Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިވަޕޫލް

ސްލޮޓް ބުނީ ލީގު ޗެމްޕިއަނުންގެ ވާހަކަ ދައްކަން އަވަސް ކަމަށް

ސްލޮޓް ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި އެއްވެސް މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށެވެ. އަދި މެޗަކުން މޮޅުވުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށް ސްލޮޓް ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2024 | ހޮނިހިރު 03:38
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް

ލިވަޕޫލްގެ ކޯޗު އާން ސްލޮޓް

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަނުންގެ ވާހަަކަ ދައްކަން އަވަސް ކަމަށް، ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފި އެވެ.

އޭނާ މިހެން ބުނީ ލީގުގައި ލިވަޕޫލް އިން ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން މޮޅުވެ، އެ ޓީމުން ވަނީ އެއް ވަަނައިގައި ލީޑު ފުޅާ ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްލޮޓް ބުނީ އަނިޔާގެ މައްސަލައާ އެކު، ނަސީބު ދެރަ ވަގުތަކާ ކޮންމެ ޓީމަކުން ވެސް ކުރިތިލާން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އުފާ ފާޅު ކުރަން އަދި މާބޮޑަށް އަވަސް ކަމަށާއި، ނަމަވެސް މިވަގުތު ލިވަޕޫލް އޮތީ އޭނާ އާއި ކުޅުންތެރިން އަދި މުޅި ޓީމު ވެސް ބޭނުންވާ ހިސާބެއްގައި ކަމަށެވެ.

މީގެ އިތުރުން ސްލޮޓް ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި އެއްވެސް މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށެވެ. އަދި މެޗަކުން މޮޅުވުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށް ސްލޮޓް ބުންޏެވެ. ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗަކީ ފަސޭހަ މެޗެކޭ ބުނެވުނު ނަމަވެސް، ބައި ކޮޅަށް ލަނޑުތަކެއް ވަތް ކަމަށް އޭނާ ބުންޏެވެ. އެކަމުން ވެސް ބުނެދެނީ ހުރިހާ ކުޅުންތެރިންނާ އެކު ވެސް، މޮޅުވުން އުނދަގޫވާނެކަން ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ.

އެ ސަބަބާ ހުރެ، އަބަދު ވެސް މެޗަކަށްފަހު މެޗަކަށް ފޯކަސް ކުރުން މުހިންމު ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ލީގުގެ ތާވަލާ މެދު ސަމާލުވެގެން ތިބެން ޖެހޭނެ ކަމަށާއި، ލިވަޕޫލް އޮތީ އެކަމަށް ސަމާލުވެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ކުރިއަށް އޮތް މެޗުތަކާއި، މެޗުތަކުގެ އަދަދާ މެދު ވެސް ވިސްނަމުން ކުރިއަށްދާ ކަމަށް ސްލޮޓް ބުންޏެވެ.

މި ސީޒަނާ ދިމާކޮށް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ސްލޮޓްގެ އިރުޝާދުގެ ދަށުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު 17 މެޗުން 42 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ އެއް ވަަނައިގަ އެވެ. ދެ ވަނައިގައި އޮތް އާސެނަލް އާއި ތިން ވަނައިގައި އޮތް ޗެލްސީ އަށް ވުރެ ލިވަޕޫލް އޮތީ އެއް މެޗު މަދުން ކުޅެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު