Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުރީދޫ ނޭޝަން ގޭމް

100،000 ރުފިޔާގެ ފައިސާގެ އިނާމާއެކު އުރީދޫ ނޭޝަން ގެ އަލްޓިމޭޓް ގޭމިންގް ފެސްޓިވަލް އަންނަ ފެބްރުއަރީގައި!

ގޭމްތަކުގެ ތެރޭގައި ހިމެނެނީ، ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީ.އޭ.އެފް.ސީ ޗެމްޕއަންޝިޕް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ޗެމްޕިއަންޝިޕް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ޑިސެމްބަރު 2024 | ހުކުރު 08:17
އުރީދޫއިން އެންމެ ފަހުން ބޭއްވި އުރީދޫ ނޭޝަން ގޭމްސްގެ ތެރެއިން

އުރީދޫއިން އެންމެ ފަހުން ބޭއްވި އުރީދޫ ނޭޝަން ގޭމްސްގެ ތެރެއިން

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިން ފެސްޓިވަލް–"އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024" އަންނަ ފެބްރުއަރީ މަހުގެ 21 އަދި 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަން އުރީދޫ ނޭޝަނުން އިއުލާނުކޮށްފިއެވެ. 

މި ގޭމިންގް ފެސްޓިވަލުގައި މި އަހަރު އުރީދޫ ނޭޝަން ގެ ކޮންޓެންޑަރ ސީރީޒް ތަކުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވާ އެންމެ މޮޅު ގޭމަރުންނާއި ޓީމުތަކުން ޖުމްލަ 100،000 ރުފިޔާގެ އިނާމަށް ވާދަކުރާނެއެވެ. އުރީދޫ ނޭޝަން ގޭމާރސް ލޭންޑް ގެ އަލްޓިމޭޓް ގޭމިންގް ފެސްޓިވަލްގައި ކުޅިންތެރިން ވާދުކުރާ ގޭމްތަކުގެ ތެރޭގައި ހިމެނެނީ، ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް، އީ.އޭ.އެފް.ސީ ޗެމްޕއަންޝިޕް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ޗެމްޕިއަންޝިޕްއެވެ.

Advertisement - newsAdvertisement

ފޯރިގަދަ މި މުބާރާތްތަކުގެ އިތުރުން އުރީދޫ ނޭޝަން ގޭމާސް ލޭންޑް އެވޯޑް 2024 ގައި "އަލްޓިމޭޓް ޕްލޭޔަރ އޮފް ދަ އިޔާ" - އެންމެ މޮޅު ކުޅުންތެރިޔާގެ ގެ އެވާޑް މިފަހަރު ހޮވިގެންދާނެއެވެ. މި ޝަރަފުވެރި އެވޯޑަކީ 2024 ވަނަ އަހަރުގެ ތެރޭގައި އުރީދޫ ނޭޝަން ގެ މުބާރާތްތަކުގައި ވާދަކުރި ފަރާތްތަކުގެ ތެރެއިން އެންމެ މޮޅު ކުޅުމަކާއި ހުނަރު ދައްކުވައިދީފައިވާ ގޭމަރުގެ އަގު ވަޒަންކޮށް ފާހަގަ ކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. ޝަރުތު ހަމަވާ ކުޅުންތެރިން އިވެލުއޭޓް ކުރަނީ އުރީދޫ ނޭޝަން ގެ ޖަޖުން ގެ ޕެނަލާއި އާންމުންގެ ވޯޓުންނެވެ.

ޖަޖުންގެ ސްކޯ އަކީ ފައިނަލް ސްކޯގެ 60 ޕަސެންޓެވެ. އަދި އާންމުންގެ އެސްއެމްއެސް ވޯޓަކީ ފައިނަލް ސްކޯގެ 40 ޕަސެންޓެވެ.

މި އެވީޑަށް ހޮވޭ ފަރާތްތަކަށް ލިބޭ ޖަޖުންގެ ސްކޯ އާއި ޕަބްލިކް ސްކޯ އާއި އެކު އެންމެ މަތިން މާކްސް ލިބޭ ކުޅުންތެރިއަކަށް އުރީދޫ ނޭޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ލިބިގެންދާނެއެވެ.

އަލްޓިމޭޓް ގޭމިން ފެސްޓިވަލް 2024 ރޭވިފައިވަނީ ގޭމް ކުޅޭ ފަރާތްތަކަށާއި ސަޕޯޓަރުންނަށް ވެސް އުފާވެރި، މަޖާ އަދި ފޯރިގަދަ އިވެންޓެއްގޮތުގައެވެ. މަޖާ ހަރަކާތްތަކާއި، ގޭމިން ސެޓަޕްތަކާއި އެކު މި ފެސްޓިވަލަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ގޭމިންގް މާހައުލަކުން ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ އިވެންޓެކެވެ. މި ފެސްޓިވަލަކީ ހުނަރުވެރިކަމާއި، އިނޮވޭޝަނާއި، ގޭމިންއަށް އޮތް ލޯބި ފާހަގަކޮށް ރާއްޖޭގެ ގޭމަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭނެވެސް ފެސްޓިވަލެކެވެ.

މި ގޭމިންގް ފެސްޓިވަލް ގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރިހާ ގޭމަރުންނަށާއި ގޭމު ކުޅުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ ބޭފުޅުންނަށްވެސް ދައުވަތު އަރުވައެވެ. ދަ އަލްޓިމޭޓް ގޭމިންގް ފެސްޓިވަލާއި ބެހޭ އިތުރު މައުލޫމާތް އުރީދޫ ނޭޝަން ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި ހިއްސާކުރާނެއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު