Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންއެފް ގައުމީ ޖަލްސާ

މިސަރުކާރުގެ ބޭފުޅުންތަކެއް ޕީއެންއެފްއާ ގުޅޭކަމަށް އަޑުތައް ފެތުރިފައިވަނިކޮށް، ޕާޓީގެ ގައުމީ ޖަލްސާ އަންނަ މަހު 10ގައި ބާއްވަން ނިންމައިފި

27 ޑިސެމްބަރު 2024 | ހުކުރު 08:12

ޖަލްސާ ބާއްވާނެ ތަން ފައިނަލެއް ނުވޭ، ސެންދުރާއިން ހޯލެއް ހޯދުމަށް މަސައްކަތް ކުރި

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޑިސެމްބަރު 2024 | ހުކުރު 08:12
ޕީއެންއެފް އުފެއްދުމަށް ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން

ޕީއެންއެފް އުފެއްދުމަށް ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގައުމީ ޖަލްސާ އަންނަ މަހު 10 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް ޕީއެންއެފްގެ އިސްއޮފިޝަލެއް ވިދާޅުވީ 10 ޖެނުއަރީ 2025 ގައި ގައުމީ ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށާއި، އަދި ޖަލްސާ ބާއްވާނެ ތަން ފައިނަލް ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ނަސުންދުރާ ހޯލެއްގައި ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އޮފިޝަލް ވިދާޅުވީ ނަސެންދުރާއިން ހޯލެއް ހޯދުމަށް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެ ހޮޓެލް ނުހުޅުވާތީ ހޯލް ލިބޭ ގޮތް ނުވެފައިވާ ކަމަށެވެ.

ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާއަށް ފުލުހުން ހުރަސްއަޅައި، ހިންގި ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި އޮފިޝަލް ވިދާޅުވީ ގައުމީ ޖަލްސާ ބާއްވަން ބޭނުންވަނީ އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުނުވާނެ ގޮތަކަށް ފެންވަރު ރަނގަޅު، ސެކިއުރިޓީ ވަރުގަދަ ތަނެއްގައި ކަމަށެވެ. އަދި ސްކޫލެއްގެ ހޯލެއްގައި ޖަލްސާ ކުރިއަށް ގެންދަން ނިންމައިފިނަމަ ދެވަނަ ފަހަރަށް ވެސް ސަރުކާރުން ޖަލްސާއަށް ހުރަސްއަޅަައި، ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކޮށްފާނެކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޖަލްސާގައި ސިޔާސީ ބައެއް ބޭފުޅުން އަދި މިސަރުކާރުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ޕީއެންއެފްއަށް ސޮއިކުރައްވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އޮފިޝަލް ވިދާޅުވީ އެޖެންޑާ ފައިނަލް ނުވާ ކަމަށެވެ. މިޖަލްސާ ބާއްވަނީ ސިޔާސީ ބޭފުޅުންތަކެއް ގުޅޭތީ ނޫން ކަމަށާއި، މިއީ ޕާޓީތަކުގެ ގަވާއިދު ބުނާގޮތުން އަހަރުވުމުގެ ކުރިން ބާއްވަންޖެހޭ ޖަލްސާއަކަށްވާތީ ބާއްވާ ޖަލްސާއެއްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، މިޖަލްސާގައި އަލަށް ގުޅޭ ސިޔާސީ ބޭފުޅުން މިސަރުކާރުގެ ގިނަ ކަންކަން ހާމަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ތާއީދުކުރާ އާއްމު ރައްޔިތުންނަށް މި ޖަލްސާއަށް އާދެވޭނެ ކަމަށާއި، އަތޮޅުތެރޭގެ ރަށްރަށުން ވެސް މީހުން ގެނައުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިކަން ޕީއެންއެފްގެ ފަރާތުން ރަސްމީކޮށް ކަށަވަރުކޮށްދީފައިނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

29 މާރިޗު 2018

ވިލިމާލޭގައި އަނދާފައިވަނީ މިސަރުކާރުގެ ފްލެޓް ފޯމް ތަކެއް ނޫން: ޑރ މުއިއްޒު

29 މާރިޗު 2018
ވިލިމާލޭގައި އަނދާފައިވަނީ މިސަރުކާރުގެ ފްލެޓް ފޯމް ތަކެއް ނޫން: ޑރ މުއިއްޒު
11 މާރިޗު 2018

ފާރިސްގެ ދިފާއުގައި 46 މަޖިލިސް މެންބަރުންނާއި ރައީސް ޔާމީނާއި އިސްބޭފުޅުންތަކެއް!

11 މާރިޗު 2018
ފާރިސްގެ ދިފާއުގައި 46 މަޖިލިސް މެންބަރުންނާއި ރައީސް ޔާމީނާއި އިސްބޭފުޅުންތަކެއް!
27 ޖެނުއަރީ 2018

ފާރިސް އަލުން ހައްޔަރުކުރުމުގެ އަމުރެއް ހޯދިކަމުގެ އަޑުތައް ފެތުރެން ފަށައިފި

27 ޖެނުއަރީ 2018
ފާރިސް އަލުން ހައްޔަރުކުރުމުގެ އަމުރެއް ހޯދިކަމުގެ އަޑުތައް ފެތުރެން ފަށައިފި
23 ޖޫން 2017

މިސަރުކާރުގެ ކަށްވަޅު ތިލަވަމުން އަންނަ މަންޒަރު އެބަފެނޭ: އަރީފް

23 ޖޫން 2017
މިސަރުކާރުގެ ކަށްވަޅު ތިލަވަމުން އަންނަ މަންޒަރު އެބަފެނޭ: އަރީފް
25 މެއި 2017

އާސަންދައިގެ އެމްޑީ މައުމޫނު މަގާމުން ދުރުކުރިކަމުގެ އަޑުތައް ފެތުރިއްޖެ

25 މެއި 2017
އާސަންދައިގެ އެމްޑީ މައުމޫނު މަގާމުން ދުރުކުރިކަމުގެ އަޑުތައް ފެތުރިއްޖެ
15 މެއި 2017

ރައީސް ޔާމިން ފެކްޝަންގެ ދެމެންބަރަކު އެހެން ޕާޓީއަކާ ގުޅުނު ކަމުގެ އަޑުތައް ފެތުރެން ފަށައިފި

15 މެއި 2017
ރައީސް ޔާމިން ފެކްޝަންގެ ދެމެންބަރަކު އެހެން ޕާޓީއަކާ ގުޅުނު ކަމުގެ އަޑުތައް ފެތުރެން ފަށައިފި
04 އެޕްރީލު 2017

ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ

04 އެޕްރީލު 2017
ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ
15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް