޮޅުގެ އަޑު ކަނޑުވާލައި މިނިވަންކަން ނަގައިލުމަށް ދައުލަތުގެ މުއައްސަސާތައް ބޭނުންކުރަމުން އަންނަ ކަމަށް ތުހުމަތުކޮށް، އެމްޑީޕީން ނެރުނު މި ބަޔާނުގައި ބުނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި އާރުޑީސީގެ ކުރީގެ އެމްޑީ، މޫކޭގެ ގެ ބަލައި ފާސްކޮށްފައިވަނީ މެންދަމު 2:00ހާއިރު، އޭނާއާއި އާއިލާ ނިދާފައި ވަނިކޮށް ކަމަށާއި އެއީ މި ސަރުކާރުގައި އިދިކޮޅު ފަރާތްތަކަށް ބިރު ދެއްކުމާއި ފުރައްސާރަކުރުމުގެ މިސާލެއް ކަމަށެވެ. އަދި އޭގެ ސަބަބުން ޑިމޮކްރަސީގެ އަސާސްތައް ނެތި، އަސާސީ ހައްގުތަކަށް އަރައިގަންނަ ކަމުގެ ކަންބޮޑުވުން އުފެދޭ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން މިނިވަން މުއައްސަސާތަކުން ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އެ ޕާޓީން ތާއީދު ކުރާ ކަމަށާއި ނަމަވެސް އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހާއެކު، އެ ކޮމިޝަންގެ މިނިވަންކަމަށް ހުރަސްއެޅިފައިވާ ކަމަށެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 25ގައި ފާސްކޮށް، ޖެހިގެން އައި ދުވަހު ރައީސް މުއިއްޒު ތަސްދީގު ކުރެއްވި އެ ބިލާއެކު ސަރުކާރަށް އޭސީސީގެ މައްޗަށް ބާރު ފޯރުވަން ފުރުސަތު ލިބި، ސިޔާސީ ގޮތުން ބަދަލުހިފުމަށް އޭސީސީ ބޭނުންކުރަން ޖާގަ ލިބޭ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

މިހާރު އެންމެ އިސްކަމެއް ދީގެން ބަލަން ޖެހޭނީ އެންސްޕާ އަދި އެޗްޑީސީގެ މައްސަލަތައް ކަމަށާއި ނަމަވެސް ފެނިގެން ދަނީ ފުލުހުންނާއި އޭސީސީއިން ވެސް މި ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް އޮއްބާލުމަށް އެއްބާރުލުން ދެމުންދާތަން ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.

އެމްޑީޕީން ވަނީ އެ މައްސަލަތައް އޭސީސީއަށް ހުށަހަޅައި، ފުލުހުން ވެސް އެ މައްސަލަ ތަހުގީގު ކުރުމަށް އެދިފައި ކަމަށާއި ނަމަވެސް މިހާތަނަށް އެފަދަ ތަހުގީގެއް ފަށައިފައިނުވާ ކަމަށް ބުނެފައެވެ.

އެމްޑީޕީން ވަނީ، ސިޔާސީ މަގުސަދެއްގައި އިދިކޮޅު ފަރާތްތަކަށް ފިޔަވަޅު އެޅުން ހުއްޓާލައި، ޑިމޮކްރަސީގެ ހަމަތަކަށް އިޚުތިރާމު ކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.

މީގެ އިތުރުން ޑިމޮކްރެޓިކް މިނިވަންކަން ރައްކާތެރިކުރުމަށް ދިވެހިން ކުރާ މަސައްކަތުގައި ބައިނަލްއަގުވާމީ މުޖުތަމައުން އެހީވެ، ރާއްޖޭގައި ވަމުންދާ ކަންތައްތައް ގާތުން ބަލަމުންދިޔުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ ގެތައް ބަލައިފާސްކޮށް، އަދި ބައެއް މައްސަލަތައް އަވަސްކުރަން މަސައްކަތް ފެށީ އެޗްޑީސީ އާއި އެންސްޕާގެ މައްސަލަ ފެންމަތިވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ.

ރައީސް މުއިއްޒު ޕްރޮމޯޓުކުރަން އުފައްދާފައިވާ އެމްއެމްޓީވީ ހިންގާ ކުންފުނިން އެންސްޕާއަށް ބޮޑު އަގެއްގައި އޮފީސް އިމާރާތެއް ކުއްޔަށް ދިނުމުން ފާޑުކިޔުން އަމާޒުވިއިރު، ރައީސް ވިދާޅުވީ އެ މައްސަލަ އެ މަނިކުފާނާ ހަމައަށް އައިސްފައި ނެތް ކަމަށެވެ.

އެޗްޑީސީގެ ތެރޭގައި ގޯހުން ގޯހަށް ހިނގަމުން ދިޔަ ކަންކަން ސޯޝަލް މީޑިއާއަށް ބަނޑުންވެ، ފުލުހުން ތަހުގީގު ފެށުމުގެ ފަސް މަސް ކުރިން، ޖުލައި 1 ގައި، އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ވަނީ ގިނަ މައްސަލަތަކެއް ފާހަގަކޮށް ރައީސް އަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

ސީދާ ރައީސް މުއިއްޒަށް އެޑްރެސްކޮށް ޒުހޫރު ފޮނުވި ސިޓީ، އެ މަނިކުފާނަށް ލިބިވަޑައިގެންފައި ނެތް ވިދާޅުވެފައިވެ އެވެ. ނަމަވެސް އެ ސިޓީ ވަނީ ރައީސް އޮފީހުގެ ކައުންޓަރުން ބަލައިގެން ރަޖިސްޓްރީކޮށްފަ އެވެ.

އެޗްޑީސީގެ މައްސަލަތައް ފަޅައިގެން ދިޔައީ ބިންވެރިޔާ ސްކީމުގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލް ރަޝިދަށް ހުޅުމާލޭން ގޯއްޗެއް ދީ، އެ ގޯތީގައި އިންފާރު ރާނަން ވެސް ހުއްދަ ދީފައި އޮތްކަން ފަޅައި އެރުމުންނެވެ.

ބިންވެރިޔާގެ ލިސްޓުގައި ނެތް ގިނަ ބަޔަކަށް ގޯތި ދީފައިވާކަމަސް ބުނާ މަސައްލައެއް ފެންމަތިވެފައިވާއިރު، އެ މައްސަލަ ތަހުގީހު ކުރާކަމަށް ފުލުހުންނާއި އޭސީސީން ބުނި ނަމަވެސް އެ މައްސަ އަދިވެސް ބަލަމުން ނުގެންދާ ކަމަށް މައުލޫމާތު ލިބެއެވެ.

އެޗްޑީސީގެ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވަކިކޮށް، އޭނާ ހިމެނޭހެން ވިއްސަށް ވުރެ ގިނަ މީހުން ފުރުން މަނާކޮށްފައިވާއިރު، އޭގެ ތެރޭގައި ކުރީ ސަރުކާރުގެ ބައެއް ވެރިން ވެސް ހިމެނެ އެވެ.

ނަމަވެސް، މި މައްސަލާގައި ސަސްޕެންޑްކުރި އެޗްޑީސީ ބޯޑުގެ މެންބަރުންގެ ސަސްޕެންޝަން މިހާރު ވަނީ އުވާލައިފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް